ޚަބަރު

ޗައިނާ ދަތުރު: ވިލިމާލޭގައި ޗައިނާއިން އަޅާނެ ކަމަށް ބުނި ހޮސްޕިޓަލް 2 އަހަރު ވެގެން ދާއިރުވެސް އަދިވެސް ނުފެށޭ

ދިޔަވަރު
ޗައިނާ ދަތުރު: ވިލިމާލޭގައި ޗައިނާއިން އަޅާނެ ކަމަށް ބުނި ހޮސްޕިޓަލް 2 އަހަރު ވެގެން ދާއިރުވެސް އަދިވެސް ނުފެށޭ

ރައީސް މުއިއްޒު މިވަގުތު ޗައިނާގައި އޮތް ސަމިޓަކަށް ވަޑައިގެން އުޅުއްވާއިރު، ޗައިނާއިން ރާއްޖެއަށް މިހާތަނަށް ބަޖެޓް އެހީއެއް ލިބިފައި ނުވާ ތާގައި ފަށާނެ ކަމަށް ބުނެފައިވާ އެއްވެސް ޕްރޮޖެކްޓެއް ވެސް ފަށާފައެއް ނުވެއެވެ.

މި ގޮތުން 2 އަހަރު ތެރޭ ފަސޭހަ ކަމާއި އެކު ފެށޭނެ 100 އެނދުގެ ހޮސްޕިޓަލް ހުޅުމާލޭގައި އަދިވެސް ނުފެށިގެން އުޅެނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅި ކަމުންނެވެ.

މިއީ 130 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މުއިއްޒު 2024 ގެ ޖެނުއަރީ މަހު ޗައިނާއަށް ކުރި ދަތުރުން ހަމަ އެކަނި ލިބުނީ، މި ހޮސްޕިޓަލާއި، މާލޭ މަގުތައް ހެދުމަށް ޗައިނާއިން ދިން ހިލޭ އެހީއެވެ. އެއީވެސް ޗައިނާގެ ކުންފުނިތައް ލައްވައި މަސައްކަތް ކުރުވާ ގޮތަށް ޗައިނާ އިން އެކުންފުންޏަށް ސީދާ ފައިސާ ދޭ ގޮތަށެވެ. ނަމަވެސް، ރައީސް މުއިއްޒު ދަނީ މިކުންފުނިތަކުންވެސް ރިޝްވަތުގެ ފައިސާ ނެގުމަށް މަސައްކަތް ކުރަމުން ކަމަށް ޚަބަރު ލިބެއެވެ. އަދި މި ޕްރޮޖެކްޓްތައް ލަސްވަނީ އެފަދަ ފައިސާ ހަމަ ޖެއްސުމުގައި މުއިއްޒު ކުރަމުންދާ ޑިމާންޑް ބޮޑު ކަމުން ކަމަސްވެސް ޚަބަރު ލިބެއެވެ.

2024 ވަނަ އަހަރު އޮކްޓޯބަރ މަހު ޕްރޮޖެކްޓްގެ ފީސިބިލިޓީ ހަދާފައިވާއިރު މިހާތަނަށް ފީސިބިލިޓި ނިމުނު ފަހުންވެސް އެއް އަަހަރު ވަނީއެވެ. ނަމަވެސް ޕްރޮޖެކްޓް މަސައްކަތް ނުފެށި ދަނީ ލަސްވަމުންނެވެ.