ޚަބަރު

ދިވެހި ނޫސްވެރިކަމާއި މީޑިއާގެ ޙިމާޔަތުގައި، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން ކުރިމަތީ ސްރީލަންކާގެ ނޫސްވެރިން މިއަދު ހިމޭން އިހުތިޖާޖެއް ކުރަނީ

ދިޔަވަރު
ދިވެހި ނޫސްވެރިކަމާއި މީޑިއާގެ ޙިމާޔަތުގައި، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން ކުރިމަތީ ސްރީލަންކާގެ ނޫސްވެރިން މިއަދު ހިމޭން އިހުތިޖާޖެއް ކުރަނީ

މުއިއްޒު އަނިޔާވެރިކޮށް ނިގުޅައިގެންނަވަމުންދާ ދިވެހި މީޑިއާގެ ހިމާޔަތުގައި، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން ކުރިމަތީ ސްރީލަންކާގެ ނޫސްވެރިން މިއަދު ހިމޭން އިހުތިޖާޖެއް ކުރުމަށް ނިންމައިދިއެވެ.

ދިވެހިރާއްޖޭގެ ޚަބަރުތައް ދިރާސާކުރައްވާ، ސްރީލަންގާގެ ރައީސްގެ އޮފީހުގެ ކުރީގެ ސޯޝަލްމީޑިއާ ސްޓަރަޓެޖިސްޓް އަރޯޝާ ފެނާންޑޯ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކޮންޓްރޯލް ބިލުގެ ސަބަބުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލެމުންދާ ކަމަށާއި، މިނިވަންކަން ނިގުޅައިގަތުމާއި ދެކޮޅަށް ދިވެހި ނޫސްވެރިން ކުރަމުންދާ އިހުތިޖާޖުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މިއަދު މެންދުރުފަހު 3:00 ގައި ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން ކުރިމަތީ ސްރީލަންކާގެ ނޫސްވެރިން މިއަދު ހިމޭން އިހުތިޖާޖެއް ކުރުމަށް ނިންމާފައިވާ ކަމުގައެވެ. އޭނާ ވިދާޅުވީ މި އިހުތިޖާޖު އިންތިޒާމް ކޮށްފައިވަނީ ނޫސްވެރިކަމަށް ލޯބިކުރާ ސްރީކަންކާގެ ރައްޔިތުން ކަމަށާއި މިއީ އެއްވެސް ބަޔަކާއި ގުޅިގެން ކުރިޔަށް ގެންދާ އިހުތިޖާޖެއް ނޫންކަމުގައެވެ. އަދި އޭނާ ވަނީ މިނިވަންކަމަށް ލޯބިކުރާ ސްރީލަންކާގެ ހުރިހާ ރައްޔިތުންވެސް މި އިހުތިޖާޖުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.

މުއިއްޒު ބާރާއި ނުފޫޒުގެ ބޭނުން ކޮށްގެން މަޖިލީހުން ފާސްކޮށްފައިވާ މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގު ނުކުރުމަށް އެމެރިކާއިންވެސް މުއިއްޒުއަށް އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ އެތައް ސަތޭކަ ނޫސްވެރިންނަށް އިހުތިޖާޖު ކުރަމުން ދަނިކޮށް، އަނިޔާވެރި މުއިއްޒުގެ އަމުރަށް މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި “މީޑީއާ ކޮންޓްރޯލްކުރާ ބިލް” މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށް ރާއްޖެއަށް ކަނޑައަޅާފައިވާ އެމެރިކާ އެމްބަސީން މުއިއްޒުއަށް އިލްތިމާސްކޮށްފައިވަނީ އެމެރިކާ އިން ތާއީދު ކުރަނީ، ނޫސްވެރިންކަން ހިމެނޭ ގޮތުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ މިނިވަންކަމެއް ކަމުގައި ކަމަށެވެ.

އަޅުގަނޑުމެން ދިވެހިރާއްޖެ އާއި ހުރިހާ ޤައުމުތަކަށް ވެސް ގޮވާލަނީ، ޚިޔާލު ތަފާތުވާ އަދި އިދިކޮޅު އަޑުތައް ހިމެނޭ ގޮތުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށެވެ.

އެމެރިކާ އެމްބަސީން ކޮށްފައިވާ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މި ބިލު އިއްޔެ ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކު އެވެ.

ބިލުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރި ޕީއެންސީގެ މެމްބަރުން ވަނީ ބިލަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަދައްކަވާފަ އެވެ. މި ބިލާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަމުންދިޔައިރު، ބައެއް މެމްބަރުންގެ ނަން އިއްވައި ވަނީ މަޖިލީހުން ނެރެފަ އެވެ.

މަޖިލީހުން މި ބިލު ފާސްކުރިއިރު، ބިލުގައި ކަންބޮޑުވުންތަކެއް ހުރި ކަމާއި ބިލު ދިރާސާކުރަން އިތުރަށް ވަގުތު ދިނުމަށް ކަމާގުޅޭ ގިނަ ފަރާތްތަކަކުން ދިޔައީ ގޮވާލަމުންނެވެ.

އަދި މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން ދިޔައީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.

މި ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ހިމެނެ އެވެ. އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް ނޭނގެ އެވެ.

މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.