ޚަބަރު

ބިލުގެ ބޭނުމަކީ އަދަދު، ދިޔަވަރު ބްލޮކް ކޮށް، ރާއްޖެ ޓީވީ، ޗެނަލް 13 ހުއްޓުވައި، ހަސަންކުރުސީއާއި އިތުރު 36 އެކްސް އެކައުންޓެއް ބްލޮކް ކުރުން: ވަޒީރެއް

ދިޔަވަރު
ބިލުގެ ބޭނުމަކީ އަދަދު، ދިޔަވަރު ބްލޮކް ކޮށް، ރާއްޖެ ޓީވީ، ޗެނަލް 13 ހުއްޓުވައި، ހަސަންކުރުސީއާއި އިތުރު 36 އެކްސް އެކައުންޓެއް ބްލޮކް ކުރުން: ވަޒީރެއް

ރައީސް މުއިއްޒު އަންގައިގެން އޭޖީ އުޝާމު ފަރުމާ ކޮށްފައިވާ ނޫސްވެރިކަން ނައްތާލާ ބިލުގެ ބޭނުމަކީ އަދަދު ނޫހާއި، ދިޔަވަރު ބްލޮކް ކޮށް، ރާއްޖެ ޓީވީ އަދި ޗެނަލް 13 ހުއްޓުވައި، ހަސަންކުރުސީއާއި އިތުރު 36 އެކްސް އެކައުންޓެއް ބްލޮކް ކުރުންކަމަށް ރައީސް މުއިއްޒުގެ ކެބިނެޓް ވަޒީރެއް ނަން ނުޖެހުމަށް ޝަރުތު ކޮށް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.

ދިޔަވަރު ނޫހަށް އޭނާ މައުލޫމާތު ދިން ގޮތުގައި މި ބިލް ފާސްވުމާއި އެކު، މުއިއްޒު ބޭނުންވާ ޓްވިޓަރ އެކައުންޓްތައް ރާއްޖެއިން ނުފެންނަ ގޮތަށް ހަދަން ޓްވިޓަރ އަށް މި ޤާނޫނުން މަޖުބޫރު ވާނެއެވެ.

ރާއްޖެ ޓީވީ ބަންދުކޮށް، ޗެނަލް 13 ބަންދު ކުރުމަށް މުއިއްޒު ބޭނުންވަނީ އެއިން އެމްޑީޕީ އަދި ރައީސް ޔާމީނުގެ ސިޔާސީ ހަރަކާތްތަކާއި، މުއިއްޒުގެ ސަރުކާރުގެ ވައްކަމުގެ ވާހަކަ ގެންނަ މައްސަލާގައި ކަމަށާއި، އަދަދު ނޫސް އެއްކޮށް ބްލޮކް ކޮށް ހުއްދަ ބާތިލުކޮށް ދިޔަވަރު ނޫސްވެސް މި ޤާނޫނުގެ ތެރެއިން ބްލޮކް ކުރުމަށް މުއިއްޒު ނިންމާފައިވާ ކަމަށް ވަޒީރު މައުލޫމާތު ދެއްވިއެވެ.