ރައީސް މުއިއްޒުގެ އަމުރަށް، އެޗްޑީސީގެ މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ޑިޕާރޓްމެންޓް ދެ ބަޔަކަށް ބަހައި، މަލްޝާއަށް ޕީއާރު ޑިޕަރޓްމެންޓުގެ ނަމުގައި އާ ޑިޕާރޓްމެންޓެއް އެޗްޑީސީގައި އުފައްދައި، އެ ޑިޕަރޓްމެންޓްގެ ޑިރެކްޓަރުގެ މަގާމަށް މުސާރަ ބޮޑުކޮށް އޭނާ ހަމަ ޖައްސައިފިއެވެ.
މަލްޝާ ކުރިން ހުރީ މާކެޓިން ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ. އޭރު ބޭސިކް މުސާރައިގެ ގޮތުގައި 33،000ރ ލިބެއެވެ. މިހާރު މުސާރަ ވަނީ 54،000ރ އަށް ބޮޑު ކޮށްފައި ކަމަށް ޚަބަރު ލިބެއެވެ.
މަލްޝާ އަކީ އެޗްޑީސީގައި އެއްވެސް މަސައްކަތެއް ކުރާ ފަރާތެއް ނޫނެވެ. އޭނާގެ ދައުރަކީ ސޯޝަލް މީޑިޔާގައި ފޭކް އެކައުންޓް ހަދައިގެން، މުއިއްޒު ހަދާ ދޮގު ވާހަކަތައް ޕްރޮމޯޓު ކުރުމާއި، އާންމު އަޚްލާގީ މިންގަނޑުން ބޭރުން މީހުންނާއި މައްލަވަކޮށް، ސޯޝަލް މީޑިޔާގައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި ހެދުމެވެ. މަލްޝާ މިގޮތަށް ގެންގުޅޭ އެއް އަކައުންޓު މުއިއްޒު އެކްސްގައި ފޮލޯވެސް ކުރައެވެ. މި އެކައުންޓަކީ ފޭކް ނިވްސް އަދި ކަނޑައެޅިގެން ދޮގު މައުލޫމާތާއި، މީހުންގެ އަބުރު ކަތިލުމާއި، މީހުންނަށް އިންޒާރު ދިނުމަށް މުއިއްޒު މަލްޝާ ލައްވައި އޮޕަރޭޓް ކުރާ އެކައުންޓެކެވެ. މުއިއްޒު މަލްޝާއަށް އަމިއްލަ އަށް މެސެޖްކޮށް ވަކި ވަކި ޓްވީޓް ތަކަށް ރެސްޕޮންޑް ކުރުމަށް ބުނާ ކަމަށް މަލްޝާ ހާމަ ކުރެއެވެ.
މަލްޝާއަށް އާ ޑިޕާރޓްމެންޓެއް އުފައްދައި، މުސާރަ ބޮޑު ކޮށްފައިވާއިރު، ކައުންސިލްތަކަށް ދައުލަތުން ދާ ޚަރަދު ބޮޑުވެގެން ކަމަށް ބުނެ މުއިއްޒު ވަނީ ކައުންސިލަރުންގެ އަދަދު މަދުކޮށްފައެވެ. މަލްޝާ އާއި ޝިއުނާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިޤްތިޞާދަށް ވަނީ 3.6 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައެވެ. މ
މި މީހުންނަކީ އާންމުންގެ މެދުގައި އިންތިހާއަށް މަގުބޫލުކަން ކުޑަ، އަދި އެއްވެސް ވަރަކަށް އެއްވެސް ބައެއްގެ އިޚްތިރާމް ލިބިގެންވާ ބައެއް ނޫނެވެ. މަލްޝާގެ ބޭއަދަބީ އުޅުން ދައްކުވައިދޭ އޭނާ އެއް ކިލޯ ކޭކަކަށް ކޮށްދީފާނެ ކަމަށް ބުނާ ކަންކަން ހާމަ ކުރާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި މީގެ ކުރިން އާންމުވެ، އޭނާ އަށް އިތުރަށް ފާޑު ކިޔުން އަމާޒުވެފައި ވެއެވެ.
މި ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، އެޗްޑީސީ ފަދަ ތަންތަނުގައި ވައްކަން އިތުރުވެ، އޭގެ ގެއްލުން އާންމު ރައްޔިތުންނަށް ދަނީ ކުރަމުންނެވެ.