ޚަބަރު

މަޖިލިހުގައި އެންމެ ގިނައިން ވައްކަމުގެ ވާހަކަ ދައްކާ، ވައްކަމުގެ ސާބިތު ނުހިފޭ އެތައް ތުހުމަތެއް އަނެކުންގެ ބޮލުގައި އަޅުވާ އަބުރު ކަތިލަމުން ދަނީ މި ރާއްޖެގައި އުފެދުނު އެންމެ ބޮޑު އެއް ވަގު ޖަނގިޔާ ނާޒިމް، ގައުމުގެ މިއަދުގެ ހާލަތު!

ދިޔަވަރު
މަޖިލިހުގައި އެންމެ ގިނައިން ވައްކަމުގެ ވާހަކަ ދައްކާ، ވައްކަމުގެ ސާބިތު ނުހިފޭ އެތައް ތުހުމަތެއް އަނެކުންގެ ބޮލުގައި އަޅުވާ އަބުރު ކަތިލަމުން ދަނީ މި ރާއްޖެގައި އުފެދުނު އެންމެ ބޮޑު އެއް ވަގު ޖަނގިޔާ ނާޒިމް، ގައުމުގެ މިއަދުގެ ހާލަތު!

ރައްޔިތުންގެ މަޖިލީހަށް ވަދެވުމާއެކު އެމީހަކު ހުދު ސާފު ފޮތިކޮޅަކަށް ވީތޯއެވެ. ނޫނީ ސީދަލަަށް ހުރި އަލިފަކަށް މީހާވެ، ތިމާއަކީ ދެންތިބި އެންމެގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އަޅުވަން ހުރި، އެންމެ ތެދުވެރި މީހާއަށް މީހާ ވެގެން ދަނީތޯއެވެ.

އެހެނަކުންނެއް ނޫނެވެ. ކަނޑުގައި އޮތަސް، ވަލުގައި އޮތަސް އަދި ވަދެ ރައްޔިތުންގެ މަޖިލީހައި އިނެއްކަމަކު އެމީހަކާއި ހަމައަށް އިންސާފު ވާސިލްވާން ޖެހޭނެއެވެ. ތިމާއަކީ އަމުދުން ބޮޑު ވެގެންވާ ވަގެއްކަމަށްވާނަމަ، އަނެކުންގެ ވާހަކަ ދައްކާ، ސާބިތު ނުހިފޭ ވައްކަމާ ކޮރަޕްޝަނާއި އަދި އެނޫންވެސް އެޒާތުގެ ވާހަކަ ދެއްކުމުގެ ހައްގެއް އެއްވެސް މެމްބަރަަކަށް ލިބިދީފައެއް ނޯވެއެވެ.

އެހެންނަމަވެސް މިހާރުގެ ރައްޔިތުންގެ މަޖިލީހަށް ނަޒަރެއް ހިންގާލާއިރު ތަމްސީލުވަމުން ދަނީ ވަރަށްވެސް އާދަޔާ ޚިލާފު މަންޒަރަކެވެ. އެއީ މަޖިލީހުގައި އަނެކުންގެ ބޮލުގައި ވައްކަމާއި ފަސާދައިގެން ތުހުމަތު އަޅުވާ، ސާބިތު ނުހިފޭ އެ ޒާތުގެ ވާހަކަށް ދެއްކުމުގައި އެންމެ އަރާހުރި ފަރާތަކީ "ޖަނގިޔާ" ނާޒިމްް ކަމަށް ވުމެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ނައިބު ރައީސެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި "ޖަނގިޔާ" ނާޒިމްްއަކީ ދިވެހިރާއްޖޭގައި ނެތްވަރުގެ ބޮޑު "ވަގެއް"ކަން މިއީ އެންމެހާ ދިވެހި ރައްޔިތުންގެވެސް ދަންނާނޭ ވަރަށްވެސް ބޮޑު ހަގީގަތެކެވެ. ރައީސް ޔާމިންގެ އެހީތެރިކަމާއެކު، ނާޒިމް ދައުލަތުގެ މުދަލުން ވައްކަން ކުރާން ފަށާފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އެއީ އަބުދުالله ހަމީދުގެ އެޓޯލްސް މިނިސްޓަރު ކަމުގައެވެ. އެއަށްފަހު އައި ހުރިހާ ވެރިކަމެއްގައިވެސް އޭރަކު އޮންނަ ސަރުކާރެއްގެ އިސްވެރީންގެ ވިސްނުމަށް ސަވާރުވެ، ދައުލަތުގެ މުދަލުން ވައްކަން ކުރުމުގައި އެންމެ އަރާހުރި އެކަކަށް ވެގެން ގޮސްފައިވަނީ މި "ޖަނގިޔާ" ނާޒިމްްއެވެ.

"ޖަނގިޔާ" ނާޒިމްް ތަކުރާރުކޮށް އެތައް ބައެއްގެ ބޮލުގައި ސާބިތު ނުހިފޭ ކޮރަޕްޝަންގެ ތުހުމަތާއި ބަދުނާމު އަޅުވަމުންދާއިރު، މި ސަރުކާރުގަވެސް އޭނާ ކުރަމުންދާ ވައްކަންތައް ހުރީ މެކުހަށް ޖަހާފައެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް އައްޔަން ކުރި މުއާޒު ރަޝީދަށް އެމްޑީގެ މަގާމުން އިސްތިައުފާދިނުމަށް މަޖުބޫރު ކުރުވީވެސް "ޖަނގިޔާ" ނާޒިމްް ބޭނުންވާ ވަރަށް އެ ކުންފުނި މެދުވެރިކޮށް ކޮރަޕްޝަންގެ ވަގު ޑީލްތައް ކަޓު ނުކުރެވިގެންނެވެ.

އެހެންނަމަވެސް "ޖަނގިޔާ" ނާޒިމްް ދަނީ ސާބިތު ނުހިފޭ އެތައްކަމަކުން ރައްޔިތުންގެ މަޖިލިހުގެ ފްލޯގައާއި ކޮމިޓީތަކުގައި އަނެއްކުން އަބުރަށް އަރައިގަންނަމުންނެވެ. އަނެކުންގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަަތައް އެންމެ ފުންނާބު އުސްކޮށް ދައްކަމުންދަނީ މިރާއްޖޭގައި އުފެދުނު އެންމެ ބޮޑު މި ވަގެވެ. އޭނާ މާޒީގައި ހިންގާފައި ހުރި ކޮރަޕްޝަނާއި ފަސާދައިގެން އަމަލުތަކަކީ އެންމެ ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި ހުރި ކަންކަމެވެ. އާދޭހެވެ! ގައުމުގެ މިއަދުގެ ހާލަތެވެ. ގައުމުން 3 ބާިރގެ ތެރެއިން 1 ބާރުގައި ވަގުން ވަކިކޮށް ގޮތް ކިޔުއްވަން އިންނެވީ މިރާއްޖޭއި އުފެދުނު އެންމެ ބޮޑު ވަގެވެ. މިއީ މިއަދުގެ ހާލަތެވެ.