ޚަބަރު

ޕްރޮމޯޝަން ދިނީ ގަވާއިދާ އެއްގޮތަށް: ފުލުހުން

ދިޔަވަރު
ޕްރޮމޯޝަން ދިނީ ގަވާއިދާ އެއްގޮތަށް: ފުލުހުން

ފުލުހުންނަށް ދީފައިވާ ޕްރޮމޯޝަންތަކަކީ މި އަހަރުގެ ކުރީކޮޅުން ފެށިގެން އިއުލާނުކޮށް، ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން އެދިފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ފުލުހުން ބުނީ، ހުރިހާ ޕްރޮމޯޝަނެއް ވެސް ދީފައިވަނީ ފުލުހުންގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އެ ކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އެގޮތުން, ޕްރޮމޯޝަން ދިނުމަށް މި އަހަރުގެ އޭޕްރީލް މަހު އިއުލާނު ކޮށްފައިވާނެ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުން ބުނީ އޭރު ޕްރޮމޯޝަން ހަވާލުނުކޮށް މަޑުޖައްސައިލީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ ކަމުގަ އެވެ.

ފުލުހުންގެ ޕްރޮމޯޝަންތައް ދިނުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް އެންގި އެވެ. ނަމަވެސް އޭސީސީ އިން ނެރުނު އަމުރަކީ އެއްވެސް ގާނޫނަކާ ހަވާލާނުދީ ފޮނުވި އަމުރަކަށް ވުމުން ޕީޖީ އޮފީހުން ވަނީ އެ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅާފަ އެވެ.