ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއަށް ރޭޑިއޯ ފްރިކުއެންސީ ފޮނުވުމަށް ސްރީ ލަންކާގެ "ތާންތުރީ ޓްރެއިލާސް" ކިޔާ ކުންފުންޏަކާ ހަވާލުކުރި "ނިއު މީޑިއަމް ވޭވް ޓްރާންސްމިޓިން ސްޓޭޝަން ޕްރޮޖެކްޓް" ގެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމާ ގުޅިގެން، އިތުރު ސުވާލުތަކެއް އުފެދިޖެއެވެ.
މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލި އިރު މިއީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި މޭ 2015 އިން ނޮވެމްބަރ 2018 އަށް ހުރި އިބްރާހިމް ޚަލީލުގެ މަސްލަހަތު އޮތް މައްސަލައެކެވެ.
ޕީއެސްއެމް އިން ލަންކާގެ ފޭކު ކުންފުންޏަކަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ، 2017 އަހަރުއެވެ. މިކަމުގެ އަޑީގައި ހުރީ މިހާރުގެ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މިނިސްޓަރުގެ މަގާމުގައި ހުރި އިބްރާހިމް ޚަލީލުއެވެ.
ދައުލަތަށް މިފަދަ ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ފޭކު ކުންފުންޏަކަށް މި މައްސަލަ އިބްރާހިމް ޚަލީލު ދީފައި ވުމުގައި އޮތީ ކޮރަޕްޝުގެ ތެރެއިން ޕޭޕާ ކުންފުންޏަކަށް ފައިސާ ތަކެއް ދީގެން ފައިސާ ނެގުން ކަމުގައި ބެލެވެއެވެ.
2023 ގައި ހުށައެޅުނު މި މައްސަލަ ހިނގައި ގަތީ މި ސަރުކާރު އައުމަށް ފަހުއެވެ. އޭގެ ފަހުން މި މައްސަލައަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ޚަލީލު ދަނީ ނުފޫޒު ފޯރުވަމުންނެވެ. މި ގޮތުން ކޯޓުން ފާހަގަ ކޮށްފައިވަނީ މި މައްސަލައާއި ގުޅޭ އަސާސީ މައުލޫމާތު ވެސް ލިބެން ނެތްކަމަށެވެ.
ޚަލީލު ވަނީ މި މައްސަލާގައި ކޯޓަށް ދޭން ޖެހޭ އެއްބާރު ލުން ނުދިނުމަށް ޕީއެސްއެމް އަށް އަންގާފައެވެ. މި މައްސަލައާ ގުޅޭ ލިޔެކިއުންތައް ޕީއެސްއެމުން ތާންތުރީ ޓްރެއިލާސް އާ ރައްދުކުރެވިއްޖެ ނަމަ އެ ކަން މިދިޔަ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހު ކޯޓާ ހިއްސާކުރުމަށް ކޯޓުން ވަނީ އަންގާފައެވެ. ނަމަވެސް ޕީއެސްއެމުން މިއަދާ ހަމައަށް ވެސް ވާނުވާ ނާނގާ ކަމަށް، ގާޒީ ފާހަގަކުރައްވާފައިވެއެވެ.
މިކަމާއި ގުޅިގެން އިއްވި ހުކުމުގައި ބުނެފައިވަނީ، 2023 ގައި ހުށަހެޅި އެ މައްސަލައިގެ، އަސާސީ މައުލޫމާތު ލިބެން ނެތް ހާލަތުގައި އެ މައްސަލައަކީ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއްވެސް ފިޔަވަޅެއް އެޅެން ނެތް ގޮތެއްގައި މައްސަލަ ކޯޓުގައި ބޭއްވުމުގެ ބަދަލުގައި މައްސަލަ ނިންމަން ޖެހޭތީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރަން ގާޒީ ނިންމެވީ އެވެ.
ޕީއެސްއެމްގެ އީއީޒެޑް ޕްރޮޖެކްޓަށް ދިޔަ ފައިސާއާ މެދު ޒިންމާދާރު ވާންޖެހޭ ފަރާތަކީ މިހާރުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސްގެ މިނިސްޓަރު އިބްރާހިމް ޚަލީލް، ކަމަށް ވާއިރު އޭނާގެ މި މައްސަލަ އޭސީސީއަށް ހުށައަޅައި ތަހުގީގު ކުރަން ޖެހެއެވެ. "ތާންތުރީ ޓްރެއިލާސް" އަށް ދިން ފައިސާއިން ޚަލީލުގެ އަކައުންޓަށް ވަދެފައިވަނީ ކިހާ ފައިސާއެއްތޯ ބަލަން ޖެހެއެވެ.
ރައީސް މުއިއްޒުގެ އަރިހުގައި ކުޑައިން ބޮޑަށް ތިބީ މިފަދަ ބޮޑެތި ވަގުންނެވެ.