ޚަބަރު

ހުވާ ކުރުމުގެ ރަސްމިއްޔާތު، ޔާމީނަށް ބައިވެރި ނުވެވޭ ގޮތަށް ބޭއްވުމަކީ ބޭއިންސާފެއް: މަލީހް

ދިޔަވަރު
ހުވާ ކުރުމުގެ ރަސްމިއްޔާތު، ޔާމީނަށް ބައިވެރި ނުވެވޭ ގޮތަށް ބޭއްވުމަކީ ބޭއިންސާފެއް: މަލީހް

ޕީޕީއެމްޕީއެންސީގެ އުފާފާޅުކުރުމުގެ ރަސްމިއްޔާތެއް ރައީސް ޔާމީނަށް ބައިވެރި ނުވެވޭ ގޮތަށް ކުރިޔަށް ގެންދިއުމަކީ ބޭއިންސާފެއް ކަމަށާއި، ހުވާކުރުމުގެ ރަސްމިއްޔާތު ބޯމަތިވިއިރު އަދިވެސް ރައީސް ޔާމީން އަނިޔާގެ ޝިކާރައަކަށް ވެ އެކަމުގެ ވޭނުގައި ހުންނެވި ކަމަށާއި، އަދި ރައީސް ޔާމީން މިނިވަންކުރުމަށް އެދި މަލީހް ޖަމާލް އެކްސްގައި ޕޯސްޓެއް ކުރައްވާފިއެވެ.

އަދީބު މިނިވަން ވުމާއި ގުޅިގެން ރައީސް ޔާމީން ކޯޓުން ބޭރުން މިނިވަން ކުރުމަށް ދަނީ ޕީޕީއެމް މެމްބަރުން ގޮވާލަމުންނެވެ. ރައީސް ކަމަށް ވަޑައިގަންނަވާ ދުވަހު މުއިއްޒަށް ލިބޭ ބާރުގެ ތެރެއިން އަފުއާމުކޮށް ދިނުމަށް ޔާމީނުގެ ސަޕޯޓަރުން ދަނީ ގޮވާލަމުންނެވެ.

https://twitter.com/maleehjamal/status/1725128707080429903?s=46&t=iMSKob1BcUE3NSchi6TLOA

ޔާމީނާއި، މުއިއްޒުގެ ގުޅުން މިހާރުވެސް ވަނީ ހީނަރުވެފައެވެ. އަދި ޔާމީނު ދޫކޮށްލާނެ ކަމުގެ އުންމީދުވެސް ވަނީ ފަނޑުވެފައެވެ. އަދި ޔާމީނު މިނިވަން ވަންދެން އެމަނިކުފާނު ވަނީ ސިޔާސީ އެއްވުންތައް މިވަގުތަށް މަޑުޖައްސާލާފައެވެ.