ޚަބަރު

ރިޝްވަތުގެ ކުށުގައި ދައުވާ ކޮށްދޭން އެދިފައި ވަނިކޮށް، ވަގު ސިގިރެޓްގެ މައްސަލާގައި ހައްޔަރު ކުރި މުއާޒް އަލީ އަދިވެސް މިފްކޯގެ ވަޒީފާއިން ވައްކެއް ނުކުރޭ، އޭނާއަށް ހިމާޔަތް ދެމުންދަނީ ޖަނގިޔާ ނާޒިމް

ދިޔަވަރު
ރިޝްވަތުގެ ކުށުގައި ދައުވާ ކޮށްދޭން އެދިފައި ވަނިކޮށް، ވަގު ސިގިރެޓްގެ މައްސަލާގައި ހައްޔަރު ކުރި މުއާޒް އަލީ އަދިވެސް މިފްކޯގެ ވަޒީފާއިން ވައްކެއް ނުކުރޭ، އޭނާއަށް ހިމާޔަތް ދެމުންދަނީ ޖަނގިޔާ ނާޒިމް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއް ކަމަށްވާ މުޢާޒް ޢަލީ (ހ. ނިއުހެޕިނަސް، މާލެ)ގެ މައްޗަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައި ވަނިކޮށް، އެމްޕީއެލްއިން ވަގަށް ބޭރުކުރި 13 މިލިއަން ސިގިރެޓްގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މުއާޒް އަލީ ވަޒީފާއިން ވަކި ނުކުރާން މުއިއްޒު ނިންމާފައިވާ ޔަގީން ވެއްޖެއެވެ.

މީގެ ކުރިން އޭސީސީ އިން ވަނީ، 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްއިން ދޫކޮށްފައިވީނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާތީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުޢާޒް ޢަލީ ރިޝްވަތަށް އެދިފައިވާކަން ތަޙުޤީޤުން ހޯދިފައިވާ ވާތީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައެވެ. އެހެންނަމަވެސް މި ކޮރަޕްޝަންގެ މައްސަލައާއެކުވެސް އޭނާ ދިޔައީ މިފްކޯގެ ސީނިއަރ މަގާމެއްގައި ވަޒީފާ އަދާކުރަމުންނެވެ. ކޮރަޕްޝަންގެ މި ބޮޑު ތުހުމަތާއެކުވެސް އޭނާ ވަޒީފާއިން ވަކިކުރުމަށް މުއިއްޒު ފަސްޖެހުނީ ޖަނގިޔާ ނާޒިމް އޭނާއަށް ހިމާޔަތް ދެމުން ދިއުމުގެ ސަބަބުންނެވެ. އެނގިފައިވާ ގޮތުގައި މުއާޒު އަލީއަކީ ޖަނގިޔާ ނާޒިމްއާއި އާއިލީ ގުޅުން އޮންނަ ފަރާތެކެވެ.

މިމައްސަލަ ޕީޖީއަށް ހުށަހަޅާފައި ވަނިކޮށް، އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓް ވަގަށްނެގި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައިވެސް އޭނާ ހިމެނިފައި ވެއެވެ. އެހެންނަމަވެސް މިމައްސަލާގައި އޭނާ ހައްޔަރު ކުރުމާއި ގުޅިގެން އޭނާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވި ނަމަވެސް މިހާތަނަށްވެސް އޭނާ ވަޒީފާއިން ވަކިކޮށްފައެއް ނުވެއެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް ޖަނގިޔާ ނާޒިން ގެންދަނީ އޭނާގެ ސަސްޕެންޝަން އުވާލާ އޭނާ ވަޒީފާއަށް ނުކުތަ ދިނުމަށް މަސައްކަތް ކުރަމުންނެވެ.

މުއާޒު އަލީ (48 އަހަރު) ވަގު ސިގިރެޓްގެ މައްސަލާގައި ބަންދުކުރުމަށް އަމުރު ކޮށްފައިވަބީ ފަސް ދުވަހަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ބަންދުން ދޫކޮށްލުމާއެކު މުއިއްޒުވަނީ އޭނާގެ މައްސަލައެއް ނެތްކަމަށް ނިންމާ އޭނާ ވަޒީފާއަށް ނިކުތުމުގެ ހުއްދަ ދިނުމަށް ނިންމާފައެވެ. މުއިއްޒު މިގޮތަށް ނިންމާފައިވަނީ، މުއާޒު އަލީގެ މައްސަލައެއް ނެތްކަމަށް ނިންމުމަށް މަޖިލިސް ނައިބު ރައީސް ޖަނގިޔާ ނާޒިމް މުއިއްޒުއަށް ޕްރެޝަރުން ކޮށްގެންކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައި ވެއެވެ.