ޚަބަރު

2.5 ބިލިއަން ރުފިޔާ ރައީސް މުއިއްޒު ޕްރިންޓް ކޮށްފި

ދިޔަވަރު
2.5 ބިލިއަން ރުފިޔާ ރައީސް މުއިއްޒު ޕްރިންޓް ކޮށްފި

ޚުލާޞާ:

  • ރައީސް މުއިއްޒު ފައިސާ ޗާޕުނުކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވެ، ރައްޔިތުންނަށް ވައުދު ވުމަށްފަހު، ޗާޕްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
  • ފައިސާ ޕްރިންޓް ކުރުމަށް، 2.5 ބިލިއަން ރުފިޔާ އެމްއެމްއޭއިން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، ދެން ޕެންޝަން ފަންޑުން ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓްކުރުމަށް ހަމަޖެހިފައި ވެއެވެ. މިއީ އެމްއެމްއޭއިން ފައިސާ ޕެންޝަނަށް ދިނުމަށްފަހު، ހަމަ އެ ފައިސާ ސަރުކާރަށް ނެގުމެވެ.
  • ޕެންޝަން އޮފީހުގެ ބޯޑުން މި ހަފުތާގައި މި މުޢާމަލާތްތަކަށް ހުއްދަ ދީފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
  • މި ގޮތަށް ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޕްރިންޓް ކުރުމަކީ ޤާނޫނު ތަންދޭތަނަކަށް ނުވާއިރު މިކަމުގައި ބައިވެރިވި ބޯޑު މެމްބަރުންނާއި ދެކޮޅަށް އަންނަ ސަރުކާރެއްގައި ދައުވާ ކުރާނެ ކަމަށް ބެލެވެއެވެ.

އިޤްތިޞާދަށް ކުރާނެ އަސަރު:

  • ރުފިޔާގެ އަގު ދަށްވެގެންދާނެ
  • ޑޮލަރު އަގުބޮޑުވެ، ޕެރަލަލް މާކެޓް އިތުރަށް ގޯސްވާނެ
  • އިންފްލޭޝަން އިތުރުވާނެ
  • ވިޔަފާރިތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވާނެ

ކުރީގެ މަސައްކަތްތައް:

  • މީގެކުރިން 14 ބިލިއަން ރުފިޔާ ޗާޕްކުރަން ހުޅުމާލެއިން ބިން ގަތުމަށް އެމްއެމްއޭއިން މަސައްކަތްކުރި
  • ފާޑުކިޔުންތައް އިތުރުވުމާއެކު އެ މަސައްކަތް މަޑުޖެހުނު
  • އޭރު އެމްއެމްއޭ ބޯޑުގެ ދެ މެންބަރަކު އެކަމާއި ހިތްހަމަ ނުޖެހިގެން އިސްތިޢުފާދިން

ދެންވާނެ ގޮތް:

  • ފައިސާ ޗާޕްކޮށްފިނަމަ ޑޮލަރުގެ އަގު 30 އަށް ރުފިޔާއަށް އަރާނެކަމަށް މާލީ ދާއިރާގެ މާހިރުން ވިދާޅުވޭ.
  • މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތާއެކު މިހާރުވެސް ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި.

މުދަލުގެ އަގު އުފުލި، ވިޔަފާރިތަކަށް ގެއްލުންވަމުންދާކަމަށް ވިޔަފާރިވެރިން ބުނަމުންދާއިރު، މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ އާންމު ރައްޔިތުންނަށެވެ. ފައިސާ ޕްރިންޓް ކުރުން މި ގޮތަށް ވަކި އިމެއް ނެތި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވިސްނާފައިވާއިރު، މިއީ ސީދާ ކަނޑައެޅިގެން ޤާނޫނާއި ޚިލާފު ކަމެކެވެ.