ޚަބަރު

އާންމު ކޮށްފައިވާ އަދީބުގެ ފޯން އާރކައިވްއިން ހާމަވީ މި ސަރުކާރުގެ ބޮޑުންގެ ގޮތުގައި ތިބީ ހުސް ވަގުންކަން!

ދިޔަވަރު
އާންމު ކޮށްފައިވާ އަދީބުގެ ފޯން އާރކައިވްއިން ހާމަވީ މި ސަރުކާރުގެ ބޮޑުންގެ ގޮތުގައި ތިބީ ހުސް ވަގުންކަން!

މިހާރު އާންމު ކޮށްފައިވާ އަދީބުގެ ފޯން އާރކައިވްއިން މި ސަރުކާރުގެ އިސް މަގާމްތަކުގައި ތިބި ފަރާތްތަކުން ކޮށްފައިވާ ބޮޑެތި ވައްކަންތައް ހާމަވެގެން ހިގައްޖެއެވެ. އަދީބު ރައީސް ޔާމިންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަމާއި ނައިބު ރައީސްކަން ކުރެއްވި އިރު އޭރުގެ މަޖިލިސް މެމްބަރުންނާއި އަދި އޭރުގެ ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތްތަކުގެ އެތައް މައުލޫމާތުތަކެއް، އެކްސްގައި އާންމުކޮށްވައިވާ ކޯލް އަދި މެސެޖް ލޮގްތަކުން ވަނީ ހާމަވެގެން ގޮސްފައެވެ. އޭގެ ތެރޭގައި، ދައުލަތުގެ މުދާތައް ލޫޓުވާލުމަށް އަދީބުއާއި ބައިއަތު ހިފައިގެން އޭރުގެ މަޖިލިސް މެމްބަރުންނާއި ވަޒީރުންނާއި އަދި ސިޔާސީ އިސް ފަރާތްތަކުން ހިންގާފައިވާ ބޮޑެތި ޖަރީމާތައް ސާފުކޮށް ހަމަވާން އެބަހުއްޓެވެ. އޭގެ ތެރޭގައި ފަޅުރަށްތައް މަޖިލިސް މެމްބަރުންނަށް ބަހާލި ގޮތާއި، މަޖިލީހުގެ ވޯޓުތައް ގަތުމަށް ފައިސާ ޚަރަދު ކޮށްފައިވާ ގޮތާއި އަދި އޭގެ އިތުރުން ޕާޓީކުރުމަށް އަދީބުއާއި އެކީ މިސަރުކާރުގެ އިސް މަގާމްތަކުގައި ތިބި އެތައް ބަޔަކު އޭރު ހިންގާފައިވާ އެތައް ޖަރީމާތަކެއް މި އާރކައިވްއިން ހާމަވާން އެބަހުއްޓެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި މަޖިލިސް މެމްބަރުންގެ ގޮތުގައި ތިބި ގިނަ މެމްބަރުންނާއި އަދި އޭރުގެ މި ވައްކަންތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރި މިފަދަ ގިނަ ފަރާތްތައް މިހާރު ތިބީ މުއިއްޒުގެ އަރިހުގައެވެ. އަދި ހަމަ އެ ފަރާތްތަކުގެ މައްޗަށް ދަނީ ކޮރަޕްޝަނާއި ފަސާދައިގެން އެތައް ތުހުމަތުތަކެއް ކުރެވި، ސާބިތު ހިފޭ މިންވަރަށް މީގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ ޖަރީމާތައް މި ސަރުކާރުގައިވެސް ވަނީ އާންމުވެގެން ގޮސްފައެވެ.

އެހެންނަމަވެސް މުއިއްޒު ގެންދަވަނީ މީގެތެރެއިން ގިނަ ފަރާތްތަކަށް ސިޔާސީ ހިމާޔަތް ދެމުންނެވެ. އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ މިފަދަ ގިނަބަޔަކާއެކު ޚުދު މުއިއްޒުވެސް ގެންދަވަނީ ނުހައްގުން ދައުލަތު މާލިއްޔަތު ލޫޓުވާލުމުގައި ބައިވެރި ވަމުންނެވެ.

ހާމަވެގެން ގޮސްފައިވާ އަދީބުގެ ފޯން އާރކައިވްއިންވަނީ ޚުދު މުއިއްޒުވެސް އަދީބުއާއެކު ކޮށްފައިވާ ގިނަ މުއާމަލާތްތަކެއް ހާމަވެގެން ގޮސްފައެވެ. އޭގެ ތެރޭގައި މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވާ، މާލޭގެ ބައެއް ބިންތައް ކުއްޔަށް ދީ ރެސްޓޯރަންޓުތަކުގެ އެގްރީމަންޓްތައް އާކުރުމަށާއި އަދި ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމުގެ ނަމުގައި ނާޖާއިޒް ގޮތުގައި އަދީބު މެދުވެރިކޮށް ޕްރޮޖެކްޓަތައް އެވާޑް ކުރުމަށް މަސައްކަތް ކޮށްފައިވާކަން ވަނީ ހާމަވެގެން ގޮސްފައެވެ.