ޚަބަރު

އެމްއެމްޕީއާރުސީގެ އަދީބުގެ ވައްކަމަށް ވުރެ އެތައް ގުނައެއް އިތުރަށް ދޮޅު އަހަރު ތެރޭ މުއިއްޒު ވައްކަން ކޮށްފި

ދިޔަވަރު
އެމްއެމްޕީއާރުސީގެ އަދީބުގެ ވައްކަމަށް ވުރެ އެތައް ގުނައެއް އިތުރަށް ދޮޅު އަހަރު ތެރޭ މުއިއްޒު ވައްކަން ކޮށްފި

ހުރިހާ ވެރިކަމެއްގައި ވެސް ވައްކަން ކުރާ މީހުން ވެރިކަމުގެ އެކި ދިމާތަކުގައި ތިބެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ވައްކަމުގެ ވާހަކަ އަކީ ދިވެހިންނަށް މަޝްހޫރު ވާހަކައެކެވެ. ޚުދު މިއަދުވެސް ދަނީ އެވާހަކަ ދެކެވެމުންނެވެ.

ވެރިކަން ތަކުގައި ވައްކަމުގެ މައްސަލަތައް ހިނގުމާއި، ވެރިމީހާ ސީދާ ވައްކަން ކުރުމާއި މިއީ ތަފާތު ދެކަމެކެވެ. ގައުމުގެ ވެރިއަކަށް އިސްކޮށްފައިވާ މީހަކު ވައްކަން ކުރަން ފެށުމުން އޭނާ ލޫޓުވާނީ މުޅި ދައުލަތުގެެ ބައިތުލްމާލެވެ. މުއިއްޒުގެ ވެރިކަމުގައި ފެނިގެން މިދަނީ މި މަންޒަރެވެ.

ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު ހުވާ ކުރަން ހުރީ އެރަސްމިއްޔާތު އެމްއެންޑީއެފް އާއި ހަވާލުކުރުމަށްފަހު، މުއިއްޒަށް ބައި އެޅޭހެން ޝުޖާޢު އާއި ހަވާލު ކޮށްގެންނެވެ. އެ މައްސަލަ މިއަދު ވަނީ ކުރިއަށް ނުގެންގޮސް ފުލުހުގައި އަދި އޭސީސީގައި ބާއްވާފައެވެ.

އޭގެ ފަހުން ވެރިކަމަށް 100 ދުވަސް ނުވަނީސް ނިންމީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ތުރުކީއިން 400 އެތައް މިލިއަން ރުފިޔާއަށް ޑްރޯން ގަތުމަށެވެ. އެއިން މުއިއްޒު ނެގި ފައިސާގެ އަދަދު އެނގޭ ހެކިބަސް ދެވޭ ވަރުގެ މީހުން މިހާރުވެސް މި ސަރުކާރު ތެރޭ އެބަ ތިއްބެވެ.

މަޖިލީސް އިންތިހާބަށް ފައިސާ ހޯދުމަށް މުއިއްޒު ވަކިވަކިން އެސްއޯއީ ތަކަށް ގުޅައި ފައިސާ ހޯދިއެވެ. މި ހޯދި ފައިސާ ވަންނަނީ ދިމްޔާތަށެވެ. ފެނަކައިން 100 މިލިއަން ރުފިޔާ އެއް އަހަރު ތެރޭ މުއިއްޒު ނެގި ކަމަށް އޭރުގައި ފެނަކާގެ ހުރި އެމްޑީ އެދަނީ މީހުން ކައިރީ އެވާހަކަ ދައްކަމުންނެވެ.

މުޅި ދައުލަތް މިއަދު މިވަނީ ލޫޓުވާލާފައެވެ. މުއިއްޒު ކޮށްފައިވާ ވައްކަމުގެ ލިސްޓެއް ހަދަން ވެއްޖިއްޔާ އެއީ ވަރަށް ވަގުތެވެ. ވައްކަން ވަނީ އެހާ ބައިވަރު ކޮށްފައެވެ. އާރުސީސީއަށް އެދިން 631 މިލިއަން ރުފިޔާގެ ވާހަކަ ވެސް އަދި އޮތީއެވެ. ޤާސިމަށް ދޭން އުޅޭ 288 މިލިއަންގެ ވާހަކަވެސް ހަމަ އޮތީއެވެ.

ސަރުކާރުން ހިންގާ ޓްވިޓަރ އެކައުންޓަކުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ މިއަދު މި ދައްކަނީ، ނޫސްވެރިންނަށް ބިރު ދެއްކުމަށް އޭގައިވާ މެސެޖްތައް އާންމު ކުރާނެ ކަމަށް ބުނެ، ބައެއް ނޫސްވެރިންނަށް ގުޅައި އިންޒާރު ދިނުމަށް ފަހުއެވެ.

ބީއެމްއެލް ސީއީއޯ އަކަށް މުއިއްޒު އައްޔަން ކުރި މުހައްމަދު ޝަރީފުން ފެށިގެން މުއިއްޒުގެ އެންމެ އަރިހުގައި ރައީސް އޮފީހުގައި ތިބި އޭނާގެ އާއިލާގެ މީހުންނަކީ އެމްއެމްޕީއާރުސީއިން ސީދާ މަންފާ ލިބުނު ވަގުންނެވެ. ބީއެމްއެލްއިން އެ ހުރިހާ ފައިސާ އެއް ދޮވެދިން ފަރާތަކީ ސީދާ މުހައްމަދު ޝަރީފެވެ. މިނިސްޓަރުންގެ ގޮތުގައި ވެސް އޭގެ ތެރެއިން ބައެއް ވަގުން ހަމަ އެބަ ތިއްބެވެ. އެމްއެމްޕީއާރުސީގެ ވަގުންނާއި މުއިއްޒު އާއި އޮތް ގުޅުމާއި، މުއިއްޒު އަދީބު އަތުން ނަގާފައިވާ ފައިސާތަކުގެ ވާހަކަވެސް އެ ޑޮކިޔުމެންޓުގައި ނެތަސް އަދި ހަމަ ހުރީއެވެ.

ވަކިވަކިން ހޭންޑްޕިކްކޮށް މީހުން ހޮވައި ނަގައި މަގާމުތަކަށް މުއިއްޒު ލާފައިވަނީ މުޅި ރާއްޖެއަށް މަޝްހޫރު ރަތްލާޖެހި މުއިއްޒު ފަދަ ވަގުންނެވެ.