ޚަބަރު

އިހްސާނު އޮރިޔާން ފޮޓޯ އަންހެން ކުދިންނަށް ފޮނުވި މައްސަލަ ތަހުޤީގު ވެސް ނުކޮށް، ފޮޓޯ ލީކު ކުރީ ޝައްމާނު ކަމަށް ޝައްކުކޮށް، ބަދަލު ހިފުމަށް ފްރޭމްކޮށް ލީ ޖަލަށް

ދިޔަވަރު
އިހްސާނު އޮރިޔާން ފޮޓޯ އަންހެން ކުދިންނަށް ފޮނުވި މައްސަލަ ތަހުޤީގު ވެސް ނުކޮށް، ފޮޓޯ ލީކު ކުރީ ޝައްމާނު ކަމަށް ޝައްކުކޮށް، ބަދަލު ހިފުމަށް ފްރޭމްކޮށް ލީ ޖަލަށް

ހޯމް މިނިސްޓަރ އިހްސާން އާންމު ނަމުން ނަމަ، އައްޕަތުރޭ އަންހެން ކުދިންނަށް އޮރިޔާން ފޮޓޯ ފުނިވި މައްސަލަ ތަހުގީގު ނުކޮށް، އައްޕަތުރޭގެ އެ ފޮޓޯތައް ސޯޝަލް މީޑިޔާއަށް ލީކު ކޮށްލީ ޝައްމާނު ކަމަށް ޝައްކު ކޮށް، މުއިއްޒު އާއި އިހްސާން ވަނީ ޝައްމާނު އަނިޔާވެރި ކަމާއި އެކު އެއްވެސް އިންސާފެއް ނެތި ޖަލަށް ލާފައެވެ.

މިއަދުވެސް ޝައްމާނު އޮތީ ޖަލުގެ ކުޑަ ގޮޅީގައެވެ. ޝައްމާނު ގޮޅީގައި އޮތީ އިހްސާނުގެ އަނިޔާވެރި ކަމުންނެވެ. ޝައްމާނު ގޮޅީގައި އޮތީ ބަދަލު ހިފުމުގެ ގޮތުންނެވެ. ޝައްމާނު ގޮޅީގައި އޮތީ އައްޕަތުރޭ ހިންގަމުންދާ ބޮޑެތި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ މުއިއްޒު އާއި ބައްދަލުކޮށްފައި ކިޔައި ދިނުމުގެ ސަބަބުންނެވެ. ޝައްމާނު ގޮޅީގައި އޮތީ މި ސަރުކާރުގެ ހުރި ނުބައި ނުލަފާ ކަމުގެ ރަމްޒެއް ގޮތުގައެވެ. ޝައްމާނަކީ މުއިއްޒު އާއި އިހްސާންގެ އަނިޔާވެރިކަމުގެ ދިރިހުރި ނިޝާނެކެވެ.

އައްޕަތުރޭ މީހުންނަށް އޮރިޔާ ފޮޓޯ ފޮނުވީކީ އެކަންޏެއް ނޫނެވެ. ފުލުސް ކުދިން ފޮނުވައިގެން މީހުންގެ އަނބިންގެ ފަސްފަހަތުން ދުއްވީވެސް މަދަކުންނެއް ނޫނެވެ. އެތައް ބައެއްގެ ދިރިއުޅުން ނާމާން ކަމަކަށް ވައްޓާލައިގެން ހުރި ބޮޑު މުޖުރިމެކެވެ. އިންސާނީ ކަރާމާތެއް ލަދުވެތިކަމެއް، އިންސާފެއްގެ ޒައްރެއްގެ މިންވަރުވެސް ނުދަންނަ ބޮޑާވެރި ކިބުރުވެރި އީގޯއިން ފުރިގެންވާ ނުބައި އަނިޔާވެރިއެކެވެ. ޝައްމާނުގެ އާއިލާގެ ކޮންމެ މީހަކުވެސް މިކަމަށް ހުވާކޮށް ހެކި ދޭނެއެވެ.

ޝައްމާން ހައްޔަރު ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބުނެ އޭނާ ފްރޭމް ކޮށްގެންނެވެ. އިމިގްރޭޝަން އޮފިސަރުން ބިދޭސީންގެ އަތުން ފައިސާ ނެގުމަކީ އާންމު ކަމެކެވެ. އެއީ ޝައްމާނުގެ ބައިވެރިވުން އެއްވެސް ވަރަކަށް އޮތް ކަމެއް ނޫނެވެ.

ކޯޓު މަރުހަލާ ހިމެނޭހެން މައްސަލައިގެ ހުރިހާ ހިސާބެއްގައި އިހްސާނު ވަނީ މައްސަލައިގެ ތެރެއަށް ވަދެ، އޭނާ ޖަލުގައި އޮންނާނެ ކަން ޔަގީން ކޮށްފައެވެ. ޝައްމާނު ކުޅަ ހަމަ އެކަނި ކުށަކީ، އަބްދުއްރަހީމް އަދުރޭ އާއި އެއްފަޅިއެއްގައި ޕީއެންސީ ތެރޭ ހިނގި ހަމަ ނުޖެހުމުގައި ހުރުމެވެ. ފާހަނަ ތެރޭ ތިމަންނާ އޮރިޔާމާ ހުރެ ނަގާފައިވާކަމަށް ބެލެވޭ ބަރަހަނާ ފޮޓޯތައް ލީކު ކޮށްލީ ޝައްމާނު ކަމަށް ބުނެ އެކަމާއި ދެކޮޅަށް ދައުވާ ކުރުމުގެ ހިތްވަރެއް އައްޕަތުރޭގައި ނެތެވެ. އަދި އެފަދަ ކަމެއް ޔަގީން ކުރެވޭ ވަރަށް ހެއްކެއްވެސް ނެތި ހަމަ ހަސަދަވެރިކަމާއި، އަނިޔާވެރިކަމުގައި ޝައްމާނު އެލީ ޖަލު ގޮޅިއަށެވެ. ހެޔޮވާނީ ކިހިނެއް ތޯއެވެ. ކައްޒާބު ކޯޓުން އިންސާފު އެއްވެސް އިންސާނަކަށް ނެތެވެ. އައްޕަތުރޭގެ އަނިޔާވެރި ދަންތުރާގައި ޖެހި މާދަން ޖަލަށް ވަންނާނީ ކޮން ރައްޔިތެއް ކަމެއް ނޭނގެއެވެ. މުޅި ޤައުމުގައި މިވަނީ ބިރުވެރިކަމާއި ނާމާން ކަމެވެ. މުއިއްޒަށްވާ މިކުރެވެނީ ވެރިކަމެކެވެ.

އައްޕަތުރޭ ވާނީ އައްޕަތުރޭއަށެވެ. އޭނާގެނަން ދިވެހި ތާރީޚުގެ ތެރެއަށް މާތްﷲގެ ރަޙުމަތާއި އެކު ދާނީ ފޭކް ޕީއެޗްޑީއަކާއި، އަންހެން ކުދިންނަށް ފޮޓޯ ފޮނުވާ ލަޓޯފަޓޯ މީހެއް ގޮތުގައި އާއި، ޑީއެންއާރުން ވައްކަންކޮށްގެން ހުރި އިންތިހާއަށް އަނިޔާވެރި ނުބައި ނުލަފާ މަރުކާއެއް ގޮތުގައެވެ. ކޮންމެ އަނިޔާވެރި ވެރިކަމަކަށް ނިމުން ވެއެވެ. އެދުވަސް އަވަސް ކޮށް ދީ މި މީހުންނާއި އިންސާފު އަރާ ހަމަ ކުރުމުގެ ދުއާ ތަކުރާރު ކުރައްވާށެވެ.