ޝުޖާއުއާއި ފަލާހުއާއި ފޮރިން މިނިސްޓަރާއި ޕީއެންސީގެ ވެރިން ހުޅުމާލެއިން ގެނެފައިވާ ގޯތިތައް 10 ބުރިއަށް ހެދުމަށްޓަކައި ހުޅުމާލޭގައި އާންމުންގެ ގޯތި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަދޭން ނިންމައި މިހަފްތާގައި އެކަން ރައީސް ޑރ މުއިއްޒު އިއުލާނުކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕްގެ މެންބަރު ޝުޖާއު ހުޅުމާލެއިން ގަނެފައިވާ 4 ގޯއްޗާއި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޓަރ ފަލާހު ހުޅުމާލެއިން ގަނެފައިވާ 2 ގޯއްޗާއި ފޮރިންގ މިނިސްޓަރ ޙަލީލް ގަނެފައިވާ ގޯތީގެ އިތުރުން ޕީއެންސީގެ ސިޔާސީ އިސްވެރިން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ހުޅުމާލެއިން ހޯދާފައިވާ ގޯތިތައް އިމާރާތް ކުރަން ފެށުމުގެ ކުރިން ހުޅުމާލެ ޑިވެލޮޕްމަންޓް ޕްލޭނަށް ބަދަލުގެނެސްދިނުމަށް ރައީސް މުއިއްޒު އަރިހު އެފަރާތްތަކުން ވަނީ އެދިފައެވެ.
ޕީއެންސީ މެންބަރުންގެ އެދުމާ ގުޅިގެން ރައީސް މުއިއްޒު މިހާރުވަނީ ހުޅުމާލޭގައި ހުރި އާންމުންގެ ގޯތިތައް 10 ބުރިއަށް އިމާރާތްކުރުމަށް ހުއްދަ ދިނުމަށް ނިންމާފައެވެ.
ރައީސް މުއިއްޒު އެކަން ހާމަކުރައްވައި އެކްސް ގައި ކުރައްވާ ޕޯސްޓްގައި ސަބެއްކަމުގައި ވިދާޅުވާން އެފަރާތްތަކުން އެދިފައިވަނީ، ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުގެ ގޯތިތައް 6 ބުރިއަށް އިމާރަތްކުރެވޭގޮތަށް އޮތުމުން ބޭންކު ލޯނު ނަގައިގެން އިމާރާތްކުރުމުން އިމާރާތުގައި ވެރިފަރާތުން ދިރިއުޅެމުން ބާކީ އިންނަ 1 ނުވަތަ 2 ފްލޯރ ކުއްޔަށް ދީގެން ބޭންކް ލޯނު ދައްކާވަރަށް އިމާރާތުން އާމްދަނީ ނުލިބޭތީ ބޭންކު ލޯނު ނަގައިގެން ގެދޮރު އިމާތާރްކުރި އެތައް ފަރާތެއް ލޯން ޑިފޯލްޓް ވެފައިވާ ކަމަށާއި، އަދި އޭގެ އިތުރުން ހުޅުމާލޭގައި ހިންގާ ރިއްލައެސްޓޭޓް ހައުސިންގ އިމާރާތްތައް 6 ބުރިއަށްވުރެ މައްޗަށް ނެގޭގޮތަށް އޮވެފަ އާންމު ފަރުދުންގެ ގޯތި 6 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް އޮތުމަކީ އިންސާފު ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ވުމާއެކު، ރައްޔިތުންގެ މެދުމުގައި ހަމަހަމަ ކަން ގާއިމް ކުރުމުގެ ގޮތުން ކަމަށްބުނެ އޮޅުވާލުމުގެ ތެރެއިން ޕީއެންސީ ވެރިން ގެ އެދުން ފުއްދަވައި ދެއްވުމުގެ ގޮތުން މި ހަފްތާގައި މުއިއްޒުގެ ރަސްކަމުގެ ދަރުވާރުން އަމުރު ނެރުއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޝުޖާއުއާއި ފަލާހުއާއި ފޮރިން މިނިސްޓަރ ޚަލީލުގެ އިތުރުން ޕީއެންސީގެ ވެރިން ހުޅުމާލެއިން ގެނެފައިވާ ގޯތިތައް 10 ބުރިއަށް ހެދުމަށްޓަކައި ހުޅުމާލޭގައި އާންމުންގެ ގޯތި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަދޭން ނިންމަނީ