ޚަބަރު

މުއާޒު މަގާމުގައި ބަހައްޓާތޯ އަހަރެއް ތެރޭ 100 މިލިއަން ރުފިޔާ ފެނަކައިން މުއިއްޒަށް ދިން

ދިޔަވަރު
މުއާޒު މަގާމުގައި ބަހައްޓާތޯ އަހަރެއް ތެރޭ 100 މިލިއަން ރުފިޔާ ފެނަކައިން މުއިއްޒަށް ދިން

މުއާޒު މަގާމުގައި ބަހައްޓުމަށް އަހަރެއް ތެރޭ 100 މިލިއަން ރުފިޔާ މުއިއްޒަށް ދޭން ޖެހޭ ކަމަށް ބުނެގެން އެފައިސާ މުއިއްޒަށް މުއާޒު ފޯރުކޮށްދީފައިވެއެވެ.

މި މައުލޫމާތު ދިޔަވަރު ނޫހަށް މިފައިސާ މުއިއްޒަށް ދެމުން ދިޔައިރު ވަނީ ކަވަރު ކޮށްފައެވެ.

މުއިއްޒު ވަނީ މަޖިލީސް އިންތިހާބަށް ފައިސާ ބޭނުންވާ ކަމަށް ބުނެ، ވަކި ވަކިން ކުންފުނިތަކުގެ އެމްޑީއިންނަށް ގުޅައި ފައިސާ ހޯދާފައެވެ.

މި ހުރިހާ ފައިސާ އެއް މުއިއްޒަށް ދިނުމަށް ބާ ޖަނެރޭޓަރު އާ ޖަނެރޭޓަރުގެ ނަމުގައި ގެނައުމާއި، އިންތިހާއަށް ބޮޑެތި އަގުތަކުގައި އެއްވެސް ގޮތަކަށް ބިޑު ކުރުމެއް ނެތި ވަނީ އެތައް ސަމާނެއް ފެނަކައަށް ނަގާފައެވެ. މީގެ އިތުރުން ބިޑުކޮށްގެން ކޮށްފައިވާ މަސައްކަތުން %30 ނަގައިގެން ނޫން ގޮތަކަށް ބިލަށް ފައިސާ ދޫ ނުކުރުންވެސް ހިމެނިގެން ދިޔައީ މުއިއްޒަށް 100 މިލިއަން ހޯދުމަށް މުއާޒު ހިންގާފައިވާ ސީދާ ބޮޑެތި ޖަރީމާ ތަކުގެ ތެރެއިން ޖަރީމާއަކަށެވެ.

ވަޒީފާގައި ބަހައްޓާނެ ކަމަށް ބުނެ އެކި ގޮތްގޮތުން މުއާޒު ލައްވައި މުއިއްޒު ފައިސާ ނެގި އިރު، މުއާޒު އަތުގައި މިހާރުވެސް އެކަމުގެ ހެކީގެ ގޮތުގައި ފޯނުގައި އެކި މެސެޖާއި ކޯލް ރިކޯޑިންގ ހުރިކަމަށް އޭނާގެ ގާތް ރައްޓެއްސެއް ދިޔަވަރު ނޫހަށް ކިޔައި ދިނެވެ.

މުއިއްޒަށް ދިން 100 މިލިއަނުގެ އިތުރުން، މެންދުރު ޓީވީ ފަދަ އެތައް ކަމަކަށް ފެނަކައިން ލިބުނު ފައިސާ މުއާޒު ވަނީ ޚަރަދުކޮށްފައެވެ. ލޯނުތައް ހަލާސްކޮށް، ޑުބާއީ އަށް އަގުބޮޑު ދަތުރުތައް ކުރުމަށް ފަހު، އެއިން ލިބުނު މަންފާގައި މުއާޒު އުޅެމުން ދަނިކޮށް، އަބްދުއްރަހީމް އަށް ފެނަކަތެރެއިން މުއާޒު މެދުވެރިކޮށް ފައިދާތަކެއް ވާކަމަށް ބަލައި، މުއާޒުލައްވައި ރައީސް މުއިއްޒު ބޭނުންވިހާ ކޮރަޕްޝަނެއް ހިންގުމަށްފަހު އޭނާ ވަނީ ވަކިކޮށްފައެވެ. ނަމަވެސް އޭނާގެ އެއްވެސް މައްސަލައެއް މިހާ ހިސާބަކަށް ބަލާފައި ނުވެއެވެ. ބަލާފައި ނުވަނީ ފެނަކައިގެ ތެރެއިން ނަހަމަ ގޮތުގައި ނެރުނު ފައިސާގެ %80 ވަރު ލިބިފައިވަނީ މުއިއްޒަށް ކަމަށް ވާތީއެވެ.

މިއަދު އޭގެ ބަދަލު ރަށްރަށުގެ ރައްޔިތުން ދައްކަމުން ދަނީ އިންތިހާއަށް ބޮޑު ބިލްތަކުންނެވެ. 600ރ މަހަކަށް އެރި ބިލަށް މިހާރު 3000ރ ދަނީ އަރަމުންނެވެ. 1000ރ އެރި ބިލްތަކަށް މިހާރު ދަނީ 6000ރ އަރަމުންނެވެ. ޚުދު މިހާރުވެސް ފެނަކައިން ދަނީ ވަކި ހުދޫދެއް ނެތި އިންތިހާއަށް ވައްކަން ކުރަމުންނެވެ. އަދި އެފައިސާ ވަންނަމުން ދަނީ ސީދާ ދިމްޔާތަށެވެ.