ޚަބަރު

ދަ ޑިމޮކްރެޓްސް އުފެއްދީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްޤު ހޯދުމަށް: އަންނި

ދިޔަވަރު
ދަ ޑިމޮކްރެޓްސް އުފެއްދީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްޤު ހޯދުމަށް: އަންނި

ދަ ޑިމޮކްރެޓްސް އުފެއްދީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްޤު ހޯދުމަށް ކަމަށް ރައީސް ނަޝީދު މަޖިލީހުގެ ކުޑަ ދަށުގައި އިންނަވައިގެން ވިދާޅުވި ކަމަށް، ދާންދޫ ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެމްބަރު ޔައުޤޫބު ޢަބުދުﷲ ރައްޔިތުން މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މިވާހަކަ ތަފްސީލް ކޮށްދެއްވަމުން ޔައުޤޫބު މަޖިލީހުގެ ޖަލްސާގައި ވިދާޅުވި ގޮތުގައި:

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބް މިސަރުކާރާއި، ދެކޮޅަށް ތެދުވި އެންމެ ބޮޑު މައިގަޑު އެއް ސަބަބު: މި މަޖިލީހުން ބޭރުގައި ކުޑަ ދަށުގައި އަޅުގަނޑުމެން ތެރޭގައި އެކިފަހަރު ދެކެވޭ ވާހަކަތަކާއި، ކުރެވޭ މަޝްވަރާތަކުގެތެރޭގައި، އެއް ދުވަހު އަޅުގަނޑާއި، ދުވާފަރުގެ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިސްމާއިލް އަހުމަދާއި، އަދި އެތާގައި މުހައްމަދު ނަޝީދާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބާއި، އެޕާޓީގެ އިސް މެމްބަރުން ހިމެނޭހެން ކުރެވުނު މަޝްވަރާތަކަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުދެކެ، ރުޅިއަންނަ ހިތްހަމަ ނުޖެހޭ އެންމެ މައިގަޑު އެއް ސަބަބު ގޮތުގައި އެބޭފުޅުން ވިދާޅުވީ މި ސަރުކާރުން އެއްޖިންސުން ގުޅުން ހިންގަން ފުރުޞަތު ނުދޭނެ ވާހަކައާއި، ނުދޭތީ އެކަމާއި ދެކޮޅަށް، އެކަމާއި ހިތްހަމަ ނުޖެހިގެން އެއްޖިންސުން ގުޅުން ހިންގަން ފުރުޞަތު ނުދީގެން ސަރުކާރާއި ދެކޮޅަށް ތެދުވާން ޖެހޭ ވާހަކަ! އެގޮތުގެ މަތިން އަދި ހަމަ އެއާއި އެއްކޮށް އެއްޖިންސުން ގުޅުން ހިންގާ ރަނގަޅު އަދަދެއްގެ ކޮމިއުނިޓީއެއް މިރާއްޖޭގައި އެބަ އޮތްކަމާއި، އަދި އޭގެ ތެރޭގައި ތިމަންނަމެންނާއި ގުޅުން ހުރި ފަރާތްތަކާއި، ގާތް ފަރާތްތައް ތިބި ކަމާއި، އެމީހުންގެ ވޯޓާއި އެމީހުންގެ ސަޕޯޓް ހޯދަން ޖެހޭ ކަމާއި، އެހެން ކަމުން އެމީހުންނަށް އެމީހުންގެ ހައްޤު ހޯދަދޭން ތިމަންނަމެން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، އެވެސް އެއީ ދިވެހި ރައްޔިތުން ކަމާއި، މިކަމަށްޓަކައި ތެދުވާން ޖެހޭނީ ދ ޑިމޮކްރެޓްސް ކަން އެމީހުން އެދުވަހު ވާހަކަ ދައްކަމުން ނިންމި. އަދި އެހިސާބުން އެމީހުން ނިންމީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެނޑިޑޭޓެއް ގޮތުގައި އިލްޔާސް ލަބީބް ނެރެން! އަދި އެމަޝްވަރާގައި އެންމެ އިސްކޮށް މަޝްވަރާ އެރުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު! ހަމަ އެއާއި އެއްކޮށް އެދުވަހު ފާހަގަ ކުރި އަނެއް ކަމަކީ ހުޅަނގުގެ ގައުމުތަކުން ތިމަންނަމެންނަށް މިދެއްވާ އެއްބާރުލުމާއި، ލިބޭ ސަޕޯޓާއި، އަދި ހުޅަނޑުގެ ޤައުމުތަކަށް ތިމަންނަމެންނަށް ފަސޭހަ ކަމާއިއެކު ދަތުރުކޮށް، އެކި ކަންކަމުގައި ތިމަންނަމެން ހޯދަން ޖެހޭ އެއްބާރުލުން، ތިމަންނަމެންނަށް ނުލިބޭނެ ކަމަށް، އެއްޖިންސުން ގުޅުން ހިންގަން މިރާއްޖޭގައި ތިމަންނަމެން އެކަމަށް ވަކާލާތު ނުކޮށް ތިމަންނަމެން މަޑުމަޑުން ތިބެއްޖިއްޔާމުން! އެހެންވީމާ އެކަމަށްޓަކައިވެސް ތިމަންނަމެން އެބަޖެހޭ ތެދުވާން މި ސަރުކާރާއި ދެކޮޅަށް، ހާއްސަކޮށް އެއްޖިންސުން ގުޅުންހިންގަން އެފުރުޞަތު ދިނުމަށްޓަކައި ތެދުވަން އެބަޖެހެއޭ! މިކަމުގެ އެންމެބޮޑު މޭސްތިރިއެއްގެ ގޮތުގައި ހުޅަދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ނަޝީދު!

ކަމަށް މެމްބަރު ޔައުގޫބު ވިދާޅުވިއެވެ.

ނަޝީދާއި، ރައީސް އިބްރާހިމް ސޯލިޙް އާއި، މައްސަލަޖެހި އެއްގަލަކަށް ނޭރޭ ހިސާބަށް ދިޔައީ، ނަޝީދުގެ ކޮއްކޮށް ނާޒިމް ފިރިހެނަކާއި އެކީ އެއްޖިންސުން ގުޅުން ހިންގައިގެން ހައްޔަރުކުރުމާއި ގުޅިގެން އެކަމުގެ ރުޅީގައިކަން މިނޫހަށް މަޢުލޫމާތު ދެއްވި ރައީސް ނަޝީދުގެ އަރިސް ފަރާތަކުން ހާމަ ކުރެއްވިއެވެ. ތަފްސީލް ދެއްވަމުން ވިދާޅުވީ އޭރު ރައީސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގެ ކަމަށާއި، މައްސަލަ ބޮޑުވީ ނާޒިމް ޖަލަށް ގެންދިޔަ ހިސާބުން ކަމަށާއި، އެދުވަހު ނިންމެވީ ޔާމީނާއި އެއްކޮށް ސިޔާސީ މަސައްކަތް ކުރަން ޖެހުނަސް ދެން ދުވަހަކުވެސް ރައީސް ސޯލިހް އާއި އެކު، ސިޔާސީ މަސައްކަތް ނުކުރުމަށް ކަމަށް، ނަޝީދުގެ ވަރަށް އަރިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ފޯނުން ކިޔައިދެއްވިއެވެ.

މީގެ އިތުރުން، ދަނޑިމޮކްރެޓްސްގެ ލޯގޯ އަކީ ފުރަގަސްފަރާތް ރަމްޒުކޮށް ބޭނުންކުރާ ނިޝާނެއްކަމަށްވާ asterisk އެވެ. މިއީ ލޯބިވާ ކޮއްކޯފުޅު ނާޒިމް، އެއްޖިންސުން ގުޅުން ހިންގައިގެން، އެކަމުގައި ފަލީހަތްވެގެން ދިޔަގޮތުން، ދިވެހިރައްޔިތުންގެ މޫނު މަތީގައި ރައީސް ނަޝީދު ޖެހި ބަދަލު ހިފުމުގެ އެތިފަހަރެއްކަމަށް ނަޝީދުގެ އަރިސް ފަރާތުން ކިޔައިދެއްވިއެވެ.