ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށް، ފްލެޓު ދޫކުރާ އަގުތައް މިރޭ އާންމުކޮށްފި އެވެ.
މިނިސްޓްރީން މިރޭ ގެޒެޓު ކުރި އިއުލާނުގައި ބުނީ ދާއިމީ ލިސްޓު އެކުލަވާލީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށެވެ.
ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް، 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ބަޔަކަށް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.
ދެ ކޮޓަރީގެ ފުލެޓުތައް ހަމަ ދިނުމަށް ހަމަޖެހިފައިވަނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
ގެދޮރުވެރިޔާ ފްލެޓުތަކުގެ ތިން ކޮޓަރީގެ ފްލެޓެއްގެ އަގަކަށް ކަނޑައަޅާފައިވަނީ މެއިންޓެނަންސް 1000ރ. ގެ ފީއާއެކު 8000ރ. އެވެ. އަދި ދެ ކޮޓަރީގެ އަގަކީ މެއިންޓެނަންސް ފީއާއެކު 6000ރ. އެވެ.
އިއުލާނުގައިވާ ގޮތުން ކުލަ ނަގަން ހަމަޖެހިފައިވަނީ ފްލެޓު ހަވާލުކުރާޔާ ތިން މަސް ދުވަހަށް ފަހުގަ އެވެ. ޖުމްލަ 300 މަސް ދުވަހަށް ކުލި ދައްކަން ޖެހޭނެ އެވެ.
ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް އެއް ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް އެއް ފްލެޓު ކަމަށް ވެސް އިއުލާނުގައިވެ އެވެ.