ޚަބަރު

މުއިއްޒު ލ އަތޮޅަށް ވަޑައިގެން ބޮޑު ރަސްމިއްޔާތެއް ބާއްވާފައި ޗައިނާއާއި އެކު އެޅުމަށް އެއްބަސްވި ކައްދޫ އެއަރޕޯޓް ޕްރޮޖެކްޓަށް ވީ ނޫވީއެއް ނޭނގެ

ދިޔަވަރު
މުއިއްޒު ލ އަތޮޅަށް ވަޑައިގެން ބޮޑު ރަސްމިއްޔާތެއް ބާއްވާފައި ޗައިނާއާއި އެކު އެޅުމަށް އެއްބަސްވި ކައްދޫ އެއަރޕޯޓް ޕްރޮޖެކްޓަށް ވީ ނޫވީއެއް ނޭނގެ

11 އެޕްރީލް 2024 ގައި ޗައިނާ ސީއޭއެމްސީ އިންޖިނއަރިންގ އާއި އެމްއޯޔޫގައި ސޮއެ ކުރި ކައްދޫ އެއަރޕޯޓް އަލަން އެޅުމުގެ މަޝްރޫޢުގެ އެއްވެސް ކުރިއެރުމެއް އެފަހުން ލިބިފައި ނުވެއެވެ.

ސަރުކާރުން ވަނީ އެތާގައި 2.45 ކިލޯ މީޓަރުގެ ރަންވޭ އެއް އަޅައި، ގަޑިއަކަށް 300 ފަސެންޖަރުންގެ ޖާގައިގެ އެއަރޕޯޓެއް އެޅުމަށް ނިންމާފައެވެ. މިކަމަށް ބޮޑު ހަފްލާއެއް ބާއްވައި، މުއިއްޒު ވަނީ މި ހަފްލާ ޝަރަފުވެރި ކޮށްދީފައެވެ.

މިކަން ކޮށްފައި ވަނީ މަޖިލީސް އިންތިހާބަށް ކެމްޕެއިން ކުރި ދުވަސް ވަރުއެވެ. ނަމަވެސް މިއަދާއި ހަމައަށް މި ޕްރޮޖެކްޓެ އެއްވެސް ވަރަކަށް ކުރިއަށް ގޮސްފައި ނުވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ ތަރައްޤީ ވަނީ ހުއްޓިފައެވެ. މަސައްކަތް ކުރަމުން ދަނީ ޚުދުމުހުތާރު ކަމާއި އަނިޔާވެރި ކަމާއި އެކު ވެރިކަން ކުރުމަށެވެ. މުއިއްޒު ވަނީ ކުރީ ސަރުކާރުން ފަށާފައިވާ ގިނަ ޕްރޮޖެކްޓްތަކެއް ހުއްޓުވާފައެވެ.