ޚަބަރު

ހުވާކުރުމުގެ ރަސްމިއްޔާތުގައި ޔާމީން ބައިވެރި ކުރުމަށް މުއިއްޒުގެ ފަރާތުން ކަރަކްޝަންގައި އެދިފައެއް ނުވޭ: ގާނޫނީ ވަކީލު

ދިޔަވަރު
ހުވާކުރުމުގެ ރަސްމިއްޔާތުގައި ޔާމީން ބައިވެރި ކުރުމަށް މުއިއްޒުގެ ފަރާތުން ކަރަކްޝަންގައި އެދިފައެއް ނުވޭ: ގާނޫނީ ވަކީލު

މުއިއްޒުގެ ވަކީލެއްގެ ފަރާތުން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕީއެންސީ/ޕީޕީއެމްގެ ލީޑަރޝިޕުން ޔާމީން ހުވާކުރުމުގެ ހަފްލާގައި ބައިވެރިކުރުމަށް ކަރެކްޝަން ސަރވިސްގައި އެދިފައި ނުވާކަމަށެވެ. އެއްވުންތަކުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާތީ މިހާރު ކަރަކްޝަނުން ވަނީ އެންމެ ފަހުގެ އިންޒާރު ދެއްވާފައި ކަމަށާއި، އެހެން އެކަން އޮއްވައި މުއިއްޒުގެ އެހީތެރިކަމާއި ނުލައި، ހުވާކުރުމުގެ ހަފްލާގައި ބައިވެރި ވުމަކީ އެމަނިކުފާނު އަލުން ޖަލަށް ގެންގޮސްފާނެ ކަމެއް ކަމަށް ލޯޔަރު ވިދާޅުވިއެވެ. އަދި އެކަމަށް މުއިއްޒުގެ ފަރާތުން އެހީތެރިކަމެއް ލިބިފައެއް ނުވާކަމުގައި ލޯޔަރު ކިޔައިދެއްވިއެވެ.

މިއީ ހާއްސަ ރަސްމިއްޔާތެއް! މުއިއްޒު އެދިލެއްވި ނަމަ، މަޖިލިސް މެދުވެރިކޮށް ކަރަކްޝަނަށް އެންގިނަމަ، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ވެވުނީސް

ޔާމީނުގެ ލޯޔަރެއް މިވާހަކަ ދަކައްކަމުން ކިޔައިދިނެވެ.

ހުވާ ކުރުމުގެ ކުރިންވެސް މުއިއްޒާއި، ޔާމީނުގެ ގުޅުން ފަނޑުވެފައިވާ މިންވަރު މިކަމުންވެސް ހާމަ ވަމުންދެއެވެ. އަދި ވަޒީފާގެ ދަހިވެތިކަމުގައި ޔާމީނު އަރިހުގައި ތިއްބެވި ފަރާތްތައް ޔާމީނު ދޫކޮށް، މުއިއްޒު ޕާޓީއަށް ވަންނަމުން ދާތީ ރައީސް ޔާމީނު ވަނީ ކަންބޮޑުވުން މީގެ ކުރިންވެސް ވަނީ ފާޅުކޮށްފައެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް މިހާތަނަށް އެއްވެސް ވެރިއަކު ހަރަދު ނުކުރާވަރަށް ހަރަދު ކުރަމުން ދާތީ އެއީ އިސްރާފެއް ކަމަށް ބުނެ ރައްޔިތުންގެ ފާޑު ކިޔުން މިރަސްމިއްޔާތަށް ވަނީ އަމާޒު ވެފައެވެ.