ޚަބަރު

މުއިއްޒުއަށް ނަސޭހަތުގެ ބަސްކޮޅެއް: ދޮގުހަދައިގެން ވަޤުތީ އުފަލެއް ލިބިދާނެއެވެ! އެހެންނަމަވެސް ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ! އެއީ ބޮޑުވެގެންވާ ޙަރާމް ކަމަކަށް ވާތީއެވެ! ދޮގު ހެދުން ހުއްޓާލާށެވެ!

ދިޔަވަރު
މުއިއްޒުއަށް ނަސޭހަތުގެ ބަސްކޮޅެއް: ދޮގުހަދައިގެން ވަޤުތީ އުފަލެއް ލިބިދާނެއެވެ! އެހެންނަމަވެސް ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ! އެއީ ބޮޑުވެގެންވާ ޙަރާމް ކަމަކަށް ވާތީއެވެ! ދޮގު ހެދުން ހުއްޓާލާށެވެ!

ތިމާއަށް ރަނގަޅު ގޮތް މެދުވެރިވުން އެދިގެން ދޮގުނުބުނާށެވެ! ކޮންމެ މީހަކަށް ނަމަވެސް ރަނގަޅު ގޮތް މެދުވެރިވާނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. 

ބައެއް މީހުން ތިމާމެންނަށް ރަނގަޅު ގޮތްތައް މެދުވެރިވާނެކަމުގެ އުންމީދުގައި ބޮޑެތި ދޮގުތައް ހަދައި ފަތުރައެވެ. ދޮގުވާހަކަތައް ދައްކައެވެ. ނުބައި މީހުން ރަނގަޅު މީހުން ކަމަށް ދައްކައެވެ. ރައްޔިތުންނަށް އަވާ މެންދު ދައްކާ، ސިޔާސީ މަންފާ ހާސިލް ކުރުމަށް، އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ހަދާ، ފަސޭހަކަމާއެކު ދޮގު ހަދާލައެވެ. މިހުރީ ކުރެވޭ ބޮޑެތި ފާފަތަކެވެ. ބޮޑެތި މަކަރުވެރިން ނޫނީ އެބާވަތުގެ ކަންކަމެއް ނުކުރާނެއެވެ. 

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަންވެސް ދޮގުނުބުނާށެވެ. އެވަޤުތު އެކަން ޙައްލުވިނަމަވެސް ބޭޒާރުވާނެ ވަޤުތެއް އަންނާނެއެވެ. އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެއެވެ. ޢުމުރަށް އިތުބާރު ގެއްލިގެންދާނެއެވެ. އެއިގެ ބަދަލުގައި ތެދަށް ބުނެ މާފަށް އެދުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. 

ދޮގުބުނުން މިއަދު މިވަނީ ވަރަށް ޢާންމުކަމަކަށްހަދައިފައެވެ. އެގެ ތެރެއިންވެސް އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ ގައުމުގެ ވެރީން ދޮގު ހެދުމެވެ. އަދި އަމުދުން ދޮގު ހެދުމުގެ އެންމެ ކުރީ ސަފުގައި ގައުމުގެ ވަލިއްޔުންއަމުރު ހުންނެވުމެވެ. ސަރުކާރުގެ އެންމެ މަތިފަޑީގައި މަކަރާއި ޙީލަތް ހެދުންވެސް މިވަނީ ޢާންމުކޮށް ކުރާ ކަމަކަށް ހަދައިފައެވެ. ބޮޑެތި ވައްކަންތައް ކުރުމާއި ކިޔާނާތް އެއީ ސަރުކާރުގެ ލެގަސީއަކަށް ވެގެން ދިޔައީއެވެ.

މިއަދުގެ ހަގީގަތަކީ، ގައުމުގެ ވަލިއްޔުލްއަމުރު ހެއްދެވިހާ ދޮގެއް އެހެީ މީޑިއާތަކުގައި އާކައިވް ކުރެވިފައެވެ. އަދި އަމުދުން އެމަނިކުފާނުގެ އަމިއްލަ ފޮތެއްގައި ލިޔެ ރައްކާ ކޮށްފައެވެ. މިއީ އިންކާރު ކުރެވެން ނެތް އެންމެ ބޮޑު ހަގީގަތެވެ. ހިތާމައަކީ މި ދޮގުތައް އާކައިވް ކޮށް ރައްކާކުރެވުމެއް ނޫނެވެ. ދޫ ދިނުމެއް ނެތި ދޮގުމައްޗަށް، ބިރަކާ ނުލާ ދޮގު ހަދަމުން ދިއުމެވެ. އެކަމުގެ ނުރައްކާތެރިކަމާމެދު އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ.

އެހެންނަމަވެސް ދަންނާށެވ! ކިތަންމެ ގިނަ ބައަކު އެއްވެސް ބިރެއް ނެތި ކުރިނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއްގެ ޙުކުމަށް އެއްވެސް ބަދަލެއް ނުއަންނާނެތެވެ. ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް އޮންނާނީ ޙަރާމްކަމެއްގެ ގޮތުގައެވެ. ޙަލާލުކުރައްވަވާފައިވާ ކަންކަން އޮންނާނީ ޙަލާލު ކަންކަމުގެ ގޮތުގައެވެ. 

ދޮގެއް ނުބުނާށެވެ! ދޮގު ބުނެވެން އުޅޭނަމަ ވަޤުތުން އަނގަ ބަންދުކުރާށެވެ. ދައްކަމުންދާ ވާހަކައެއްގެ މެދުތެރެއިން ނަމަވެސްމެއެވެ. މީސްތަކުންގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކަމުން ހުއްޓާލައިފިނަމަ މީހުން ކޮސްފާނެ މަލާމާތަކަށް ނުބަލާށެވެ! މޮޔައެއް ކަމަށް ބެލިނަމަވެސް މައްސަލައެއް ނެތެވެ. 

ތިމާއަށް މިކުރެވެނީ ޙަރާމްކަމެއްކަން ވިސްނޭ ވަޤުތު އެކަން ހުއްޓައިލުމަކީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ އެންމެ މަތީ ދަރަޖައެވެ. ފާފައެއް ކުރެވެމުން ދަނިކޮސް މިކުރެވެނީ ފާފައެއްކަން ވިސްނި ފާފަކުރުން ހުއްޓާލައި ތައުބާވުމުން ދެއްވަވާ މަތިވެރި ދަރަޖަ އެމީހަކަސް ދެއްވަވާނެތެވެ.  

މުއިއްޒު އެވެ! ދޮގުހަދައިގެން ފަހަރެއްގައި ވަޤުތީ އުފާވެރިކަމެއް ލިބިދާނެއެވެ. ނަމަވެސް އެއީ ހަމަ ދާދި އަވަހަށް ގެއްލިގެން ހިނގައިދާނެ ކަމެކެވެ. އަދި ފަހުން ކުރަންޖެހޭނެ ހިތާމަވެސް މާބޮޑުވާނެއެވެ.