ޚަބަރު

ޗައިނާ: ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްފެކްޓްރީ ތައް އަޅަން 155 މިލިއަން ޑޮލަރަށް ޗައިނާއާއި ހަވާލު ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު އެއްވެސް މަސައްކަތެއް ފަށާފައެއް ނުވޭ

ދިޔަވަރު
ޗައިނާ: ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްފެކްޓްރީ ތައް އަޅަން 155 މިލިއަން ޑޮލަރަށް ޗައިނާއާއި ހަވާލު ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު އެއްވެސް މަސައްކަތެއް ފަށާފައެއް ނުވޭ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ޒަމާނީ ފެންވަރުގެ މަސްފެކްޓްރީތަކެއް ޢިމާރާތްކުރުމަށް ޗައިނާގެ ޑޮންގްފަންގ އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވީނަމަވެސް، މިހާތަނަށް އެއްވެސް މަސައްކަތެއް ފެށިފައި ނުވެއެވެ. ޗައިނާ އާއި އެކު މި މަޝްރޫޢު ތަކުގައި ސޮއެ ކޮށްފައިވަނީ 2024 ވަނަ އަހަރު އެޕްރީލް މަހުއެވެ.

މުއިއްޒުގެ ވެރިކަމަށް 2 އަހަރު ވެގެން ދާއިރު، ޗައިނާގެ ފަރާތުން މުއިއްޒުގެ ސަރުކާރަށް އެއްވެސް އެހީތެރި ކަމެއް ލިބިފައި ނުވެއެވެ. މުއިއްޒު މިވަގުތު ހުންނެވީ ޗައިނާގައެވެ. އަދި މިދަތުރުގައި 26 އަށް ވުރެ ގިނަ ޤައުމުތަކުން ބައިވެރިވެއެވެ.

ޑޮންގްފަންގ ކުންފުންޏަށް މި ފެސިލިޓީތައް ޢިމާރާތްކޮށް ނިންމަން 18 މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިހާތަނަށް މަސައްކަތް ފެށިފައިނުވާއިރު، ޕްރޮޖެކްޓު ގައި ބާކީ އޮތީ އެންމެ 2 މަސްދުވަހެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ޗައިނާ ސަރުކާރުން މި ޕްރޮޖެކްޓް ފެށުމަށް އެ ކުންފުންޏަށް ފައިސާ ހަމަ ޖައްސާ ނުދެއެވެ. ޑޮންގްފަންގ އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން އަކީ ޗައިނާގެ ސަރުކާރުގެ ކުންފުންޏެކެވެ.

ފާއިތުވި އަހަރު މިނިސްޓަރ އޮފް ފިޝަރީޒް އަޙްމަދު ޝިޔާމް ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން، ޅ. ފެލިވަރު، ދ. މާދެލި އަދި ގދ. ފިޔޯރީގައި މަސްފެކްޓްރީތަކެއް ޢިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެކްޓްތައް އެވޯޑު ކޮށްފައިވާ އަގުތަކަކީ:

  1. ފެލިވަރުގެ މަޝްރޫޢު: 50 މިލިއަން ޑޮލަރު
  2. މާދެލީގެ މަޝްރޫޢު: 100 މިލިއަން ޑޮލަރު
  3. ފިޔޯރީގެ މަޝްރޫޢު: 75 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 4.87 މިލިއަން ޑޮލަރު، 1 ޑޮލަރު = 15.42 ރުފިޔާގެ ރޭޓުން)

މުއިއްޒު ޗައިނާއަށް ކުރި ދަތުރުގައި ސިޔާސީ ފަރާތްތަކަށް ވަނީ އޭނާ ޕްރޮމޯޓް ކުރުމަށް އަންގާފައެވެ.