ޚަބަރު

ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ހުއްޓުވައިފި! އޭސީސީގެ ރައީސް އަށް 27 މިލިއަން!

ދިޔަވަރު
ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ހުއްޓުވައިފި! އޭސީސީގެ ރައީސް އަށް 27 މިލިއަން!

އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިގެން ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލައިފިއެވެ. ޕީޕީއެމް/ޕީއެންސީއިން އޭސީސީގެ ރައީސަށް މިކަމަށް 27 މިލިއަން ރުފިޔާ ހަމަޖައްސައި ދޭނެ ކަމަށް ވަނީ އަންގާފައެވެ. ނަމަވެސް އަދި މިހާތަނަށް މިފައިސާ އޭސީސީގެ ރައީސަށް ހަވާލުކޮށްފައެއް ނުވެއެވެ.

ފްލެޓް ދިނުމުގައި ޕޮއިންޓް ދީފައިވަނީ، މީހުން ދީފައިވާ މައުލޫމާތުގެ މައްޗަށެވެ. މިއަށްވުރެ ފުރިހަމައަށް ފްލެޓް ދެވެން އޮތް ގޮތަކީ، މިއަށްވުރެ ރަނގަޅަށް ޕޮއިންޓް ލިބޭ ސިސްޓަމަށް އެކަށައަޅައި، އަދި ދީފައިވާ މައުލޫމާތަކީ ޞައްޙަ މައުލޫމާތުތޯ ބެލުމަށް ކޮންމެ ގެއަކަށް ވަކިން ގޮސް، ހާލަތު ބެލުމެވެ.

ނަމަވެސް، ޕީޕީއެމް ސަރުކާރުން 2018 ގައިވެސް ފްލެޓް ދީފައިވަނީ ސީދާ ޕީޕީއެމް މީހުންނަށެވެ. ފޭސް 2 ގައި ޕީޕީއެމް އަށް ނިސްބަތްވާ މީހުން އެހާ ގިނަވެގެން އުޅެނީ މި ކޮރަޕްޝަނާއި ހުރެއެވެ. އެފަހަރު އެތައް ބަޔަކު އެދުމުންވެސް އޭސީސީއިން އެއްވެސް ކަމެއް ކޮށްފައި ނުވެއެވެ. އަދި 17 ވަނަ ދުވަހުގެ ރޭ 12:00 ޖަހަންދެން ފްލެޓް ބަހާނެ ކަމަށް ބުނެ އޭރުގެ ހައުސިންގ މިނިސްޓަރ މުއިއްޒު ވަނީ ޓްވީޓްވެސް ކުރައްވާފައެވެ.

މުއިއްޒު ވަނީ އޭނާގެ ކެމްޕެއިނުގައި ހަރަކާތްތެރިވި، ޓީމްތަކަށް ފްލެޓް ބަހާލަން ނިންމާފައެވެ.

ފްލެޓްތައް ނުލިބިގެން އެންމެ ބޮޑަށް ޝަކުވާކުރަމުން ދަނީ އެމްޑީޕީ މީހުންކަން މި ނޫހަށް ވަނީ އެނގިފައެވެ.

"ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މިނިސްޓްރީއަށް އަންގާފައިވާތީ މި ސްކީމުގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މި މިނިސްޓްރީން ހުއްޓާލާފައިވާ ކަމަށް ދަންނަވަމެވެ." ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.