މުއިއްޒަށް ވެރިކަމަށް އާދެވުނީ ކޮރަޕްޓް ފަނޑިޔާރު ސަލީމު، ޔާމީނުގެ އަޑުއެހުން ލަސްކުރުމުގެ ސަބަބުންނެވެ. ފަނޑިޔާރު ސަލީމު އޭރު ހުރީ ހައިކޯޓުގައެވެ. އޭނާއަށް ފައިސާ އަޅަމުން ދިޔައީ، މުބީން މެދުވެރިކޮށް މުއިއްޒު އެވެ.
ފަނޑިޔާރު ސަލީމުގެ ބޭބެ، އަސްލަމް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކުމުގައި ބައިވެރިވާ ފަރާތެކެވެ. މިއީ އަސްލަމް އެ ދާއިރާ އަކަށް ހޮވިފައިވާ ބިލެއްދޫ ދާއިރާގެ ގިނަބަޔަކަށް އެނގޭ ކަމެއްވެސް މެއެވެ. މުބީން އާއި އަސްލަމް އަކީ ގާތް ދެ އެކުވެރިންނެވެ. މުބީން އާއި މުއިއްޒު އާއި އޮތް ގުޅުމުގެ ތެރެއިން ރައީސް ޔާމީން އިންތިހާބުގައި ކުރިމަތި ނުލެވޭ ގޮތަށް އިންތިހާބު ދިގު ދަންމާލުމުގައި ހަރަކާތްތެރިވީ މި މީހުންނެވެ.
ދިވެހި ރައްޔިތުން ވަނީ މިފަހަރު މަސްތުވާތަކެތި ވިއްކުމަށް މަޝްހޫރު ގިނަ ބަޔަކު މަޖިލީހަށް ހޮވާފައެވެ.
މުއިއްޒު ވަނީ މިކަމުގެ އިނާމެއް ގޮތުގައި މި ކޮރަޕްޓް ފަނޑިޔާރު މިހާރު ސުޕްރީމް ކޯޓަށް އައްޔަން ކޮށްފައެވެ. ސަލީމް ވަނީ އެފަހުންވެސް މުއިއްޒު އަތުން ފައިސާ ނަގައިގެން ޔާމީނުގެ އެހެން އަޑުއެހުން ތަކަށް ވެސް ނުފޫޒު ފޯރުވާފައެވެ. ރައްޔިތުންނަށް މިއަދު ކުރިމަތިވެފައިވާ ފަގީރު ކަމާއި، އަނިޔާވެރި ވެރިކަން ގެނައުމަށް ކޮރަޕްޓް ފަނޑިޔާރުގެ އަމަލުތައް ރައްޔުތުން ދަނެގަންނަން ޖެހެއެވެ. ކޮރަޕްޝަންގެ ކޮންމެ އަމަލަކީ އޭގެ އަސަރު ސީދާ ގޮތުން ކޮންމެވެސް ހިސާބަކުން އާންމު ރައްޔިތު މީހާއަށް ކުރާނެ ކަމެކެވެ.
ރާއްޖޭގެ ޑިމޮކްރަސީއާއި، ދިވެހިންގެ މިނިވަން ކަމާއި، އިޤްތިޞާދީ ފޯރުން ތެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކޮރަޕްޓް މަޖިލީސް މެމްބަރުންނާއި، ކޮރަޕްޓް ފަނޑިޔާރުންނާއި، ކޮރަޕްޓް ވެރިންނެވެ.