ޚަބަރު

އޭސީސީ މެމްބަރުންނަށް، ޕީޕީއެމް ލީޑަރޝިޕުން ފައިސާ ދީގެން ފްލެޓް ހަވާލުކުރުން ހުއްޓުވަން މަސައްކަތް ފަށައިފި

ދިޔަވަރު
އޭސީސީ މެމްބަރުންނަށް، ޕީޕީއެމް ލީޑަރޝިޕުން ފައިސާ ދީގެން ފްލެޓް ހަވާލުކުރުން ހުއްޓުވަން މަސައްކަތް ފަށައިފި

އޭސީސީގެ ބައެއް ކޮޕްރަޕްޓް މެމްބަރުންނަށް، ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕުން ގިނަ އަދަދެއްގެ ފައިސާތަކެއް ދީގެން، މިހާރު ހަވާލު ކުރާ ފްލެޓްތައް ހުއްޓުވަން ތައްޔާރުވެއްޖެ ކަމަށް ޕީއެންސީ އިން މައުލޫމާތު ދިން ފަރާތަކުން މިނުޙަށް މައުލޫމާތު ދީފިއެވެ.

މިގޮތުން ވެރިކަމުގެ ފުރަތަމަ މަހު 4000 ފްލެޓް ޕީޕީއެމް/ޕީއެންސީ އެކްޓިވިސްޓުންނަށް ހާއްސަކޮށް މުއިއްޒުގެ ކެމްޕެއިން ޓީމުތަކަށް ބަހާލުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މުއިއްޒުގެ ފަރާތުން މިކަމުގައި އަބްދުއްރަހީމް އާއި އޭނާގެ ޓީމް ހަރަކާތްތެރި ވަމުން ދާކަމަށް ޕީއެންސީ ތެރެއިން މައުލޫމާތު ލިބެއެވެ.

ފާއިތުވި ޕީޕީއެމް ސަރުކާރުން މުއިއްޒު ހައުސިންގ މިނިސްޓަރ ކަމުގައި ހުރެ ފްލެޓްތައް ބަހާލީވެސް ޕީޕީއެމް މީހުންނަށެވެ. ފޭސް 2ގައި ޕީޕީއެމް މީހުން އެހާ ގިނަވެގެން އުޅެނީ، ފްލެޓްގެ ހައްޤުވެރިންނަށް ފްލެޓް ނުދީ ޕީޕީއެމް ގިނަ ބަޔަކަށް ފްލެޓް ދިނުމާއި ގުޅިގެންނެވެ. އަދި އޭރު އޭސީސީއަށް އެތައް ބަޔަކު ފްލެޓްތަކުގެ މައްސަލަ ހުށައެޅުމުންވެސް، އޭސީސީގެ އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

މުއިއްޒުގެ 13 މައްސަލަ އެއް އޭސީސީގައި އޮތް އިރު، އޭގެ އެއްވެސް މައްސަލަ އެއް ފާއިތުވި އަހަރު ތަކުގައި ރަނގަޅަށް ނުބަލާ، ބަލާފައި ހުރި މައްސަލަތައް އެކި އުޒުރު ދައްކައި މުއިއްޒު އެދިލެއްވި ގޮތަށް އޭސީސީއިން ނިންމާފައިވެއެވެ.