ރިޕޯޓު

ރިޕޯޓް: އަލްހާނުގެ ދައުވާ އާއި އެމްޑީޕީ ރައީސްކަން! ތާޢީދެއްނެތް!

ދިޔަވަރު
ރިޕޯޓް: އަލްހާނުގެ ދައުވާ އާއި އެމްޑީޕީ ރައީސްކަން! ތާޢީދެއްނެތް!

އަލްހާން އެމްޑީޕީއަށް އަލުން އެނބުރި އައިސް، އެމްޑީޕީ ކަންކަމުގެ ތެރެއަށް ވަނުމަށް، އެމްޑީޕީގެ އެއްވެސް އާންމު މެމްބަރަކު ނޭދެއެވެ. އަލްހާނުގެ ނަން އިވުމުން ދިވެހި އާންމު ރައްޔިތުންނަށް ސިފަވަނީ، ގޮތްދޫ ނުކުރުމާއި، ރުންކުރު ކަމާއި، ބޮޑާކަމާއި، މީހުންނަށް އިންޒާރުދީ ބިރު ދެއްކުމާއި، ކިބުރުވެރި ކަމުގެ އިންތިހާއަށް ގޮސްފައި ހުރި ވަގެކެވެ. އަޅުގަނޑުމެން މިވާހަކަ މިހާ ތިލަކޮށް ބުނަން މިޖެހެނީ އަލްހާނު އުޅުއްވަމުން ގެންދަވަނީ، ހިޔާލީ ޑިލިޔުޝަނަލް ދުނިޔެއެއްގައި ކަމަށް ވާތީ، ހަގީގަތް ހާމަ ކޮށްދިނުމަށެވެ. އަލްހާނަށް ތެދަށް ހަގީގަތް ހާމަކުރާ ކޮންމެ ފަރާތަކަށް މީގެ ކުރިން ވަނީ އިންޒާރު ދީފައެވެ. އަލްހާނަކީ އަމުދުން ތެދު ބަހެއް އަޑުއެހުމުގެ ގާބިލުކަމެއް ހުންނަ މީހެއް ނޫނެވެ.

ކެމްޕެއިން ތެރެއަށް ވަންގޮތް

އިންތިހާބުގެ ތެރޭގައި ކެމްޕެއިނަށް ބައެއް މީހުންގެ ފަރާތުން ވަރަށް ބޮޑު ގެއްލުންތަކެއް ވިއެވެ. އަލްހާނަކީ އޭނާގެ އަމިއްލަ ތާޢީދު އިތުރުކުރުމަށް އަމިއްލަ އަމިއްލަ އަށް ކެމްޕެއިންގެ ތެރެއަށް ވަން މީހެކެވެ. ކެމްޕެއިން ހިންގުމާއި ހަވާލުވެތިބި އެއްވެސް ބައެކަށް އެނގުމެއް ނެތި، ކަންމަތީ ޖަލްސާއަކަށް އަމިއްލަ އަށް އަރާ ވާހަކަ ދެއްކުމުން، އެމްޑީޕީއަށް އެތައް ސަތޭކަ ވޯޓެއް ގެއްލިގެން ދިޔަކަށް އިންތިހާބުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ފަރާތަކުން ދިޔަވަރަށް މައުލޫމާތު ދިނެވެ. ކެމްޕެއިންގެ އެއްވެސް ހިސާބެއްގައި އެއްވެސް މިންވަރަކަށް އަލްހާނުގެ ބައިވެރިވުމެއް އެމްޑީޕީއިން ހޯދާފައެއް ނޯންނާނެއެވެ،

ކޯޓަށް ނުފޫޒު ފޯރުވުން

އެތައް ހާސް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ އަލްހާން ފަހުމީ އޭނާގެ ސިޔާސީ ބާރުވެރިކަން އޮތްކަން ދައްކައި، ކޯޓަށް އެ ނުފޫޒު ފޯރުވުމަށް އެމްޑީޕީ ރައީސް ކަމަށް ކުރިމަތި ލާނެކަމަށް ބުނުމަކީ ރައްޔިތުން މިފަދަ މީހުންގެ ސޫރަވެސް ދެކެން ބޭނުން ނުވާ އެއް ސަބަބެވެ. އަލްހާން ބޭނުންވަނީ އޭނާއަށް ކުރަމުން ދަނީ ސިޔާސީ ދައުވާއެކޭ ބުނުމަށެވެ. އޭނާއަަށް ހުކުން ކުރުމުން އެއީ ސިޔާސީ ހުކުމެކޭ ބުނުމަށެވެ. އޭނާ އަކީ ސިޔާސީ ގޮތުން ބާރުހުރި ފަރާތެއް ކަމަށް ކޯޓުގެ ފަނޑިޔާރުންނަށް ދައްކައި، ފަނޑިޔާރުން ބިރުގެންނެވުމެވެ. މިއީ އެމްޑީޕީގެ އެއްވެސް މެމްބަރެއް އެދޭ ގޮތެއް ނޫނެވެ.

އެމްޑީޕީ ދާން އޮތީ ކުރިއަށް

އެމްޑީޕީ މިވަގުތު އޮތީ، ބޮޑު އިންތިހާބަކުން ބަލިވުމަށްފަހު، އާންމު މެމްބަރުން އެކަތިގަނޑަކަށް ވެގެން ކުރިއަށް ދިޔުމަށް ތައްޔާރުގައެވެ. މިވަގުތު ޕާޓީގެ އާންމު މެމްބަރުން އެންމެ މާޔޫސް ވާނީ، އަލްހާނު ފަހުމީމެން ފަދަ ސިޔާސީގޮތުން ފެއިލްވެފައި ތިބި މީހުން ޕާޓީ ހިސޯރުކުރަން އަންނަން އުޅޭ ވާހަކަ އަޑު އިވުމުންނެވެ. އެމްޑީޕީ ދާން އޮތީ ކުރިއަށެވެ. ފެއިލްވެފައިވާ ލީޑަރޝިޕް ގައި ތިއްބެވި ބޭފުޅުން ދުރަން ޖެހިލަން ޖެހެއެވެ. ނަޝީދާއި، ދަތް ޑީޑީ އާއި، އަލްހާނު ފަހުމީ ވެސް ހިމެނޭހެންނެވެ. ޕާޓީ ހެދި ބޮޑުވެ ކުރިއަރައިގެން ދިޔުމަށް ޖާގަ ދޭން ޖެހެއެވެ.

އަލްހާނު މެން ދަންނަ ސިޔާސީ މަސްރަހުގައި ފަނޑިޔާރުންގެ އޮރިޔާން ރިކޯޑްކޮށްގެން ބްލެކްމެއިލް ކުރުން ހިމެނުނަސް، ދިވެހި ރާއްޖެ ބޭނުންވަނީ އަމާން އައްސޭރިއަކަށް ދިޔުމަށެވެ. އަނިޔާވެރި ހައްދުފަހަނަ އެޅި މީހުންގެ ފަރާތުން ސަލާމަތްވާން ފުރުޞަތު ލިބުނު ކޮންމެ ފަހަރަކު ދިވެހިން ވަނީ ތެދުވެފައެވެ. އަލްހާނުގެ ޑިލިޔުޝަނަލް ދުނިޔެއިން ނުކުންނަށް މާ ބޮޑަށް ދަތިވާނަމަ، ނަފްސާނީ ބަލީގެ ޑޮކްޓަރެއްގެ އެހީތެރިކަން ހޯއްދެވުން އެއީ އެންމެ ރަނގަޅު ގޮތެވެ. އަމިއްލައަށް ޖެހި ހާލާކުވެގެންދާ ނަފްސާނީ ބަލި ތަކުގެ ޝިކާރައަށް އެމްޑީޕީއާއި، ޕާޓީ މެމްބަރުންނާއި، އާންމު ރައްޔިތުން ނެހެދުމަށް އަލްހާނުގެ ކިބައިން އެދެމެވެ.