ޚަބަރު

ޝުޖާއު، ފަލާހު، ޖަންގިޔާ ނާޒިމް، މުހައްމަދު އިސްމާއިލުގެ މާލީ ބަޔާނުގައި މުއިއްޒު ދޭ 50 ހާހުގެ ރިޝްވަތާއި، ލިބޭ މާލީ ފައިދާގެ 98 ޕަސެންޓުވެސް ހިމަނާފައި އޮތްކަމަށް ނުބެލެވޭ، އޮޑިޓް ކުރަން ޖެހޭ!

ދިޔަވަރު
ޝުޖާއު، ފަލާހު، ޖަންގިޔާ ނާޒިމް، މުހައްމަދު އިސްމާއިލުގެ މާލީ ބަޔާނުގައި މުއިއްޒު ދޭ 50 ހާހުގެ ރިޝްވަތާއި، ލިބޭ މާލީ ފައިދާގެ 98 ޕަސެންޓުވެސް ހިމަނާފައި އޮތްކަމަށް ނުބެލެވޭ، އޮޑިޓް ކުރަން ޖެހޭ!

ރާއްޖޭގެ ރައްޔިތުންގެ ފައިސާއިން މިލިއަނަރުންނަށް ވެފައި ތިބި، ޝުޖާޢު، ފަލާހު، ޖަންގިޔާ ނާޒިމް، އަދި މުހައްމަދު އިސްމާއިލުގެ މާލީ ބަޔާންތަކުގައި، މުއިއްޒު ކޮންމެ މަހަކު ދޭ 50 ހާހުގެ ރިޝްވަތާއި، ލިބޭ ޙާޤީގީ މާލީ ފައިދާގެ 98 ލަސެންޓުވެސް ހިމަނާފައި އޮތް ކަމަކަށް ނުބެލެވެއެވެ.

ޕީއެންސީގެ ގިނަ މެމްބަރުން ހުށައަޅާފައިވަނީ އުފައްދާފައިވާ ފޭކު މާލީ ބަޔާންތަކެކެވެ. ކަނޑައެޅިގެން ރައްޔިތުންގެ ފައިސާ މުއިއްޒު މެދުވެރިކޮށް މިލިއަނުން ލިބިފައިވާ ޝުޖާއު، ފަލާހު، ޖަންގިޔާ ނާޒިމް، އަދި މުހައްމަދު އިސްމާއިލު ހުށައަޅާފައިވާ މާލީ ބަޔާންތަކާއި އެމީހުންގެ ހަޤީގީ މުއްސަނދި ކަމާއި އަޅާ ކިޔައި، އޮޑީޓްކޮށް، އެމީހުންގެ މުއްސަނދި ދިރިއުޅުމާއި ގުޅިގެން ކްރިމިނަލް އިންވެސްޓިގޭޝަނެއް ހިނގައިފިނަމަ، އެމީހުންނާއި ގުޅުން ހުރި ކުންފުނިތަކަށް ވަދެފައިވާ ފައިސާއާއި، ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާ ފަސޭހަ ކަމާއި އެކު ޓްރެކް ކޮށް، މާލީ ބަޔާނުގައި ބަޔާން ކޮށްފައި އެވަނީ ލިބޭ މާލީ ފައިދާގެ ކުޑަކުޑަ މިންވަރެއް ކަން ހާމަ ވެގެން ދާނެކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ދައުލަތް ނޮޅާ ލޫޓުވާލާފައިވާ މިންވަރު މިހާރުވެސް މިއިން ބައެއް މީހުންގެ ބަޔާންތަކުން ހާމަވާއިރު، ރާއްޖޭގައި ބޮޑެތި ވަގުން ކަމަށް އާންމުކޮށް މީހުން ގަބޫލު ކުރާ މި ފަރާތްތައް ހުށައަޅާ މާލީ ހިސާބުތައް އަބަދުވެސް ފްލެގްވެ، އޮޑިޓްކޮށް، އިތުރަށް އިންވެސްޓިގޭޓް ކުރެވޭނެ މެކޭނިޒަމް އެއް ނުއުފެދޭ ހިނދެއްގައި ރާއްޖޭގައި ދުވަހަކުވެސް ކޮރަޕްޝަން ހުއްޓި، ރައްޔިތުންގެ ޙައްގެއް ހިމާޔަތެއް ނުކުރެވޭނެއެވެ. އަދި ނުހައްޤުން ހޯދާ މުއްސަނދި ކަމެއްވެސް ނުހުއްޓުވޭނެއެވެ. އަދި ދައުލަތަށް ވަންނަން ޖެހޭ އިންކަމް ޓެކްސް ވެސް ހަމަ އަކަށް ނުވަންނާނެއެވެ.

ވެރިކަމަށް ދެއަހަރު ނުވަނީސް ބަޔަކު ވަނީ މިލިއަނަރުންނަށް ވެފައެވެ. އަދި ރައްޔިތުން ވަނީ އިންތިހާއަށް ނިކަމެތިވެފައެވެ.