ޚަބަރު

ދޮންފަނޭ ކިޔައި މިއަދު ދޮގުހެދީ ނޫސްވެރިންތޯ ނޫނީ މުއިއްޒުތޯ؟ ފޭކް-ނިވްސް ފަތުރަނީ ނޫސްވެރިންތޯ ނޫނީ ކައްޒާބުތޯ؟

ދިޔަވަރު
ދޮންފަނޭ ކިޔައި މިއަދު ދޮގުހެދީ ނޫސްވެރިންތޯ ނޫނީ މުއިއްޒުތޯ؟ ފޭކް-ނިވްސް ފަތުރަނީ ނޫސްވެރިންތޯ ނޫނީ ކައްޒާބުތޯ؟

ދޮންފަނޭ ކިޔައި މިއަދު ދޮގުހެދީ ނޫސްވެރިންތޯ ނޫނީ މުއިއްޒުތޯ؟ ފޭކް-ނިވްސް ފަތުރަނީ ނޫސްވެރިންތޯ ނޫނީ ކައްޒާބުތޯ؟ މިއީ ރައްޔިތުން މިއަދު ވިސްނާލަންވީ ކަމެކެވެ.

ވެރިކަމުން އައި ފަހުން ދޮގު ހެދުން ރައީސް މުއިއްޒު ހުއްޓާލި ހަމަ އެންމެ ހަފްތާއެއްވެސް ނުދެއެވެ. ވަކި ކަމެއް ނެތި ކުޑައެއް ބޮޑެއް ނުބަލައި ދޮގު ހަދަމުން ދަނީ އިންތިހާއަށެވެ. ރާއްޖޭގެ އެއްވެސް ރައްޔިތަކު ދުވަހަކުވެސް މިވަރަށް ދޮގު ހަދާފައިވާކަން ފެންނާކަށް ނެތެވެ.

ތަންމިނަށް ފާޅުގައި ފެންނަން ހުންނަ ކަންކަމުގައިވެސް ދޮގު ހަދަނީއެވެ. ބޮޑެތި ވައްކަން ކޮށްފައި ނުވެސް ދަންނަ ކަމަށް ހެދިގެން ހުރެވެސް ދޮގު ހަދަނީއެވެ. ކީރިތި ގުރުއާނު ނަގައި ތިމަންނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބުރުވާ ނުލާކަމަށް ބުނެ ދޮގު ހުވާ ކުރަން ރައްޔިތުން ކުރިމަތީ ހަތިމް ވެސް ހޯދީއެވެ. މިއީ ކޮންކަހަލަ ނުބައި ނުލަފާ ކައްޒާބެއްތޯއެވެ. ނަމަވެސް ނޫސްވެރިން ދޮގު ހަދާކަމަށް ބުނެ ދޮގު ހަދައިގެން އެމީހުން ޖަލަށް ލުމަށް އަނިޔާވެރި މުއިއްޒު ފެށީ މީނާގެ ނުބައިކަން ހައްދުފަހަނައަޅާފައި ހުރެމުންނެވެ.

ދޮގު ނޫސް ބަޔާން ނެރެނީ މުއިއްޒުއެވެ. ދޮގު ހަދައިގެން ވާހަކަ ދައްކަނީ މުއިއްޒު ބާއްވާ ނޫސް ކޮންފެރަންސްތަކުގައެވެ. ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ނަމުގައި އެތައް ފަހަރަކު ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒުގެ ސްޕޯކްސް ޕާސަން ދޮގު ހަދާފައިވެއެވެ. ދޮގު ހަދައިގެން ހައްދު ޖަހަންޏާ ޖަހަންވީ މުއިއްޒުގެ އަނގާގައެވެ. ފޭކް ޚަބަރު ފަތުރައިގެން އަނދަގޮޑި ޖަހަންޏާ ޖަހަންވީ މުއިއްޒުގެ ދެފައިގައެވެ.

ކައްޒާބޭ ކިޔަނީ ކަމެއް ވެގެންނެވެ. ވެރިކަމަށް މަހެއް ނުވަނީސް ޑިސެމްބަރު 2023 ގައި ރައްޔިތުން މުއިއްޒަށް ކައްޒާބު ކިޔަން ފެށީ، ފައްޗަކަށް އަމުނައި އެހާ އަވަހަށް ފަރިތަކޮށް ދޮގު ހަދަން ފެށީމައެވެ.

މިއަދުވެސް ދޮނުފަނު ރައްޔިތުންނޭ ކިޔައި ދޮގު ހެދީއެވެ. ބިން ނުހިއްކަން އެރަށު ރައްޔިތުންނެއް ނުބުނެއެވެ. އެކަމާއި އެރަށު ކައުންސިލާއި، އަދި އެރަށު ރައްޔިތުންނާއި މުއިއްޒުގެ ސަރުކާރުން މަޝްވަރާއެއް ކުރީކީ ނޫނެވެ. މިއަދު ރަށެއްގެ ރައްޔިތުންނޭ ކިޔައި މުތުލަގަށް ހަމަ ދޮގު ހަދާލީއެވެ. ބަޔަކު ހަމަ އަޖައިބު ވެދާނެއެވެ. ރައްޔިތުންނަށް ދޮގު ހެދުމަށް ވުރެ، ނުބައިކަމެއް ވަކި ނެތް އިރު އެނޫން ކަމެއް މުއިއްޒު އެއް ނުކުރެއެވެ. މިއަދު އެރަށު ރައްޔިތުން އެތިބީ މުއިއްޒު ދޮގު ހެދުމުން ކައްޒާބޭ ކިޔައި މުޒާހަރާ ކުރާށެވެ.

ބަލަ ތި ދޮގު ހެދުން ހުއްޓާލަ ބަލާށެވެ. ރައްޔިތުންނަށް އަމާނާތްތެރި ވެބަލާށެވެ. ތިކުރާ ވައްކަން ވަންހަނާއެއް ނުވެއެވެ. މާތްﷲ ދަނީ ތި އަނިޔާވެރިކަން އިންތިހާއަށް ފަޟީހަތް ކުރައްވަމުންނެވެ. ތި ވެރިކަމުގައި ﷲގެ ބަރަކާތެއް، ރައްޔިތުންގެ ލޯތްބެއް ނެތެވެ. މާތް ރަސްކަލާންގެ ނުރައްސަވާ ހުރިހާ ކަމަކުން މުޅި ވެރިކަން ޚަރާބުކޮށް ރައްޔިތުންގެ ނަފްރަތުގައި ތިއޮއްވާ ކުރެވެނީ ވެރިކަމެކެވެ. ސާބަހެވެ. ރައްޔިތުން ނުކުމެ ތިކަހަލަ ނުބައި ވެރިން އެދަނީ ވެރިކަމުން ބާލަމުންނެވެ. ނޭޕާލުންނާއި، ބަންގްލަދޭށުންނެވެ.