ޚަބަރު

ފާލާހު ގެ ވީޑިޔޯގެ ވާހަކަ ގެނެސްދިން ނޫހަކީ ބޮންތި ނިއުސް، ޚަބަރު ޖަހައި ހިންގަމުން ދިޔައީ ޝިއުނާ، ޚަރަދު ކުރަމުން ދިޔައީ މޭޔަރު މުއިއްޒު!

ދިޔަވަރު
ފާލާހު ގެ ވީޑިޔޯގެ ވާހަކަ ގެނެސްދިން ނޫހަކީ ބޮންތި ނިއުސް، ޚަބަރު ޖަހައި ހިންގަމުން ދިޔައީ ޝިއުނާ، ޚަރަދު ކުރަމުން ދިޔައީ މޭޔަރު މުއިއްޒު!

ފާލާހު ގެ އޮރިޔާން ވީޑިޔޯގެ ވާހަކަ އެންމެ ފުރަތަމަ ގެނެސްފައިވާނޫހަކީ ބޮންތި ނިއުސް ކިޔާ ނޫހެކެވެ. މި ޚަބަރު ޖަހާފައިވަނީ 26 ޖޫން 2022 ގައެވެ. މި ނޫހުގައި ޚަބަރު ޖަހައި ހިންގަމުން ދިޔައީ އޭރު މޭޔަރު އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ ޝިއުނާ އާއި އޭނާ ގެންގުޅުނު ޓީމަކުންނެވެ. ޚަރަދު ކުރަމުން ދިޔައީ މޭޔަރު މުއިއްޒުއެވެ.

ބޮންތި ނިވްސް އިން މި ޚަބަރު ގެނައުމާއި ގުޅިގެން އޭގެ ފަހުން "ދުވަސް" ނިވްސް އިން މި ޚަބަރު ގެނެއެވެ. ނަމަވެސް އިތުރު މީޑިޔާއަކުން މި ޚަބަރު ގެނެސްފައި ނުވެއެވެ. ދުވަސް ނޫހަކީވެސް އޭރު މުއިއްޒު ކޮންމެ މަހަކު އެތި އެތި ކޮޅުން ދީގެން ފަންޑު ކުރަމުން ދިޔަ ނޫހެކެވެ. އަދި ޝިއުނާގެ ޓީމުން އަންގާ ގޮތަށް އޭގައި އޭރު މުއިއްޒު ބުނެގެން ޚަބަރު ޖަހައި ހެދިއެވެ. ނަމަވެސް ސީދާ މި ޚަބަރު "ދުވަސް" ޖަހަން އެންގި ކަމެއް ދިޔަވަރު ނޫހަށް ސާފުވެފައި ނުވެއެވެ.

ފަލާހު އާއި ދެކޮޅަށް މި ޚަބަރު ޖަހާފައި ވަނީ 2022 ގައި އޭރު ފަލާހު ސިޔާސީ ގޮތުން މުއިއްޒުއަށް ވިކިފައި ނެތުމުގެ ސަބަބުންނެވެ. ޕީޕީއެމް ސީޔާސީ ގިނަ ފަރާތްތައް އޭރު ދިރިއުޅުމުގެ ކަންކަން ހަމަ ޖައްސަމުން ދިޔައީ ސިޓީ ކައުންސިލުން ދީފައިވާ ވަޒީފާތަކުން އާއި، ސިޓީ ކައުންސިލުން އެމީހުންނަށް ނުހައްޤުން ދީފައިވާ ބިންތަކާއި ގުދަންތައް ކުށްޔަށް ދީގެންނާއި، ކޮންސަލްޓަންޓުންގެ ނަމުގައި އެތައް ބަޔަކަށް ފައިސާ ދީގެންނެވެ.

ނަމަވެސް ފަލާހު ވެގެން ދިޔައީ އޭރު އަމިއްލަ އަށް މީހަކަށް ބަރޯސާ ނުވެ އުޅެމުންދިޔަ ފަރާތަކަށެވެ. ސިޔާސީ ކަންކަމުގައި އެހާ ބޮޑަށް ނޫޅެ އުޅުނީ އަމިއްލަ ވިޔަފާރީގައެވެ. މުއިއްޒުއާއި ފަލާހު އާއި ދެމެދު ސީދާ މައްސަލަ އެއް އުޅުނު ކަން ސާފު ނުވެއެވެ. ނަމަވެސް އޭރު ފަލާހު އަކީ މުއިއްޒަށް ވިކޭނެ މީހަކަށް ނުވުމުން ފަލާހު މުއިއްޒުގެ ޓީމުގައި ހުރުމުގެ ބޭނުމެއް ނޯންނާނެއެވެ. ނަތީޖާއަކަށްވީ ފަލާހު އާއި ވައްތަރު މީހެއްގެ ވީޑިޔޯއެއް އުޅުމުން، އެއީ ފަލާހުގެ ވީޑިޔޯއެއް ކަމަށް ބުނެ އޭނާ ސިޓީކައުންސިލުން މަގާމު ދީގެން މީޑިޔާ އަދި ސޯޝަލް މީޑިޔާ ހިންގި ޝިއުނާ ލައްވައި މި ޚަބަރު ޖެހުވީއެވެ. ޝިއުނާގެ ބައިވެރިވުން އޮތް ނޫހެއްގައި، މުއިއްޒު ވެރިކަމަށް ކެމްޕެއިން ކުރަމުން ދިޔައި ދުވަސްވަރަކު މުއިއްޒަށް ނޭގި އޭގައި ޕީޕީއެމް މީހެއްގެ މިފަދަ ޚަބަރެއް ނުޖަހާނެއެވެ. އެއީ ޔަގީން ކަމެކެވެ.

ކުރުސީ މިވާހަކަ ދައްކާފައިވަނީ ވެސް މާ ފަހުންނެވެ. އޭރު ވެސް ދިޔަވަރު ނޫހުން މި ޚަބަރު ގެނެސްދީފައި ނުވާނެއެވެ. ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑުން ބޭރުވެ، ފަލާހު އަށް މިފަދަ ބޮޑު ލަނޑެއް ދީފައިވަނީ ސީދާ މޭޔަރު މުއިއްޒު އެވެ. މިކަން ފަލާހު އިތުރަށް އަމިއްލަ އަށް ތަހުގީގު ކޮށް ބައްލަވާށެވެ.

ފަލާހުގެ އަބުރާއި އިއްޒަތް ނަގާލަން ބޮންތީގައި ޚަބަރު ޖެހީ ސީދާ މުއިއްޒުއެވެ. އެކަން ކޮށްދިނީ މުއިއްޒުގެ ޕޭރޯލުގައި ހުރި ޝިއުނާ މެދުވެރިކޮށް އެޓީމުންނެވެ. ފަލާހުގެ އަނބިދަރިން ކުރިމަތީ އޭނާ ބޭޒާރުކޮށް ފިރިހެނުންނާއި އެކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ގޮތަށް ފަލާހު ލޭބަލް ކުރުމަށް ފަހު، ހަމަ އެކަމުގެ ރުޅިވެރި ކަމުގައި މުއިއްޒު ހަދާ ދޮގުތަކާއި ކުރަމުންދާ ވައްކަމުގެ ވާހަކަތައް ނޫސްތަކުގައި ޖެހުމުން އެކަން ހުއްޓުވުމަށް މުއިއްޒުގެ ދިފާޢުގައި މި ތެދުވީ ފަލާހުއެވެ. މިކަމާއި ގުޅިގެން މަޖިލީހުގައި އެންމެ ބޮޑަށް ވަކާލާތު ކުރީވެސް ހަމަ ފަލާހުއެވެ. މިއީ ވެންމަސް ވެނަށް ކާންދިނުމަށް ވުރެވެސް ނުބައިކޮށް މުއިއްޒު ފަލާހު އާއި ދޭތެރޭ ކޮށްފައިވާ ކަމެކެވެ. މިއިން ފެނިގެން މިދަނީ ފަލާހުގެ މޮޔަކަމާއި، މުއިއްޒުގެ ކުރިމަތީ ފަލާހުގެ އަގެއް ނެތްކަމާއި، ފަލާހުގެ ވަފާދާރުކަން ނަހަމަ ގޮތުގައި މުއިއްޒު ބޭނުންކޮށްލި ހުތުރު ގޮތެވެ.

ފަލާހު އަށް އަނިޔާ ދިނީ މުއިއްޒުއެވެ. މުއިއްޒު ޚިމާޔަތް ކުރަން ތެދުވެ އަނިޔާ ލިބިގެން އެދިޔައީ އަނެއްކާވެސް ފަލާހަށެވެ. ދެ ފަހަރުވެސް ސީދާ މުއިއްޒުގެ ސަބަބުންނެވެ. މިއަދު ފަލާހުއަށް އޭރު އޭނާ ބޭޒާރު ކުރީ ޝިއުނާ އާއި މުއިއްޒު އާއި ބައިވެރިވެގެން ކަން އެނގުނަސް އެ މީހުން އުލު ބައިންދާކަށް ފަލާހެއް ނުބުނާނެއެވެ. އުލު ބައިންދައި އަނިޔާ ލިބެން މިޖެހެނީ އިނދިކޮޅުގައި ތިބި ކަމާ ނުބެހޭ ނޫސްވެރިންތަކަކަށެވެ. އެކަމުގައި ބައިވެރިވި ޝިއުނާއާއި މުއިއްޒު އެތިބީ ހޭށެވެ. ފަލާހުއަކީ ބާރެއް ނެތް އަަޅެކެވެ. ހަމަ ކުރެވޭނެ އެއްވެސް ކަމެއް ބުނެވޭނެ އެއްވެސް ބަހެއް މަޖިލީހުގެ މެމްބަރެއް ގޮތުގައި ހުރެގެން ނެތެވެ. އެއަށް ވުރެ މާ ފިނޑިވާނެއެވެ. ފުއްޕަން ކެރެނީ ތަންކޮޅެއް އާދައިގެހެން ހީވާ ނޫސްވެރިންނާއި ދިމާލަށެވެ.