ޚަބަރު

ރާއްޖޭގެ ފޮރިންގ މިނިސްޓަރަށް ފޮށި ދަމަން ޗައިނާގައި ޖައްސައިފި

ދިޔަވަރު
ރާއްޖޭގެ ފޮރިންގ މިނިސްޓަރަށް ފޮށި ދަމަން ޗައިނާގައި ޖައްސައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރ ޚަލީލު އަށް ފޮށި ދަމައި, އެ ހިފައިގެން އުޅެން ޗައިނާގައި ޖައްސައިފިއެވެ. މިއީ އެއްވެސް ޤައުމެއްގައި އެ ޤައުމުގެ ފޮރިން މިނިސްޓަރަށް އަދި އެހެންމެ އެއްވެސް މިނިސްޓަރަކަށް ޖައްސާފައިވާ ހާލެއް ނޫނެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބަންޓަންކޮށްފައިވާ ގޮތުން ރައީސް މުއިއްޒު އާއި އޭނާގެ ސަރުކާރަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އިޚްތިރާމެއް ނެތް އަގެއް ނެތް ބަޔެކެވެ. އާންމުކޮށް އިންޑީޔާ އަދި ޗައިނާއަކީ ޚާރިޖީ ޑިޕްލޮމެޓިކް ފަރާތްތަކަށް ވަރަށް އިޚްތިރާމް ދޭ ދެ ޤައުމެވެ. ނަމަވެސް ފެނިގެން މިދަނީ އާންމުކޮށް ދޭ އެންމެ އާދައިގެ އިޚްތިރާމް ވެސް ރާއްޖޭގެ މިނިސްޓަރުންނަށް ބޭރު ޤައުމުތަކުން ނުދޭ ތަނެވެ.

އާންމު ވެފައިވާ ފޮޓޯއިން ފެންނަނީ، ފޮރިންގ މިނިސްޓަރާއި، ހައުސިންގ މިނިސްޓަރ ހަދާނެ ގޮތެއް ނޭގި ހޭންޑްލަގޭޖާއި ލެޕްޓޮބް ދަބަހާއި އެކު ފާރު ބުޑެއްގެ ކައިރީ އެއަރޕޯޓްގައި ތިބި މަންޒަރެވެ. ފޮރިންގ މިނިސްޓަރ އަކީ ރައީސް އާއި އެކު، ރަތް ދޫލާގައި ވަޑައިގަންނަވަން ޖެހޭ ފަރާތެކެވެ. އަދި ފަހަތުން ޑެލިގޭޝަންގެ ބައިވެރިންނާއި އެކު އެހެން މިނިސްޓަރުންވެސް ވަޑައިގަންނަވާނެއެވެ. މިއީ ޗައިނާއިން ރާއްޖެއަށް ދިން ވަރަށް މުހިންމު ޑިޕްލޮމެޓިކް މެސެޖެކެވެ.

ކުރީ ފަހަރާއި ޚިލާފަށް މި ފަހަރު ޗައިނާ އަށް ރައީސް މުއިއްޒު އެ ވަޑައިގެން ދަތުރަކީ ޗައިނާއިން ރައީސް މުއިއްޒަށް ދައުތު ދެއްވައިގެން ވަޑައިގެންނެވި ދަތުރެއް ނޫނެވެ. އެއީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ޑައިލޯގް ޕާރޓުނަރުގެ ގޮތުގައި ތިބި ޤައުމުތަކުގެ ވެރިންނަށް ދެއްވި ދައުވަތެކެވެ. މުއިއްޒު ވެރިކަމުގައި ހުއްޓަސް ނެތަސް އެ ދައުވަތު ރާއްޖެއަށް ލިބޭނެއެވެ. މިއީ މުއިއްޒު އާއި އެއްވެސް ގުޅުމެއް އޮތް ދަތުރެއް ނޫނެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ގެ ޑައިލޯގް ޕާރޓުނަރަކަށް ރާއްޖެ ވެފައިވަނީ 2023 ވަނަ އަހަރު ނޮވެމްބަރު މަހު އިންޑިޔާގައި އޮތް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމުގެ ހަވާސާގައެވެ. އެއީ އޭގެ ކުރިން ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން އިން 2022 ގައި އުޒްބަކިސްތާނުގައި އޮތް ޤައުމުތަކުގެ ވެރިންގެ ސަމިޓުގައި ރާއްޖެ އެސްސީއޯގެ ޑައިލޯގް ޕާރޓުނަރަކަށް ހެދުމަށް އެ ސަމިޓުން ފާސް ކުރުމުންނެވެ.