ޚަބަރު

ނޫސްވެރިން އުލުބައިންދައި މެރުމާއި ދެކޮޅު ހަދައި ފަލާހަށް ރައްދު ދިން ޕޮލިޓިކަލް ޑިރެކްޓަރަކު ވަޒީފާއިން ވަކިކޮށްފި

ދިޔަވަރު
ނޫސްވެރިން އުލުބައިންދައި މެރުމާއި ދެކޮޅު ހަދައި ފަލާހަށް ރައްދު ދިން ޕޮލިޓިކަލް ޑިރެކްޓަރަކު ވަޒީފާއިން ވަކިކޮށްފި

ބައެއް ނޫސްވެރިން އުލުބައިންދާ މަރަންޖެހޭ ކަމަށް ވިދާޅުވެ ވެރިކަން ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދެއްކި ވާހަކަ ކުށްވެރި ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އިބްރާހިމް ސައީދު (ކޭޑު) ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފި އެވެ.

ކޭޑު ހުރީ މިނިސްޓްރީ އޮފް ސްޕޯޓްސްގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ވަޒީފާއިން ވަކި ކުރިކަން އަންގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއެއް ފޮނުވީ މިއަދުގެ ވަގުތެއްގަ އެވެ.

ރައީސް އޮފީހުން ފޮނުވި ސިޓީ

ފަލާހުގެ ވާހަކަ ކޭޑު ކުށްވެރި ކުރީ ފޭސްބުކްގައި ކުރި ޕޯސްޓެއްގަ އެވެ. އޭނާ ބުނެފައި އޮތީ "މި ކަލޭގެ ނޫސްވެރިން އުލަށް އަމުނައި މަރާލަން ގޮވާލި މައްސަލަ ވެސް ބަލަންޖެހޭ" ކަމަށެވެ. އޭގެ އިތުރުން ފަލާހު ދެކެ ބިރުގަންނާނީ ޕީއެންސީގައި އުޅޭ 'ރިހަ ޓީމު' ކަމަށާއި، ނޫސްވެރިން ބިރު ނުގަންނާނެކަމަށް ކޭޑުގެ ޕޯސްޓުގައި ބުނެފައި އޮތެވެ.

ކޭޑުގެ ޕޯސްޓް.

މިއިން އިތުރަށް ސާފު ވެގެން ދަނީ ނޫސްވެރިން މަރަން ގޮވާލާފައި މިވަނީ ސީދާ ރައީސް މުއިއްޒު ބޭނުން ވެގެން ކަމެވެ. އިޒްރޭލުން ވެސް ފާޅުގައި ނޫސްވެރިން މެރުމަށް ގޮވާ ނުލާއިރު، މިފަދަ ލާއިންސާނީ ކަމަކާއި ދެކޮޅު ހަދައިގެން އިޒްރޭލު ނޫން ޤައުމަކުން މި ނޫނީ މީހަކު ވަޒީފާއިން މީގެ ކުރިން ވަކިކޮށްފައި ނުވެއެވެ.