ޚަބަރު

ނޫސްވެރިންނާއި، ސިޔާސީ ފަރާތްތަކަށް އަނިޔާކޮށް ހައްޔަރު ކުރަމުން ދަނީ ސީދާ މުއިއްޒުގެ އޯޑަރަށް، މި ފެނިގެން ދަނީ ކައްޒާބުގެ ފިރުއައުނުކަން!

ދިޔަވަރު
ނޫސްވެރިންނާއި، ސިޔާސީ ފަރާތްތަކަށް އަނިޔާކޮށް ހައްޔަރު ކުރަމުން ދަނީ ސީދާ މުއިއްޒުގެ އޯޑަރަށް، މި ފެނިގެން ދަނީ ކައްޒާބުގެ ފިރުއައުނުކަން!

ސުލްހަވެރި ކަމާއި އެކު މުޒާހަރާ ކުރަމުން ދިޔަ، ނޫސްވެރިންނާއި، ސިޔާސީ ފަރާތްތައް ހައްޔަރު ކޮށް، އަދި ގަސްތުގައި ކައްޒާބު ފޯސް ލައްވައި އަނިޔާ ކުރަމުން ދަނީ ސީދާ މުއިއްޒުގެ އޯޑަރަށެވެ.

މުއިއްޒުގެ އޯޑަރަށް މިކަން ހިންގަމުންދަނީ ހޯމް މިނިސްޓަރަކަށް ހުރި އަނިޔާވެރި އިހުސާން (އައްޕަތުރޭ) އެވެ.

މިހާތަނަށް ނޫސްވެރިޔާ ލީވާން އާއި، ރާއްޖެ ޓީވީގެ ވެރިފަރާތް ސައްލެއާއި، ނޫސް ވެރިޔާ ނަހުދާ ފާއިޒު އަދި ޓެކްސީ ޑްރައިވަރުންގެ ހައްޤުތަކުގައި ވަކާލާތް ކުރާ ޝާމިން ވަނީ ހައްޔަރު ކޮށްފައެވެ. މި އެންމެން ހައްޔަރު ކޮށްފައިވަނީ މުއިއްޒުގެ ވެރިކަން ވެއްޓިދާނެ ކަމަށް ބިރަށް މުޒާހަރާ ކުރުން ހުއްޓުވުމަށެވެ. މީގެތެރެއިން ގިނަ މީހުން މިހާރު ދޫކޮށްފައި ވީނަމަވެސް، މި އަނިޔާވެރިކަން އިންތިހާއަށް ގޮސް، އެތައް ބަޔަކު ބަންދުކޮށް އެތައް ބަޔަކު ޖަލު ގޮޅިތަކަށް މުއިއްޒު ވައްދާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

މިވެރިކަން ނިންމުމަށް ރައްޔިތުން ތެދުވާން ޖެހެއެވެ.