ޚަބަރު

އާފަލެއްގެ އަގު 14ރ އަށް، ބޭބީ ފޯމިޔުލާ 510ރ އަށް، މުޅި ޤައުމު ލޫޓުވައިފި!

ދިޔަވަރު
އާފަލެއްގެ އަގު 14ރ އަށް، ބޭބީ ފޯމިޔުލާ 510ރ އަށް، މުޅި ޤައުމު ލޫޓުވައިފި!

މިއަދު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް އުފުލިފައި ނުވާހާ މައްޗަށް ހިނގައްޖެއެވެ. ސަރުކާރުން އަސާސީ ބާވަތްތަކުގެ އިންފްލޭޝަން 1.9 ޕަސެންޓަށް އަރައިފި ކަމަށް ބުނި ނަމަވެސް، ބައެއް ތަކެތީގެ އަގު މުއިއްޒުގެ ސަރުކާރު އައުމަށްފަހު، %50 އާއި %30 އާއި ދެމެދު މައްޗަށް އަރާފައިވާކަމީ ހަޤީގަތެވެ.

ސޯޝަލް މީޑިޔާގައި ބޭބީ ފޯމިޔުލާގެ އަގު މައްޗަށް އަރައިގެން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ދިވެއްސަކު ލިޔެފައިވަނީ އޭނާ މިދިޔަ މަހު 480 އަށް ގަތް ބީބީ ފޯމިޔުލާ މިހާރު ލިބެނީ 510ރ އަށް ކަމަށެވެ.

https://twitter.com/zarahiyaz/status/1962762101556158875

ތަކެތީގެ އަގު ބޮޑުވުމުގެ އިތުރުން، ސިޔާސީ ފަރާތްތަކަށް މުސާރަ ދިނުމަށް ކޮންމެ މަހަކު ވަކި ހުދޫދެއް ނެތި ކަރަންޓް ބިލް ބޮޑުކޮށްގެން އާންމުންގެ އަތުން އިންތިހާއަށް ފައިސާ ނެގުމަކީވެސް ގިނަ ބަޔަކު ހިތްދަތިވެ އެވާހަކަ ކޮންމެ ދުވަހަކުމެ ހައްލެއް ނުލިބިގެން ދައްކަމުން ދާ ވާހަކައެކެވެ.

ތަކެތީގެ އަގު ބޮޑު ވަމުންދަނީ ޑޮލަރުގެ ދަތިކަން ބޮޑުވެގެންނެވެ. ރައްޔިތުންނަށް މިހާރު ޑޮލަރު ލިބެނީ 20.25 އަށެވެ.