ޚަބަރު

ނޫސްވެރިކަން ނައްތާލާ ބިލް އުޝާމު ހަދާފައިވަނީ އިޒްރޭލުގެ ޤާނޫނަށް ބަލައިގެން އެގޮތަށް

ދިޔަވަރު
ނޫސްވެރިކަން ނައްތާލާ ބިލް އުޝާމު ހަދާފައިވަނީ އިޒްރޭލުގެ ޤާނޫނަށް ބަލައިގެން އެގޮތަށް

ނޫސްވެރިކަން ނައްތާލާ ބިލް އެކުލަވާލުމުގައި އުޝާމު ބަލާފައިވަނީ އިސްރޭލުގެ ޤާނޫނުތަކަށް ބަލައިގެން ކަން އިޒްރޭލުގެ މީޑިޔާ ޤާނޫނާއި، އުޝާމު އެކުލަވާލި ނޫސްވެރިކަން ނައްތާލާ ބިލާއި އަޅާ ކިޔާލުމުން ސާފުވެއްޖެއެވެ.

އިޒްރޭލަކީ ދުނިޔޭގައި އެންމެ ގިނަައިން ނޫސްވެރިންނަށް ބިރު ދައްކާ ޤައުމެވެ. ފަލަސްތީނުގެ ނޫސްވެރިންނާއި، އިޒްރޭލުގެ ނޫސްވެރިން ވަނީ އަދަދު ނުކުރެވޭ ވަރަށް މަރާފައެވެ. އެހެން ފަރާތްތަކަށް ވަނީ ނޫސްވެރިކަން ނައްތާލާ ބިލުގައިވާ ފަދަ، ޖޫރީމަނާ ކުރިމަތި ކޮށްފައެވެ.

އިޒްރޭލުގެ ޤާނޫނުގައި ވާ ގޮތުން އެޤައުމުގެ ފުލުހުންނަށް ބޭނުން ވަގުތަކު ނޫސް ރޫމް ތަކަށް ގޮސް ވަދެވެއެވެ. މުއިއްޒު އަންގައިގެން މިއަދު ފާސް ކުރުމަށް ތައްޔާރު ކޮށްފައިވާ ބިލުގައިވެސް އޮތީ ހަމަ މިހެންނެވެ.

އިޒްރޭލުގެ ޤާނޫނު އޮތް ގޮތުން ސޯޝަލް މީޑިޔާގައި ލިޔާ ލިޔުމަކާއި ގުޅިގެން ފުލުހުންނަށް ގޮސް ޤާނޫނީ އޮތުން އެމީހަކު ހައްޔަރު ކުރެވެއެވެ. މި ބިލުގައި އޮތް ގޮތުން ސޯޝަލް މީޑިޔާގައި މުއިއްޒު އާއި ދެކޮޅަށް ދައްކާ ވާހަކައިން މުއިއްޒުގެ އަބުރަށް އަސަރު ކޮށްފި ނަމަ، އެމީހަކު ހައްޔަރު ކޮށް ޖަލަށް ލެވިދާނެއެވެ.

އިޒްރޭލުގައި މިނިވަން މީޑިޔާގެ މިނިވަންކަން އެމީހުންގެ ޤާނޫނުން ވަނީ ނިގުޅާގަނެފައެވެ. މި ބިލުން އެ މިނިވަންކަމާއި ފަރުދީ މިނިވަންކަން ރައްޔިތުން އަތުން ނިގުޅައިގަނެ ރައްޔިތުން މިއީ އަޅުންތަކަކަށް ބަދަލުވެގެން ދެއެވެ.