ޚަބަރު

ސާޖިދާއަށް ބައި އެޅޭހެން 79 މިލިއަން ރުފިޔާގެ އަޑީ ތެޔޮ މިހާތަނަށް ފެނަކައިން ލިއޯ ސަވާދު ކުންފުންޏަށް ބިޑަކާއި ނުލައި ދޫކޮށްފި

ދިޔަވަރު
ސާޖިދާއަށް ބައި އެޅޭހެން 79 މިލިއަން ރުފިޔާގެ އަޑީ ތެޔޮ މިހާތަނަށް ފެނަކައިން ލިއޯ ސަވާދު ކުންފުންޏަށް ބިޑަކާއި ނުލައި ދޫކޮށްފި

ސާޖިދާއަށް ބައި އެޅޭހެން 79 މިލިއަން ރުފިޔާގެ އަޑީ ތެޔޮ މިހާތަނަށް ފެނަކައިން ލިއޯ ސަވާދު ކުންފުންޏަށް ބިޑަކާއި ނުލައި ދޫކޮށްފިއެވެ.

ފެނަކައިން މީގެކުރިން އެމްޓީސީސީ އިން ކްރެޑިޓަށް ނަގަމުން ދިޔަ އަޑީ ތެޔޮ ނެގުން ހުއްޓާލައި، ފުރަތަމަ އަޑީ ތެޔޮ ދޫކުރަން ފެށީ ތެޔޮ ރިޔާޒުގެ ކުންފުންޏަށެވެ. އޭގެ ފަހުން، އެމްޑީޕީ ސަރުކާރުން ބިޑަކާއި ނުލައި އަޑީ ތެޔޮ އަދުން ހުސެއިންގެ ކުންފުންޏަކަށް ދިން ކަމަށް ނެރުނު އޮޑިޓް ރިޕޯޓް އާއި ގުޅިގެން މި ސަރުކާރުގެ މިނިސްޓަރުން ދަނީ ޓީވީ އަށް އަރައި ވާހަކަ ދައްކަމުންނެވެ.

ނަމަވެސް ފާއިތުވި ދެ ވެރިކަމަށް ވުރެ ދެގުނަ އަގު ބޮޑު ކޮށް، އަދި ފައިސާ ވަގުތުން ކޭޝް ކޮށް ލިއޯ ސަވާދަށް ދޭ ގޮތަށް، ފެންވަރު ދަށް ތުރުކީގެ އަޑީތެޔޮ ބްރޭންޑެއް ފެނަކައިން ދަނީ ބިޑަކާއި ނުލައި ނަގަމުންނެވެ. މި ދިޔަ މަހުގެ ނިޔަލަށް 79 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ވަނީ ފެނަކައިން ލިއޯ ސަވާދު އަތުން ބިޑަކާއި ނުލައި ނަގާފައެވެ.

”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ދެގުނަ އަގު ބޮޑުކޮށް ކޭޝްކޮށް ފައިސާ ދީފައި، ސަވާދު އަތުން ނަގަމުން ދަނީ ޕެޓްރޯލް އޮފިސީ ކިޔާ ބްރޭންޑެއްގެ އަޑީ ތެލެވެ.

ސަވާދުއަށް މި ސަރުކާރުން ބޮޑެތި ފައިދާ ވާހެން ކޮރަޕްޝަނުގެ ތެރެއިން ޑީލް ހަދަމުން ދަނީ މެޑަމް ސާޖިދާގެ ބައިވެރި ވުމާއި އެކު އެވެ. އަދި ވެރިކަމަށް މުއިއްޒު ގެނައުމަށް ސަވާދު ވަނީ ސީދާ ސާޖިދާ އަށް 3 މިލިއަން ރުފިޔާ ކެމްޕެއިނަށް ޚަރަދު ކޮށް ދިނުމުގެ ނަމުގައި ދީފައެވެެ.

ތިރީގައި މިވަނީ މިޑީލުގެ ތެރެއިން ބިޑަކާއި ނުލައި ލިއޯ ސަވާދަށް ފެނަކައިން ދެމުންދާ އަޑީ ތެލުގެ ޕަޗޭސް އޮޑާތަކުން 2 ޕަޗޭސް އޯޑަރެވެ. ދާދި ފަހުން ލިއޯ ސަވާދުގެ ޚަރަދުގައި، ފެނަކަ އެމްޑީ ވަނީ ތުރުކީ އަށް ދަތުރުކޮށް އެކީ ޗުއްޓީ ހޭދަކޮށްފައެވެ. މިކަމުން މުއިއްޒުގެ ދެމަފިރިންގެ އިތުރުން ފެނަކަ އެމްޑީ މި ކޮރަޕްޝަނުގައި ބައިވެރިވެ، ރައްޔިތުންގެ ފައިސާ ކޮރަޕްޝަންގެ ގޮތުގައި ނަގައި ޖީބު ބޮޑުކޮށް ބޭރަށް ދަތުރުކޮށް މަޖާކޮށް ހަދާކަށް ސާފުކޮށް އެނގެއެވެ.

ސިޔާސީ ގޮތުން ނެރުނު އޮޑިޓް ރިޕޯޓްގައި ފެނަކަ ސައީދު ގޯސް ކޮށް ކުރަމުން ދިޔަ ކަންކަން ކަމަށް ފާހަގަ ކޮށްފައިވާ ހުރިހާ ކަމަކީ މިހާރުވެސް މި ސަރުކާރުން މުއިއްޒުގެ އިރުޝާދުގެ ދަށުން ފެނަކައިން ކުރަމުންދާ ކަންކަމެވެ. އެއިން އެއްވެސް ކަމެއް ހުއްޓާލާފައި ނުވާތާގައި އިތުރަށް ވަނީ ކޮރަޕްޝަނާއި، ނާޖާއިޒު މަންފާ ހޯދުން ފެނަކައިގެ ތެރޭ ދެގުނަ އިތުރު ވެފައެވެ. މި ހުރިހާ މަންފާއެއް ލިބެމުން ދަނީ ދިމްޔާތަށެވެ.