ހުޅުމާލޭގެ ވިނަރެސް 1-4 ކުރިމަތީގައި ޕާކެއް ހެދުމަށް ރެޑްވޭވްއާ ޙަވާލުކޮށްފައިވާ ބިން، އެކުންފުނިން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުން ވިނަރެސްގައި ދިރިއުޅޭ ފަރާތްތަކުން ފާޅުކޮށްފިއެވެ. މި ބިން މިހާރު ބޭނުންކުރަމުންދަނީ ރެޑްވޭވް މޯލްގެ މަސައްކަތަށް ބޭނުންވާ ތަކެތި ރައްކާކުރާ ސައިޓެއްގެ ގޮތުގައެވެ. މިއީ ހުޅުމާލޭގެ ވިނަރެސް 1-4 ކުރިމަތީގައި ޕާކެއް ހެދުމަށް އެޗްޑީސީގެ މާސްޓަރ ޕްލޭންގައި ކަނޑައަޅާފައިވާ ބިމެކެވެ.
މި ސަރުކާރު ބަދަލުވުމަށްފަހު، ހުޅުމާލޭ ފޭސް 2 އިން ރެޑްވޭވްއަށް މޯލްއެއް އެޅުމަށް ބޮޑު ބިމެއް ދީފައިވާއިރު، އެ ބިން ވިއްކި މުޢާމަލާތުގެ ކޮންސިޑަރޭޝަންގެ ގޮތުގައި ވިނަރެސް 1-4 ކުރިމަތީގައި މި ޕާކު ހަދައިދިނުމަށް ރެޑްވޭވްއާ ވަނީ އެޗްޑީސީގެ ފަރާތުން ޝަރުތުކޮށްފައެވެ.
ރެޑްވޭވް މޯލް އެޅުމުގެ މަސައްކަތް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން، ފައުންޑޭޝަންގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ ސްޓްރަކްޗަރ އެތުރުމުގެ މަސައްކަތެވެ. ނަމަވެސް، ސްޓްރަކްޗަރއަށް ބޭނުންވާ ދަގަނޑުތައް ބަހައްޓާފައިވަނީ ވިނަރެސް 1-4 ކުރިމަތީގައި ޕާކެއް ޕާކު ހެދުމަށް ކަނޑައަޅާފައިވާ ބިމުގައެވެ.
މީގެ ގާތްގަނޑަކަށް އެއް އަހަރު ކުރިން ރެޑްވޭވްގެ ފަރާތުން ވިނަރެސް 1-4 ކުރިމަތީގައި ޕާކެއް ހެދުމަށް ރެޑްވޭވްއާ ޙަވާލުކޮށްފައިވާ ބިމުގެ ބައެއްގައި ޓިނު ޖެހުން ފިޔަވާ، ޕާކު ހެދުމުގެ އެއްވެސް އިތުރު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި ޕާކު ހެދުމުގެ ބަދަލުގައި، މިހާރު މި ބިން ބޭނުންކުރަމުންދަނީ ރެޑްވޭވް މޯލްގެ މަސައްކަތަށް ބޭނުންވާ ތަކެތި ރައްކާކުރާ ސައިޓެއްގެ ގޮތުގައެވެ. މިފަދަ ކަމެއް ކުރެވޭނީ އެޗްޑީސީގެ ހުއްދައާއެކު ކަމަށް ވާއިރު، ޕާކު ހަދަން ދޫކޮށްފައިވާ ބިން ހިލޭ އެޗްޑީސީއިން ހުއްދަ ދީގެން ރެޑްވޭވްއިން ބޭނުންކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅިގެން ވިނަރެސްގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.
ވިނަރެސްގެ ޕާކު ހަދަން ދިން ބިން ރެޑްވޭވްއިން ޕާކު ނުހަދާ ނަހަމަ ގޮތުގައި ބޭނުންކުރަމުން، ވިނަރެސްގައި ދިރިއުޅޭ އެތައް ބައެއްގެ ކަންބޮޑުވުަމަށް އެޗްޑީސީން އަޅައެއް ނުލާ