ޚަބަރު

ރުންކުރު މުއިއްޒު ކޯފާ އިސްވެ ޕްރެޝަރު މަތިވެ މީޑިއާ ފެންޑާ ތަޅާލިޔަސް، ނޫސްވެރިން ކުރާ އިހުތިޖާޖުތައް ހުއްޓުވައެއް ނުލެވޭނެ

ދިޔަވަރު
ރުންކުރު މުއިއްޒު ކޯފާ އިސްވެ ޕްރެޝަރު މަތިވެ މީޑިއާ ފެންޑާ ތަޅާލިޔަސް، ނޫސްވެރިން ކުރާ އިހުތިޖާޖުތައް ހުއްޓުވައެއް ނުލެވޭނެ

މީޑިއާގެ މިނިވަންކަން ނަގާލުމަށް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާގެ ބިލާ ދެކޮޅަށް ނޫސްވެރިން ކުރަމުންދާ މުޒާހިރާތަކަށް ކެތް ނުކުރެވިގެން، ޕްރެޝަރު މަތިވެ، މީޑިއާ ފެންޑާގެ ނަމުގައި މުއިއްޒު ކޮންކުރީޓް ހޮޅުއަށި ތަޅާލުމަށް މުއިއްޒު ނިންމައިފިއެވެ.

މި ފެންޑާ ތަޅާލުމަށް ނިންމުމަށްފަހު ރައީސް އޮފީހުން ބުނެފައިވަނީ "މީޑިއާ ފެންޑާ" އަކީ، ރައީސް އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ހަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ހާއްސަކޮށްގެން، ނޫސްވެރީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ރައީސް އޮފީހުގެ ބައެއް ގޮތުގައި، މެއި 29 ގައި ގާއިމުކޮށްފައިވާ ތަނެއް ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ، "މީޑިއާ ފެންޑާ" ބޭނުންކުރުމުގައި އަމަލު ކުރަންވީ އުޞޫލު، އެ ތާރީޚުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާއްމުކޮށްފައިވާ ކަމަށެވެ. އަދި މި އުސުލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުކުރުމުގެ ރަސްމީ ހުއްދަވެސް ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެ އޮފީހުން ވިދާޅުވީ، ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާއްމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ގާނޫނީ ކުށެއް ކަމަށެވެ.

އެހެންނަމަވެސް މިއަދު އެ އޮފީހުން ބުނެފައިވަނީ، ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާއްމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ގާނޫނީ ކުށެއް ކަމަށެވެ.

މީޑިއާ ފެންޑާގެ ނަމުގައި ހޮޅުއައްޓެއް ހެދިތާ 4 މަސްވެސް ނުވަނީސް މިތަން ތަޅާލަން މުއިއްޒި ނިންމީ މުއިއްޒު ފާސްކުރުމަށް މަސައްކަތް ކުރަމުންދާ މީޑިއާގެ ބިލާއި ދެކޮޅަށް ރައީސް އޮފީސް ދޮށުގައި ނޫސްވެރިން މުޒާހިރާ ކުރަން ފެށިތާ ދެހަފްތާއެއްހާ ދުވަސް ފަހުންނެވެ. އަދި ނޫސްވެރިން ސުލްހަވެރި އިހުތިޖާޖު ކުރުމަށް މިތަން ނުގަވައިދުން ބޭނުން ކޮށްފައި ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

އެނގިފައިވާ ގޮތުގައި މިތަން ތަޅާލަން މުއިއްޒު ނިންމާފައިވަނީ، ނޫސްވެރިން ކުރަމުންދާ އިހުތިޖާޖުތަކާ ހެދި، ކޯފާ އިސްވެ، ޕްރެޝަރު މަތިވެގެންކަމަށް މައުލޫމާތު ލިބިހުރި ބައެއް ފަރާތްތަކުން "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދީފައި ވެއެވެ.