މިއަދު މަޖިލިސް ދޮށަށް މީހުން އެއްވެ، ފަލަސްތީނުގެ ދިފާޢުގައި ރައްޔިތުން ކުރި މުޒާހަރާ ތެރެއަށް މައްޗަންގޮޅި މެދު ދާއިރާ މެމްބަރު މުހައްމަދު ނަޝީދު ވަޑައިގަތުމުން މީޑިޔާއިން އެމަނިކުފާނަށް އަމާޒު ކޮށް ސުވާލު ކުރަން ފެށުމުން، އިޒްރޭލު ރަނގަޅު ކަމަށާއި، ގޯހީ ޒައެނިސްޓުން ކަމަށް ދޭހަވާހެން މީޑިޔާގައި ވާހަކަފުޅު ދައްކަވައިފިއެވެ.
މީގަ ދެ ކަމެއް އަޅުގަނޑުމެން ފާހަގަކުރަން އެބަ ޖެހޭ، ޒަޔަނިޒަމާ އިޒްރޭލާ، ވަރަށް ނުބައި ކަމެއް ޒަޔަނިޒަމަކީ...
ނަޝީދު ވިދާޅުވިއެވެ.
އިޒްރޭލުގެ މައްސަލައެއް ނެތްކަމަށް ދޭހަވާހެން މި މޭރުމުން ނަޝީދު ވާހަކަ ދައްކަން ފެއްޓެވުމުން، ނޫސްވެރިއަކު ނަޝިދުގެ ވާހަކައިގެ މެދު ކަނޑާލައި "އިޒްރޭލަކީ ޒަޔަނިސްޓް ސްޓޭޓެއް ނޫންތޯ؟" ސުވާލު ކުރުމުން އިތުރަށް އެވާހަކަ ކުރިއަށް ނުގެންދެވިއެވެ.
އިޒްރޭލަކީ ޒަޔަނިސްޓް ސްޓޭޓަކެވެ. ފަލަސްތީނު ބިންތައް ފޭރިގަނެ އިޒްރޭލު އުފަން ކުރި މޫވްމެންޓަށް ކިޔާ ނަމަކީ ޒަޔަނިޒަމްއެވެ. އިޒްރޭލުގައި ދިރިއުޅެނީ ޒަޔަނިސްޓުންނެވެ. އިޒްރޭލާއި ޒަޔަނިޒަމް އަކީ ތަފާތު ދެ އެއްޗެއް ނޫނެވެ. އެއީ އެކައްޗެކެވެ.
މީގެ އިތުރުން ނޫސްވެރިން ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި، އިޒްރޭލާ އެކު ގުޅުން ބަދަހިކުރައްވަން މަސައްކަތް ކުރެއްވުމާ ބެހޭގޮތުން ކުރިމަތިވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވަން އުޒުރުވެރިވެވަޑައިގެންނެވިއެވެ.
މަޖިލީހުން އިޒްރޭލާ ދެކޮޅަށް މަސައްކަތް ނުކުރާކަން ރައްޔިތުން ފާހަގަކުރަން ފެށުމުން ސުވާލުތަކަށް ވެސް ސީދާ ޖަވާބެއް ނުދެއްވާ، ނަޝީދުގެ ބޯއިސް ކޮޅާއިއެކު އެނބުރި ވަޑައިގެންނެވީ މަޖިލީހުގެ ގޯތި ތެރެއަށެވެ.