ކައުންސިލް ގްރާންޓުން ވައްކަން ކުރުމަށް، ކައުންސިލްތަކަށް ދޭ ފައިސާ މަދު ކުރުމަށް، ތިމަންނާ މިހާރު ފޯމިޔުލާ ބަދަލުކޮށްފި ކަމަށް ބުނެ މުއިއްޒު ޓްވީޓް ކުރީ މިހާރުވެސް އިން ފޯމިޔުލާ ކަން ހާމަ ވެއްޖެއެވެ.
މުއިއްޒު ކޮށްފައިވާ ޓްވީޓްގައި ވަނީ:
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާ)ގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދެވެ. ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދެއްނޫނެވެ. އެހެން ކަމުން، ބްލޮކް ގްރާންޓު ގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި.
ނަމަވެސް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ބްލޮކް ގްރާންޓަށް ފައިސާ ދޫކުރަން 2020 ގައި ފެށީއްސުރެ މިއަދާއި ހަމައަށްވެސް ހަމަ ބްލޮކް ގްރާޓް ދިނުމަށް ބޭނުން ކުރާ ފިޒިކަލް ފޯމިޔުލާ އަކީ އެއީ ކަމެވެ.
މި ގޮތުން ފޯމިޔުލާގައި އެންމެ ފުރަތަމަ ރަށު އާބާދީއަށް، ދެން ރަށުގެ ބިމުގެ ބޮޑު މިނަށް ބަލައިގެން ކަން މި ފޯމިޔުލާ އިން ފެންނަން އެބަ އޮތެވެ.

ބްލޮކް ގްރާންޓް ކަލްކިޔުލޭޓް ކުރާ ފޯމިޔުލަރ
ކަންކަން އޮޅުވާލައި، އަބަދު ދޮގު ހަދަމުން ދާ ރައީސް މުއިއްޒު މަސައްކަތް ކުރަމުން ދަނީ ބްލޮކް ގްރާންޓް ރަށްރަށަށް ދޭވަރު މަދުކޮށް އެ ފައިސާވެސް ފޭރުމަށެވެ. މިދިޔަ އަހަރު ބަޖެޓް ހެދި އިރު، ޤާނޫނުން ބްލޮކް ގްރާންޓް ދޭން ޖެހޭ ވަރަށް ވުރެ ކުޑަކޮށް ބަޖެޓްކޮށް މަޖިލީހަށް އެ ބަޖެޓް ފާސް ކުރަން ހުށައެޅުމުން އެކަމުގެ ޝަކުވާ ކައުންސިލްތަކާއި، އާންމު ރައްޔިތުންނާއި، އިނދިކޮޅު ޕާޓީއިން ކުރަން ފެށުމުން ފަހުން މުއިއްޒު ވަނީ ބްލޮކް ގްރާންޓް ޤާނޫން ދޭން ޖެހޭ މިންވަރަށް ދީފައެވެ.