ޚަބަރު

މަޖިލީހުގައި ތިބި ޕީއެންސީ މެމްބަރުންގެ އަނިޔާވެރި ކަމާއި ދެކޮޅަށް އިންޑޮނޭޝިޔާގެ ރައްޔިތުން ނުކުތްހެން ނުކުންނަން ޖެހޭ!

ދިޔަވަރު
މަޖިލީހުގައި ތިބި ޕީއެންސީ މެމްބަރުންގެ އަނިޔާވެރި ކަމާއި ދެކޮޅަށް އިންޑޮނޭޝިޔާގެ ރައްޔިތުން ނުކުތްހެން ނުކުންނަން ޖެހޭ!

މަޖިލީހުގައި ތިބި ޕީއެންސީ މެމްބަރުންގެ އަނިޔާވެރި ކަމާއި ދެކޮޅަށް އިންޑޮނޭޝިޔާގެ ރައްޔިތުން ނުކުތްހެން ނުކުމެ ރައްޔިތުންގެ އަޑު އިއްވައި މި ވެރިކަމާއި މި މަޖިލީހުގެ ބާރުތައް އަލުން އަނބުރައި ރައްޔިތުންގެ އަތްމައްޗަށް ނަގައި، އަލުން މި ދެއިންތިހާބު ވެސް ބާއްވަން ޖެހެއެވެ.

އަނިޔާވެރި ކަމުގެ ބިލެއް ރައްޔިތުން ކޮންޓްރޯލް ކުރުމަށް ފާސް ކުރިއިރު އެކަމަށް ޕީއެންސީ މެމްބަރުން ދިން ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލައިގެން ދައްކަމުން ދިޔަ ވާހަކަ މަޖިލީހުގެ ތަޅުމުން އަޑު އިވުނު އިރު މި މީހުންގެ ނުބައިކަން ރައްޔިތުންގެ މައްޗަށް ސާފުވެގެން ދެއެވެ.

ﷲގެ ދީން ދޮގު ހަދައި އަނިޔާވެރިކަން ނެގެހެއްޓުމަށް ރެޑްވޭވް ސަލީމް ބޭނުން ކުރި އިރު އޭނާގެ ފުށުން ތަމްރީން ވެފައިވާ ބާރަށު ވަގު ޝުޖާޢު ކޮމެޓީގައި ހަދަމުން ދިޔަ ދޮގުތަކާއި، ރައްޔިތުންނާއި މެދު ބުނަމުންދިޔަ ބަސްތައް އަޑުއަހާފި ނަމަ ރައްޔިތެއްގެ ހިތަށް ތަދުވާނެއެވެ. މިއީ މަޖިލީހުގައި ތިބުން ހެޔޮ ވާވަރު ބައެއް ނޫނެވެ.

މުއިއްޒުއަކީ އަނިޔާވެރިއެކެވެ. މުއިއްޒު އަކީ ކައްޒާބެކެވެ. މުއިއްޒު އަކީ ރާއްޖޭގެ ތާރީޚު ދުށް އެންމެ ޖާހިލު، އެންމެ ހީލަތްތެރި ފިރުއައުނު ފަދަ ޖައްބާރު، ހިތެއް ފިތެއްނެތް އިންސާނީ އެއްވެސް ސިފައެއް ނެތް މީހެކެވެ. ނަމަވެސް އެ ނުބައި މީހާއަށް މިވަރަށް ވިކި، މި ވަރަށް އަޅުވެތި ވެގެން ބަޔަކު އުޅޭކަން ނުވެއެވެ. ފިރުއައުނުގެ ދަރުބާރުގައި ތިބި އޭނާގެ ވަޒީރުންނާއި އަނިޔާވެރިންވެސް މިވަރެއް ނޫނެވެ. މި މީހުންނާއި ދެކޮޅަށް މުޅި ޤައުމު ނިކުމެ ދިވެހި ޤައުމަށް އަލުން އަނބުރައި މިނިވަންކަން ގެންނަން ޖެހެއެވެ.