ޚަބަރު

މީގެ އަހަރެއް ކުރިން ކްރިއޭޓަރސް އަށް ފައިސާ ދިނުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވައި އޮޅުވާލުމަށް ފަހު، މިފަހަރު ލޯނު ދޭނެ ކަމަށް ބުނެ ޒުވާނުން ނުކުތުން ހުއްޓުވުމަށް މަސައްކަތް ފަށައިފި

ދިޔަވަރު
މީގެ އަހަރެއް ކުރިން ކްރިއޭޓަރސް އަށް ފައިސާ ދިނުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވައި އޮޅުވާލުމަށް ފަހު، މިފަހަރު ލޯނު ދޭނެ ކަމަށް ބުނެ ޒުވާނުން ނުކުތުން ހުއްޓުވުމަށް މަސައްކަތް ފަށައިފި

ސެޕްޓެމްބަރ 18، 2024 ގައި، މީގެ އަހަރެއް ކުރިން ޒުވާން ކްރިއޭޓަރސް އަށް ފައިސާ ދިނުން އިފްތިތާހު ކުރުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށް ފަހު، ދޮގު ހަދައި އޮޅުވާލައިގެން، އެއަށް ބަޖެޓް ކުރި ފައިސާ އެހެން ކަންކަމަށް ޚަރަދުކޮށް، އެއްވެސް ފަރާތަކަށް ފައިސާ ނުދީ އަހަރެއް ވީ ފަހުން އަނެއްކާވެސް ލޯނު ދޭނެ ކަމަށް ބުނެ މުއިއްޒު ޓްވީޓް ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު ޓްވިޓަރގައި ދާދި ދެންމެއަކު ކޮންޓެންޓް ކުރިއޭޓަރސް އަށް ލޯނު ދޭން ނިންމި ނިންމުމަކީ، ޒުވާނުން މަގުމައްޗަށް ނުކުމެ، މީޑިޔާ އަދި ސޯޝަލް މީޑިޔާއާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނައްތާލާ ބިލާއި ދެކޮޅަށް، ވައްކަން ފޮރުވާ ބިލާއި ދެކޮޅަށް މަގުމައްޗަށް ނުކުމެފާނެ ކަމަށް ބަލައި ރިޝްވަތު ދީގެން ޒުވާނުން ހައްލާލުމަށެވެ.

މުއިއްޒަށް އެއްވެސް ކަމެއް ރައްޔިތުންގެ ލޯބި ހޯދައިގެން ކުރަން ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ފައިސާއިން ކަންކަން ކުރުމެވެ. ނަމަވެސް ޒުވާނުންނަކީ ފައިސާއަށް ވިކޭނެ ބައެއް ނޫނެވެ. މުއިއްޒު އާއި ފިރުއައުނާއި، ދާދި އެއް ގޮތް ކަންކަތައްތަކެއް ހުރި އިރު، ފިރުއައުނު އިސްލާމް ވުމަށް ވަނީ ޣަރަގުވި ވަގުތު މަސައްކަތް ކޮށްފައެވެ. ޒުވާނުން މަގުމައްޗަށް ނިކުންނާތީ ދޭނެ ކަމަށް ބުނެފިހުރި ލޯނުތައް އާ މިހިރީ އޭ މި ބަލައި އަންނާށޭ ކިޔާފައި ގޮވުމަކީ ހަމަ އެޒާތުގެ ކަމެކެވެ.