ޚަބަރު

އާސަންދަ ނުލިބޭތާގައި، ބަލިވާ މީހާ އަށް، ނުވަތަ ބަލި އެނދުގައި އޮންނަ މީހާއަށް، އޮފީހަށް ނާދެވޭ ނަމަ އޭނާގެ މުސާރަ އުނިކުރަން މުއިއްޒު ނިންމައިފި

ދިޔަވަރު
އާސަންދަ ނުލިބޭތާގައި، ބަލިވާ މީހާ އަށް، ނުވަތަ ބަލި އެނދުގައި އޮންނަ މީހާއަށް، އޮފީހަށް ނާދެވޭ ނަމަ އޭނާގެ މުސާރަ އުނިކުރަން މުއިއްޒު ނިންމައިފި

އާސަންދަ ނުލިބޭތާގައި، ބަލިވާ މީހާ އަށް އޮފީހަށް ނާދެވޭ ނަމަ އޭނާގެ މުސާރަ އުނިކުރަން މުއިއްޒު ނިންމައިފިއެވެ. މިކަން ކުރަނީ މުސާރައިން ބައެއް އެއީ ރިސްކު އެންޑް ހާރޑްޝިޕް އެލަވަންސް ގޮތުގައި ބަލައި، މުސާރައިގެ އެބައި ލިބެނީ އޮފީހަށް ފުރިހަމަ އަށް ހާޒިރުވާ ގޮތަށް ހަދައިގެންނެވެ. އެހެންކަމުން ބަލިވެގެން އޮފީހަށް ނާދެވޭ ނަމަ، މުސާރައިން ބައެއް އުނިވާނެއެވެ. މުސާރަ ލިބޭނީ މަދުންނެވެ.

މި އުސޫލު ސަރުކާރު ކުންފުނިތަކުން މިހާރު ވަނީ އިއުލާންކޮށްފައެވެ. އަދި މި އުސޫލުގެ އިތުރުން މުސާރައިގެ ބައެއް އެޓަންޑެންސް އެލަވަންސް ކަމަށް ބަލައި، އެވެސް ލިބެނީ ހަމަ އެކަނި ހާޒިރުވާ ދުވަސްތަކަށް ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މުއިއްޒު ވަނީ 3 އޮކްޓޯބަރުގެ މުޒާހަރާ ނިމުމުން މި އުސޫލު ސަރުކާރު ހުރިހާ އޮފީހެއްގައި ކުރިއަށް ގެންދިޔުމަށްވެސް އަންގާފައެވެ. ރައްޔިތުންގެ މުސާރަ ލޫޓުވުމަށް ރައީސް މުއިއްޒު ނިންމާފައި މިވަނީ، ސިޔާސީ ވަޒީފާ އިތުރުކޮށް، ނާގާބިލު މީހުންނަށް ވަޒީފާދިނުމަށް ބޭނުންވާ ފައިސާ ބަޖެޓުން މަދުވާތީ ސިޔާސީ ފަރާތްތަކަށް ބޮޑު މުސާރަ ދިނުމަށްޓަކައެވެ.

ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އާސަންދަ ނުލިބޭތާގައި، އާންމުކޮށް މުހިންމު ބަލިތަކަށް ބޭނުންވާ ބޭސް ރާއްޖެއިން ނުލިބި ފަރުވާ ނުލިބި މީހުން ދަނީ ބަލި ހާލު ބޮޑުވެ މަރުވަމުންނެވެ. މިހާލަތުގައި ގައުމު އޮއްވައި މުއިއްޒު ނިންމެވީ އެމީހުންގެ މުސާރަވެސް ބަލި އެނދުގައި އޮއްވާ ފޭރި ގަތުމަށެވެ.

މަތީގައި އެވަނީ މޯލްޑިވްސް ގޭސް އިން މުއިއްޒު އަންގައިގެން ބަލި އެނދުގައި އޮންނަ ބަލިމީހާގެ މުސާރަ ފޭރުމަށް ހަދާފައިވާ އުސޫލަށް އަމަލު ކުރަން ފޮނުވި މެމޯއެވެ. މި އުސޫލުން މިހާރު ދަނީ ހުރިހާ ސަރުކާރު ކުންފުނިތަކެއްގައި މުއިއްޒު އަންގައިގެން އަމަލު ކުރަމުންނެވެ. އަދި 03 އޮކްޓޯބަރުގެ މުޒާހަރާ ނިމުމުން ސިވިލްސާރވިސްއިންވެސް މުއިއްޒުގެ މި އަނިޔާވެރި އުސޫލަށް ތަބާވުމަށް ވަނީ އަންގާފައެވެ. މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގެ ސަރުކާރަކުން ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. ރައީސް މުއިއްޒު އަކީ މުޅި އޭޝިޔާގެ ތާރީޚުގައި ގައުމެއްގައި ވެރިކަން ކުރި އެންމެ ނާގާބިލު އެންމެ އަނިޔާވެރި އެއް ރައީސްއެވެ.