ޚަބަރު

އެމްޑީޕީގެ ބެނާތައް އާޒިމް ކަނޑާލީ މުއިއްޒު އަންގައިގެން

ދިޔަވަރު
އެމްޑީޕީގެ ބެނާތައް އާޒިމް ކަނޑާލީ މުއިއްޒު އަންގައިގެން

އެމްޑީޕީގެ ބެނާތައް އާޒިމް ކަނޑާލީ މުއިއްޒު އަންގައިގެން ކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. ސިޓީ ކައުންސިލުން ބެނާތައް ކަނޑާލަން ނުވެސް އެނގޭ ކަމަށް ބުނެ، އެކަމުގެ މައުލޫމާތު އެނގުނީ ރާއްޖެއިން ބޭރުގައި ހުއްޓާކަމަށް ބުނެ ކަމުން ރެކި ގަތުމަށް އެމްޑީޕީ މެމްބަރުންނަށް އޮޅުވާލުމަށް އާދަން އާޒިމް މަސައްކަތް ކޮށްފައިވާ އިރު، އެކަން ހިނގާފައިވަނީ ސީދާ އާޒިމްގެ ބެލުމުގެ ދަށުންނެވެ.

ބެނާތައް ނެގުމަށް އާޒިމް ދައްކާފައިވާ އުޒުރަކީ އުސޫލުގެ ތެރެއަށް ބެނާތައް ނުފެތޭ ކަމެވެ. މި މޭރުމުން އާދަން އާޒިމް ވަނީ މާލޭ ސިޓީ ކައުންސިލުގެ މެމްބަރުން ތިބޭ ގުރޫޕްގައި ވާހަކަ ދައްކާފައެވެ. އަދި އެގޮތަށް މާލޭ ކައުންސިލްގެ ބާކީ ތިބި ޕީއެންސީގެ މެމްބަރުން ވަނީ ސަޕޯޓް ކޮށްފައެވެ.

އަދި ކަނޑައެޅިގެން އެމްޑީޕީއިން ބެނާތައް އުސޫލުގެ ތެރެއިން ދަމާފައި ވަނިކޮށް ބެނާތަކަށް ޒިންމާވާނެ ބައެއް ނެތް ކަމަށް ބުނެ، ރޭވިގެން މެމްބަރުންގެ މެދުގައި ވާހަކަ ދެކެވިގެން އާދަމް އާޒިމް ބޭނުންވި ގޮތަށް ވަނީ ބެނާތައް ނަގާފައެވެ.

ސިޓީ ކައުންސިލުން އެއްވެސް ކަމެއް އާދަން އާޒިމް ބޭނުން ނުވާ ގޮތަށް ހިނގުމަށް މީގެ ކުރިންވެސް އޭނާ ފުރުޞަތު ދީފައި ނުވެއެވެ. ނަމަވެސް އެގޮތް ތަފާތު ވަނީ މުއިއްޒުގެ މަސްލަހަތު ހިމެނޭ ކަންކަމުގައެވެ.

މުއިއްޒު އަންގައިގެން އާދަން އާޒިމް ބެނާތައް ނެގީ އޭގެ ތެރޭގައި ކައުންސިލްގެ އެހެން މެމްބަރުންވެސް ބައިވެރި ކޮށްގެންނެވެ.

އާދަމް އާޒިމް ދަނީ ސިޓީ ކައުންސިލްގައި މުއިއްޒު ހިންގާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާގެ މައްސަލަތައް ސިއްރު ކުރަމުންނެވެ. އަދި ރައްޔިތުންނާއި ދެކޮޅަށް ހަދާފައިވާ ހުރިހާ ކޮންޓްރޯލް ބިލެއް ތައްޔާރު ކޮށްފައިވަނީ އޭނާއަށް ބޭބެ ކިޔާ އާޒިމް އާއި އާލީ ގޮތުންނާއި އެކުވެރި ކަމުގެ ގޮތުން ގާތް ގުޅުމެއް އޮންނަ އޭޖީ އުޝާމުއެވެ.

މި ހުރިހާ ކަމެއްގެ ބަދަލުގައި އެތައް ސަތޭކަ މިލިއަނެއް ސަރުކާރު ޕްރޮޖެކްޓްތަކުން އާދަމް އާޒިމްގެ ކުންފުނި އާރުސީސީއަށް މުއިއްޒު ދަނީ ރިޝްވަތުގެ ތެރެއިން ދެމުންނެވެ. މީގެ ތެރޭގައި ކައުންސިލްތައް ހެދުމަށް ދީފައިވާ 631 މިލިއަން ރުފިޔާ އަކީ މި ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގާ އެންމެ ބޮޑު ކޮރަޕްޝަނެވެ.

އާދަން އާޒިމް ދަނީ ސިޓީ ކައުންސިލުންވެސް ވައްކަން ކުރަމުންނެވެ. އަދި އެމްޑީޕީގެ ސޯޝަލް މީޑިޔާގެ ބައެއް އެކްޓިވިސްޓުންނަށް ފައިސާ ދީގެން އަދި މަގާމު ދީގެން އޭނަގެ ވައްކަމާއި ކޮރަޕްޝަންގެ ދިފާޢުގައި ދަނީ އެމްޑީޕީގެ ކުދިން ނެރެމުންނެވެ. އެހެން ކަމުން ޕީއެންސީއިންވެސް، އެމްޑީޕީއިންވެސް އާދަން އާޒިމް ކުރަމުންދާ ވައްކަންތައް ދަނީ ސިއްރުކޮށް ދެމުންނެވެ. ގިނަ ބަޔަކު އާދަން އާޒިމް ސިފަ ކުރަނީ އެއީ އެމްޑީޕީގެ ތެރެއިން ނުކުންނަ މުއިއްޒު ގޮތަށެވެ. އާދަން އާޒިމް މި ހުރިހާ ދުވަހަކު ހުރީ ޤާސިމް ޕާޓީގައެވެ. އެމްޑީޕީއަށް ބަދަލުވީ ކައުންސިލް އިންތިހާބު ނެގުމަށެވެ.

ގޭންގަކަށް ބިން ދިނުމަށްޓަކައި މާފަންނު ސަހަރާ ހުސްކުރުމަށް، އާދަން އާޒިމް ގަބުރު ކޮނެ އެތައް ބައެއްގެ ހައްޤުތަކަށް އަރާގަތުމުން، އޭނާ އަށް ގަބުރު އާދަނު ކިޔަން ފެށުނެވެ. އަދި މިއީ މުއިއްޒަށް ވެސް ކުރަން ނުކެރިފައިވާ ކަމެއް ކަމަށާއި، ބާރެއް ލިބިއްޖެ ނަމަ، މުއިއްޒަށް ވުރެ އެތައް ގުނައަކުން އާޒިމްގެ ނުބައިކަން ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށް ސޯޝަލް މީޑިޔާގައި މިކަމާއި ގުޅިގެން ރައްޔިތުން ޚިޔާލު ފާޅު ކޮށްފައިވެއެވެ.