3 އޮކްޓޯބަރުގައި ވެރިކަން ވެއްޓިދާނެކަމަށް ބިރުން ޕޭނިކްވެގެން ފުލުހުން ލައްވައި މުއިއްޒު ދޮގު ބަޔާނެއް ނެރެފިއެވެ. ރާއްޖޭގެ %86.8 މީހުން މުއިއްޒުގެ ވެރިކަން ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނައުމަށް ބޭނުންވެއެވެ.
މުއިއްޒަށްވެސް މުއިއްޒުގެ ވެރިކަން ނިމުމަށް އާންމު ގިނަ ރައްޔިތުން ބޭނުންވާ ކަމާއި، އަދި ނޭޕާލުގައި ވެރިކަން ވައްޓާލިހެން މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޒުވާނުން ބޭނުންވާ ކަމަށް އަދި އެފަދަ ރޫހެއް އާންމުންގެ ތެރޭ އޮތްކަމަށް އެމްއެންޑީއެފް އިންވެސް ވަނީ މީގެ ކުރިން މުއިއްޒަށް މައުލޫމާތު އަރުވާފައެވެ.
ނިސްބަތުން ނޭޕާލުގައި މީހުން ނުކުތް ވަރަށް 3 އޮކްޓޯބަރުގައި އާންމުން ނިކުމެއްޖެ ނަމަ އެއީ ފުލުހުންނަކަށް އަދި ރާއްޖޭގެ މިލިޓަރީ އަކަށްވެސް ކޮންޓްރޯލް ކުރެވޭނެ އަދަދެއް ނޫނެވެ. ރައްޔިތުން މުއިއްޒު އާއި މެދު އިންތިހާއަށް ރުޅުވެރިކަން އިތުރުވެފައިވަނީ ދޮގު ހަދައި ވައްކަން ކޮށް މުޅި ޤައުމު ލޫޓުވާލުމާއި ގުޅިގެންނެވެ.
ހަމަ ނުޖެހުން އުފައްދާނެ ކަމަށް ބުނެ ފުލުހުން މުއިއްޒު އަންގައިގެން ބަޔާން ނެރުނަސް އެފަދަ އެއްވެސް ކަމެއް ކުރުމަށް އެމްޑިޕީއިން ރާވާފައެއް ނުވެއެވެ.
ނަމަވެސް މުއިއްޒު ބިރު މި ގަންނަ ވަރުން ވީހާވެސް ގިނަބަޔަކު މަގުމައްޗަށް ނިކުމެ މުއިއްޒުގެ އިސްތިއުފާއަށް ގޮވާލުން މުހިންމެއެވެ. އިއްޔެ ވަނީ މަޑަގަސްކަރައިގެ ވެރިކަން އެގައުމުގެ ޒުވާނުން ވައްޓާލާފައެވެ. ފުލުހުންގެ ބަޔާނާއި ގުޅިގެން މިކަމުން މުއިއްޒު ހާސްވެފައިވާ މިންވަރު އެނގި އިތުރު މީހުން މުޒާހަރާ އާއި ގުޅޭނެކަމަށް ބެލެވެއެވެ.