ކައުންސިލަރުން ދަތުރުތަކަށް އެންމެ ފާޑު ކިޔާފައިވާ ޖަންގިޔާ ނާޒިމް 1 އަހަރުތެރޭ 133 ފަހަރު އެއަރޕޯޓް ވީ.އައި.ޕީ ބޭނުންކޮށް 116,000ރ ދައުލަތުގެ ބަޖެޓްއިން އިސްރާފުކޮށްފި ކަން ސޯޝަލް މީޑިޔާއަށް ލީކު ވެފައިވާ ވީއައިޕީ ދަތުރުތަކުގެ ތަފްސީލު ފެންނަ ލިޔެކިޔުންތަކަކުން ހާމަ ވެއްޖެއެވެ.
ޖަންގިޔާ ނާޒިމް ވަނީ ކައުންސިލްތަކުގެ ބާރުތައް ފޭރޭ ބިލު މިހާރު އިންގޮތަށް ތައްޔާރު ކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. ޖަންގިޔާ ނާޒިމްގެ މައިނގަޑު ބޭނުމަކީ އޭނައާއި ގުޅުން އޮންނަ ކުންފުނިތަކަށް ރަށު ކައުންސިލްތަކުގެ އެޙްތިޞާސް ނުވަތަ ބާރުގެ ތެރޭ ހުރި ފަތުރުވެރިކަމަށް ބޭނުން ކުރެވިދާނެ ފަދަ ބިންތައް ނެގުމާއި، މިފަދަ އެނޫން ގޮތް ގޮތުންވެސް މާލީ މުއްސަނދިކަން ނާޖާއިޒް ގޮތުގައި ހާސިލް ކުރުމަށް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމެވެ.
ޖަންގިޔާ ނާޒިމަކީ ދިވެހި ދިދައިން ވައްކަން ކޮށް ކުށް ސާބިތުވެ ޖަލު ހުކުން އައިސްފައި ހުރި މީހެކެވެ. އަދި މިހާރު މުއިއްޒު އުޝާމު ލައްވައި އުފައްދާފައިވާ ނޫސްވެރިކަން ނައްތާލާ ބިލުގައި ރައްޔިތުންނަށް އަނިޔާވެރި ވުމަށް ބޭނުންވާ މާއްދާތައް އޭގައި ހިމެނުމުގައި އޭނާގެ ދައުރު އޮތްކަމަށް އަމިއްލަ އަށް މަޖިލީހުގައި އިއުތިރާފު ވެފައިވާ އަނިޔާވެރި ފަރާތެކެވެ.