ޚަބަރު

އާރުޑީސީގެ މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލާ ވަޒީފާއިން ވަކި ކުރުމަށް، ޗިޓްތަކުގަ ސޮއި ކުރަމުންދާ ހެޑް އޮފް ހިއުމަން ރިސޯސްއަކީ އެމްޑީޕީގެ ވެރިކަމުގެ ވަޒީފާ ދިން މީހެއް، މިހާރު ހުރީ ކުލަ ބަދަލުކޮށް ޕީއެންސީގައި

ދިޔަވަރު
އާރުޑީސީގެ މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލާ ވަޒީފާއިން ވަކި ކުރުމަށް، ޗިޓްތަކުގަ ސޮއި ކުރަމުންދާ ހެޑް އޮފް ހިއުމަން ރިސޯސްއަކީ އެމްޑީޕީގެ ވެރިކަމުގެ ވަޒީފާ ދިން މީހެއް، މިހާރު ހުރީ ކުލަ ބަދަލުކޮށް ޕީއެންސީގައި

ވެރިކަން ލިބިއްޖެނަމަ، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ވިދާޅުވެ، ދޮގާއި މަކަރާއި ހީލަތުން ވެރިކަން ހޯދުމަށްފަހު، މުއިއްޒުގެ އަމުރަށް ކުންފުނިތަކުން މުވައްޒަފުން ވަޒިފާއިން ވަކިކުރަމުންދާ ސިލްސިލާގެ އެންމެ ކުރީގައި އޮން ކުންފުނި ކަމުގައިވާ، އާރުޑީސީގެ މުވައްޒަފުން ސިޔާސީ ވިސްނުމަށް ބަލާ ވަޒީފާއިން ވަކުުރުމަށް ޗިޓްތަކުގައި ހެޑް އޮފް ހިއުމަން ރިސޯސްގެ ގޮތުން ޗިޓްތަކުގައި ސޮއިކުރަމުންދާ އަހުމަދު ފަހުމީއަކީ އެމްޑީޕީގެ ވެރިކަމުގައި އެ ކުންފުނިން ވަޒީފާ ހޯދާ، ވެރިކަން ބަދަލު ވުމާއެކު ކުލަ ބަދަލުކޮށް ޕީއެންސީއަށް ސޮއި ކޮށްގެން އުޅޭ މީހެއްކަން ހާމަ ވެއްޖެއެވެ.

"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ފަހުމީ އާރުޑީސީން ވަޒީފާ ހޯދާފައިވަނީ އެމްޑީޕީގެ ވެރިކަމުގައި، އޭރު އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުގެ އެހީތެރިކަމުގައެވެ. އަދި އޭނާ ވަނީ ފާއިތުވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ފުޅާ ދާއިރާއެއްގައި ކެމްޕޭންވެސް ކޮށްދީފައެވެ. އޭނާ އޭރު ކެމްޕޭންގައި މަސައްކަތް ކޮށްފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރި އިބުރާހިމް އަމީރުއާއެކީކަމަށްވެސް އެނގިފައި ވެއެވެ.

އެހެންނަމަވެސް ވެރިކަން ބަދަލު ވުމާއެކު މިސަރުކާރުގެ އިސް ބައެއް ފަރާތްތަކާ ގުޅިގެން އޭނާވަނީ ކުލަ ބަދަލުކޮށް ޕީއެންސީއަށް ސޮއިކޮށްފައެވެ. އެއާއެކު އެމްޑީޕީގެ ސިޔާސީ ފިކުރަށް ނިސްބަތްވާކަމަށް ތުހުމަތުކޮށް އާރުޑީސީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ފޮނުވާ ޗިޓްތަކުގައި ހެޑް އޮފް ހިއުމަން ރިސޯސްގެ ނަމުގައި ސޮއި ކުރަމުންދަނީ އަހުމަދު ފަހުމީއެވެ.

އެމްޑީޕީގެ ވެރިކަމުގައި ވަޒީފާ ހޯދުމަށްފަހު، ކުލަ ބަދަލުކޮށް މިސަރުކާރުގައި ވަޒީފާ ދަމަހައްޓަމުންދާ "ބޯވަތައް" ވަރަށްވެސް ގިނައެވެ. އަދި އާދައިގެން ރައްޔިތުންގެ ވަޒީފާ ގެއްލުވާލުމަށް މިސަރުކާރުން ބޭނުން ކުރަމުންދަނީވެސް މިފަދަ "ބޯވަ" ތައްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކު ނުކުރާނެ ކަމުގައެވެ.

އެހެންނަމަވެސް މުއިއްޒުގެ އެންގެވުމަށް ފެނަކައިންނާއި އާރުޑީސީންނާއި އަދު އެނޫންވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުން ވަނީ އެތައް ސަތޭކަ މުވައްފުންނެއް ވަޒީފާއިން ވަކިކޮށް, އެ މުވަޒަފުން މަގުމަތިކޮށް ހާލުގައި ޖައްސާފައެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުންގެ ތެެރެއިން, ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ނޫޅޭ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބިރު އެކުންފުނިން ދަނީ ދައްކަމުންނެވެ.