ޚަބަރު

މުއިއްޒަށް ސަނާ ނުކިޔާތީ އެމްޔޫ މަނިކު އަވަހާރަ ވުމުން ހަސަދަވެރިކަމާއި ޒާތީކަން އިސްކޮށް ދިދަވެސް ތިރިކޮށް ނުލި

ދިޔަވަރު
މުއިއްޒަށް ސަނާ ނުކިޔާތީ އެމްޔޫ މަނިކު އަވަހާރަ ވުމުން ހަސަދަވެރިކަމާއި ޒާތީކަން އިސްކޮށް ދިދަވެސް ތިރިކޮށް ނުލި

ރާއްޖެއަށް އަގު ނުކުރެވޭ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، އެމްޔޫ މަނިކު އަވަހާރަ ވުމުން އޭނާ އަށް ދޭން ޖެހޭ އިޚްތިރާމް ދިނުމުގެ ގޮތުން ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކޮށް ނުލީ، އެމްޔޫ މަނިކަކީ ދެއިރު ދެ ދަޅައަށް މުއިއްޒު އަށް ގުޅައި ސަނާ ކިޔާ މީހަކަށް ނުވާތީއެވެ. ދައުލަތުން އަރުވާ އިއްޒަތާއި، ދޭ އިޚްތިރާމަކީ މީނާ ހަސަދަވެރިވާ މީހުންނާއި މެދު ޒާތީކަން ބާއްވައިގެން ނުދީ ހިފެހެއްޓައި މީނާގެ ހުރި ނުބައިކަން ދައްކަން ބޭނުންކުރާ ކަމަކަށް ހަދައި މުޅި ދައުލަތުގެ މޫނު މަތީގައި މިވަނީ މީނާގެ ހުތުރު ސިފައިން ނުބައި ލައްގަނޑެއް ޖަހުވާފައެވެ. މި ފަނާކުރުވަނިވި ދުނިޔެ ދޫކޮށް ދިޔުމުންވެސް އެމީހަކާއި މެދު ޒާތީ ތައައްޒުބުން އަމަލު ކުރާނީ އިންސާނުންގެ ތެރެއިން ހާދަހާވާ ނުބައި މީހުންނެވެ.

އެމްޔޫ މަނިކަކީ ދިވެހިންނަށް ލިބުނު އަގުހުރި މުތެކެވެ. ދިވެހި ޤައުމު މިދެކޭ ޓުއަރިޒަމްގެ ބާނީއެވެ. ދިވެހި ދައުލަތަށް އެތައް ޚިދުމަތެއް ކުރެއްވި ބޭފުޅެކެވެ. އެތައް ބަޔަކަށް ތައުލީމު ދިނުމުގައި ފުންނާބު އުސް ރޯލެއް އަދާ ކުރެއްވި އޯގާތެރި ޝަހުސިއްޔަތެކެވެ. އެމްޔޫ މަނިކު ދިވެހި ރާއްޖެ އަށް ކޮށްދެވި ޚިދުމަތްތައް މިތާ ލިޔެ ނުނިމޭނެއެވެ. އޭނާއަށް ދިވެހިން ކުރާ އިޚްތިރާމާއި، ދިވެހި ދަރައިން އެއިން ނަގަންވީ ނަމޫނާގެ ވާހަކައިން ފަރު ނުޖެއްސޭނެތީ އެކަން ކުރުކޮށްލަމެވެ.

އެހެން ޤައުމުތަކުގެ ރަތްލާޖެހި ކާފަރުން މަރުވުމުންވެސް ރާއްޖޭގެ ދިދަ މުއިއްޒު ބައިދަނޑިއަށް ތިރިކޮށް ހަދައެވެ. ދައުލަތް ނޮޅައި ކަމުންދާ ޤާސިމަށްވެސް ވަނީ ނިޝާން އިއްޒުއްދީން އަރުވާފައެވެ. ޑޮލަރު ދައުލަތަށް ދޭންޖެހިގެން އެތައް މުއައްޒަފުންނެއް އޭނާ ވަކިކޮށް، އެތައް މަހެއް ވަންދެން މުއައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތްކަމަށް ބުނެ ވިލާގެ މުއައްޒަފުންގެ މުސާރަ ނުދީ ހުރެގެންވެސް، ޑޮލަރަށް ގެނައި ބަދަލަށް ޤާސިމް ދިޔައީ މުއިއްޒަށް ސަނާ ކިޔައި ވާހަކަ ދައްކަމުންނެވެ. މުއިއްޒަށް ކަމުދަނީ މިފަދަ ދެ މޫނުގެ ވެރި އޭނާ ކަހަލަ ހަސީލަތް ނުބައި އޭނާ އާއި އެކު ދައުލަތް ލޫޓުވުމުގައި ބައިވެރިވާ ލުޓޭރުންނެވެ. ދިވެހި ރައްޔިތަކަށް ވެފައި މުއިއްޒުގެ އަނިޔާވެރި ފައިންޕުޅުގައި ދޫ ނުލާ މީހަކަށް ވާތީ، އަދި މުއިއްޒަށް ނެތް ތާޢީދާއި ރައްޔިތުންގެ ލޯތްބާއި ގަދަރުވެރިކަން ހުރި މީހަކަށް ވާތީ ދައުލަތުން އަދާކުރާ އިޚްތިރާމްވެސް އަދާ ކުރުން މުއިއްޒު އެވަނީ ހުއްޓުވާފައެވެ. މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގެ ވެރިއަކު ކޮށްފައި ނުވާ ހުތުރު އަމަލެކެވެ. ސަރުކާރާއި އެއްވެސް ގުޅުމެއް ނެތް، ސަރުކާރުގެ އަދާވާތްތެރިއަކަށް ވިއަސް، އެމީހާ އަވާހަރަވުމުން، އެމީހަކަށް ދައުލަތުން ދޭންވާ އިޚްތިރާމު އަދާކުރުން ދުނިޔޭގެ އެއްވެސް ސަރުކާރުން މި ނޫނިއްޔާ ހުއްޓުވާފައެއް ދުވަހަކުވެސް ނުވެއެވެ.