ދުނިޔޭގެ ލީޑަރުންނާއި އެކު ޗައިނާގެ ސްޓޭޖްގެ އެންމެ ކަނަށް މުއިއްޒުލައި، ޗައިނާއިން އޭނާގެ ސައިޒު ދައްކާލައިފިއެވެ. ދިވެހި ރާއްޖެއަކީ މި ހުރިހާ ޒަމާނަކު ކިތަންމެ ކުޑަޔަސް ޚާރިޖީ ދުނިޔޭގައި ނިކަން އިސްކޮޅުން ދިގު ބަސްވިކޭ ޤަދަރުވެރި ޤައުމެކެވެ. ޤައުމުގެ ފަހުރާއި ޝަރަފާއި ޤަދަރު ވެއްޔާއި މޮޑެލީ މުއިއްޒުއެވެ. އިންޑިޔާ އައުޓުން ފެށިގެން، އދ. ގެ ބޮޑު ޕޯޑިޔަމްގައި ދުނިޔެ އާއި މުހާތަބުކޮށް ހެދި ދޮގު ތަކާއި، ތުރުކީ އަކީ އިސްލާމީ ދުނިޔޭގެ ލީޑަރުކަމަށް ބުނެ ދެއްކި ވާހަކަ ތަކާއި، ފޭކް ޕްރިންސުންނާއި، އިންވެސްޓަރުން ގެނެސް ޖެއްސި ހުތުރު ވައްތަރު ތަކުންނާއި، ޤާނޫނު އަސާސީ އާއި ޤާނޫނުތައް ބަދަލުކޮށް ރައްޔިތުންގެ ބާރުތައް ފޭރިގަތުމުން މުއިއްޒު އަކީ ތަންދޮރު ދުންނަ ނާގާބިލު މީހަކަށް ދުނިޔެއަށް މިވަނީ އެނގިފައެވެ. އެހެންކަމުން މުއިއްޒު އާއި މެދު ދުނިޔޭގެ ވެރިން ކަން ކުރަމުން ދަނީ މުއިއްޒުގެ ސައިޒުންނެވެ.
އާންމުވެފައިވާ ފޮޓޯއިން ފެންނަނީ މުއިއްޒު އެންމެ ކަނަށްލާފައިވާ ތަނެވެ.

މުޅި ސައުތުއޭޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ނަގާލައި، މި ސަރަހައްދަށް ޗައިނާގެ ބޯޓު ފަހަރު ވައްދައި، ރާއްޖޭގެ ކަނޑުތަކުގައި ޗައިނާގެ ސްޕައި ކުރެވޭނެ ވަސީލަތްތައް ތައް ހަރުކޮށް އެޅިހާ ބަތަކަށް ރިހަ އަޅައިގެން ހުއްޓަސް ޚާރިޖީ ދުނިޔޭގައި އުޑެއް ބުޑެއް ނުދަންނަ މީހުން ވެރިކަމަށް އައިސް ޑިކްޓޭޓަރު ވެގެން އުޅުނީމާ ވާނީ މިހެންނެވެ.
މިއަދު މުއިއްޒު އަކީ ރައްޔިތުންގެ ތާޢީދު އޮތް މީހެއް ނޫނެވެ. %5 ވެސް ވޯޓަކުން ނުލިބޭނެއެވެ. ކައިރީގައި ވައްކަން ކުރަން ތިބި މީހުންނާއި، މި ޣައިރު ޤާނޫނީ ސަރުކާރު ނަގަހައްޓަން ފައިސާ ދީގެން ގެންގުޅޭ ކުލީ ސިފައިން ނެތް ނަމަ މި ވެރިކަމުގެ އަޖަލު މިހާރު ޖެހި، ރައްޔިތުން ނުކުމެ މީނާ އިންސާފުގެ ކުރިމައްޗަށް ގެނައީސް އެވެ.