ޚަބަރު

އެމް.ޕީ.އެލްގެ 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމާއި ސިގިރެޓް ހެއިސްޓްގެ އަޑީގައި ތިބި މުޖާހިދާއި، މުޒުނީއަށް ރައީސް މުއިއްޒު ދަނީ ހިމާޔަތް ދެމުން

ދިޔަވަރު
އެމް.ޕީ.އެލްގެ 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމާއި ސިގިރެޓް ހެއިސްޓްގެ އަޑީގައި ތިބި މުޖާހިދާއި، މުޒުނީއަށް ރައީސް މުއިއްޒު ދަނީ ހިމާޔަތް ދެމުން

އެމް.ޕީ.އެލްގައި ހިނގަމުން ދާ ވައްކަން ތައް ނިމިގެން ދަނީ ދިމްޔާތަށް ބައި އެޅިގެންނެވެ. އެމްޕީއެލްގައި ހިނގަމުންދާ ވައްކަމުގެ އެންމެ ފުނުގައި ތިބީ އެމްޕީއެލް މަދު ވަކި މުއައްޒަފުން ތަކެކެވެ. ރައީސް މުއިއްޒު އެބަޔަކު ލައްވައި ވައްކަން ކުރުވަމުންދާ ބޮޑެތި ވަގުންތަކެކެވެ. އެމްޕީއެލް ތެރޭގައި ވަގުންނަށް ހިމާޔަތް ދެމުން ދަނީ ޗީފް އޮޕަރޭޝަން އޮފިސަރ ޙަސަން މުޒްނީއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2018 އިން 2020 އަށް އެމް.ޕީ.އެލްއިން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފް.އެސް.އެމް) މެދުވެރިކޮށް ގަތް 90.8 މިލިއަން ރުފިޔާގެ ތެލުގެ ތެރެއިން 28.3 މިލިއަން ރުފިޔާގެ ތެޔޮ ވަނީ ގެއްލިފައެވެ. އެއީ ގަތް ޖުމްލަ ތެލުގެ %32 އެވެ. މިކަން ކޮށްފައިވަނީ ބޭނުންނުކުރާ ޓަގްބޯޓުތަކަށް ތެޔޮ އެޅި ކަމަށް ލިޔެ އެ ތެޔޮ ވަގަށް ނެގުމާއި، ތެލުގެ ބަޖެޓު ނުބައިކޮށް އެކުލަވާލައިގެން ސިސްޓަމެޓިކްކޮށް ބޭނުން ނުވާ ވަރަށް ތެޔޮ ގަނެގެންނެވެ.

ތެލުގެ ވައްކަން ހިންގައިދިން ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ވެރިޔާ މުޖާހިދު އަނީސް، މިހާރު ކާގޯ ޑިޕާޓްމަންޓްގެ ވެރިއެއްގެ ގޮތުގައި އައްޔަން ކުރީ މި ސަރުކާރުންނެވެ. ވެރިކަން ލިބުމުން މައްސަލަ ބެލުމުގެ ބަދަލުގައި ދިނީ އިތުރު ބާރުވެރިކަމެވެ. ސިގިރެޓް ހެއިސްޓްގައި އޮތް އޭނާގެ ބައިވެރިވުން ސިއްރު ކޮށް އޭނާ އަށް ހިމާޔަތް ދެމުން ދަނީ އެމްޕީއެލް ތެރެއިން މުޒުނީއެވެ. ސިގިރެޓް ހެއިސްޓް ހިންގާފައިވަނީ ކާރގޯ ޑިޕާޓްމެންޓުގެ ބައެއް މުއައްޒަފުން ބޭނުންކޮށްގެން މުޖާހިދު އެވެ. މުޖާހިދުއަށް ކަން ކުރަންވީ ގޮތް އަންގަމުން ދަނީ މުޒުނީ (އެމްޕީއެލްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ) އެވެ.

މުޒުނީ ވަނީ ސެކިއުރިޓީގެ ވެރިޔާ ބަދަލުކޮށް، ޕީ.އެން.ސީގެ އެކްޓިވިސްޓެއް އެ މަގާމަށް ނަގައި އެމް.ޕީ.އެލްއިން ކުރާ ތަޙުޤީޤް ބޭނުން ގޮތަކަށް ބަދަލުކޮށް ތަހުގީގަށް ނުފޫޒު ފޯރުވައި އެކަމުގައި ބައިވެރިވާ މީހުން ހިމާޔާތް ކުރަމުންނެވެ.

ޗީފް އޮޕަރޭޝަން އޮފިސަރ ޙަސަން މުޒްނީ ތަޙުޤީޤަށް ފާޅުގައި ނުފޫޒު ފޯރުވަމުންދާކަމުގެ ޝަކުވާ އިންތިހާއަށް އޮތް އިރު، ރައީސް މުއިއްޒުގެ ސަރުކާރުން އެކަމާއި އެއްވެސް ފިޔަވަޅެއް ނާޅައި އޭނާއަށް ހިމާޔަތް ދީގެން އުޅެނީ ރައީސް މުއިއްޒަށް މި ވައްކަންތަކުން ބައި އެޅޭތީ އެވެ.

މީގެ ކުރިން ހަސަން ކުރުސީ ވަނީ ހެއްކާއި އެކު މުޒްނީގެ ބެލުމުގެ ދަށުން ވަގަށް ސިނގިރެޓާއި މުދާ އެތެރެ ކުރާ ވާހަކަތައް ތަކުރާރުކޮށް ގެނެސްފައެވެ.

މުޒްނީއަކީ ސިގިރެޓް ހައިސްޓްގެ ތުހުމަތު ކޮށް ހައްޔަރު ކޮށްފައިވާ ދިގަލީގެ މުދާތައް މާލެ އައުމުން އެ ނެރެދިނުމުގައި އަބަދުވެސް "ފަސޭހަކޮށް" ކްލިއަރެންސް ނިންމަން އަންގަ ދޭ މީހާކަމަށް އެ ޑިޕާޓްމަންޓްގެ މުވައްޒަފުން ދިޔަވަރު ނޫހަށް މައުލޫމާތު ދީފައިވެއެވެ.

މުޒްނީ ވަނީ މިހާރު އެޕޯލޯގެ 3 ފްލެޓް އެއްފަހަރާ ހުޅުމާލެއިން ގަނެ އާއިލާއާއެކު ހުޅުމާލޭގައި ދިރިއުޅުން ބަދަލު ކޮށްފައެވެ. މިއީ އެމްޕީއެލް އަށް ވަގަށް މުދާ އެތެރެ ކޮށްދިނުމުގައި އޭނާ ވެދޭ އެހީތެރިކަމަށް ލިބޭ ފައިސާގެ އަދި ކުޑަ މިންވަރެކެވެ.

މި ހުރިހާ ވައްކަމަކަށް މަގުފަހި ކޮށްދެނީ ރައީސް މުއިއްޒުއެވެ. މުޒުނީއަކީ ކުރީގެ ކަސްޓަމްސް ކޮމިޝަނަރ މާނިއުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. މާނިއު މަޤާމުން ދުރުކޮށްފައިވަނީ ސިގިރެޓާ ގުޅުންހުރި މައްސަލައެއްގެ ތުހުމަތު ސޯޝަލް މީޑިއާގައި ދައުރުވެ، އެކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އިތުރުވުމުން، އެ އަޑުތައް މައިތިރި ކުރުމަށެވެ.

ސިނގިރެޓުގެ ބްލެކް މާކެޓެއް ރާއްޖޭގައި އުފައްދައި އެއިން ފައިދާ ހޯދުމަށް ރައީސް މުއިއްޒު ވަނީ އޭނާއަށް ވައްކަންކޮށްދޭ ފަރާތްތައް ހޯދައި އެމްޕީއެލްގެ ބާރުތައް އެ ފަރާތްތަކާއި ހަވާލު ކޮށްފައެވެ. ސިނގިރެޓް އަގު އިންތިހާއަށް ބޮޑުކޮށް ބްލެކް މާކެޓް އުފަން ކުރުވީ ރައީސް މުއިއްޒު އޭނާގެ ވަގުންތައް މަގާމުތަކަށް އައްޔަން ކުރުމަށް ފަހުއެވެ.