މިއަދު ކޮމިޓީއިން ފާސްކުރި، ނޫސްވެރިން ކޮންޓްރޯލް ކުރާ ބިލް، ފާސްކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދު ތަކާއި، ޤާނޫނުތަކާއި ޚިލާފަށެވެ. އިޖުރާއަތްތައް ފުރިހަމަ ނުކޮށް ފާސް ކުރާ ޤާނޫނެއް ޤާނޫނަކަށް ނުވާނެއެވެ. އެހެން ކަމުން އެއްވެސް ނޫސްވެރިއަކު، އަދި މީސް މީޑިޔާ ހިންގާ ފަރާތެއްވެސް، މި ބިލަކަށް ތަބާވާކަށް ނުޖެހެއެވެ.
އަދި މި ބިލުގައި އޮތް ގޮތަށް އުފައްދާ ކައްޒާބު ކޮމިޝަނަކީވެސް ޣައިރު ޤާނޫނީ ކޮމިޝަނެކެވެ. އަދި އެ ކޮމިޝަނުން އަންގާ އެންގުމަކަށް އެއްވެސް ފަރުދަކު އަދި އެއްވެސް މުއައްސަސާއަކުން ތަބާވާން ނުޖެހޭނެއެވެ.
އަނިޔާވެރި ވެރިކަން ހިންގުމަށް ގަދަ ބާރު ބޭނުންކޮށްގެން އޮޅުވާލައި ބިލަށް އިސްލާހު ގެނައި ކަމަށް ބުނެ، ބިލަށް އިތުރު ހަރުކަށިކަމާއި، އަނިޔާވެރިކަން އުޝާމު ގެނެސްފައެވެ. މި ބިލާއި ގުޅިގެން ނޫސްވެރިން ލާފައިވާ ޕެޓިޝަން، ޕެޓިޝަން ކޮމިޝަނުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޝަނަށް ފޮނުވުމުންވެސް، ޕެޓިޝަން ނުބަލައި އެއަށް ރިޢާޔަތް ނުކޮށް ވަގަށް ސިއްރުން ކޮމިޓީ 3 މިނުޓް ތެރޭ ބާއްވައި ވަނީ ފާސްކޮށްފައެވެ.