ޚަބަރު

ކެންދޫ މިސްކިތް އިމާރާތް ކުރުމަށް އެޑްވާންސަށް 2.3 މިލިއަން ރުފިޔާ ދީގެން އިންތިހާބާއި ދިމާކޮށް ހަވާލުކޮށްފައިވަނީ ނާގާބިލު ބަޔަކާ: އިސްލާމިކް މިނިސްޓަރ

ދިޔަވަރު
ކެންދޫ މިސްކިތް އިމާރާތް ކުރުމަށް އެޑްވާންސަށް 2.3 މިލިއަން ރުފިޔާ ދީގެން އިންތިހާބާއި ދިމާކޮށް ހަވާލުކޮށްފައިވަނީ ނާގާބިލު ބަޔަކާ: އިސްލާމިކް މިނިސްޓަރ

ކެންދޫ މިސްކިތް އިމާރާތް ކުރުމަށް އެޑްވާންސަށް 2.3 މިލިއަން ރުފިޔާ ދީގެން އިންތިހާބާއި ދިމާކޮށް ހަވާލުކޮށްފައިވަނީ ނާގާބިލު ބަޔަކާ ކަމަށް އިސްލާމިކް މިނިސްޓަރ ރައްޔިތުން މަޖިލީހުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހާމަ ކުރައްވައިފިއެވެ.

އަދި މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސައިޓުގައި އިންޖިނިއަރެއް ނެތި ކަމަށް މިނިސްޓަރ ވަނީ ވާހަކަ ފުޅުގައި ފާހަގަ ކުރައްވާފައެވެ، މިކަމުގެ ސަބަބުން ކުރެހުމާއި ޚިލާފަށް ވަރަށް ގިނަކަންތައްތަކެއް ކޮށްފައިވާ ކަމަށް ހާމަ ކުރެއްވިއެވެ. މިކަމާއި ގުޅިގެން މަސައްކަތްތަކަށް ބުރޫ އަރައި، ސައިޓުގެ މަސައްކަތް ހުއްޓުނު ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އިމާރާތް ކުރުމަށް ކުރީ ސަރުކާރުން ހަވާލު ކުރި ފަރާތާއި އެކު އެކި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި، ނަމަވެސް އަދާއި ހަމައަށް އެއްވެސް ކަމަކަށް ހައްލެއް ލިބިފައި ނުވާ ކަމަށް ހާމަ ކުރެއްވިއެވެ.

މީގެ އިތުރުން މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އާލާތްތައް ސައިޓުގައި ނެތްކަންވެސް ޝަހީމް ފާހަގަ ކުރެއްވިއެވެ. މައްސަލަތައް ހައްލު ނުވާތީ އެމްޑީޕީ ސަރުކާރުން ރިޔާސީ އިންތިހާބާއި ކައިރިކޮށް އެ މިސްކިތް އެޅުމަށް ހަވާލު ކުރި ފަރާތުން އެ މަސައްކަތް އަތުލައި އެހެން ބަޔަކާއި މަސައްކަތް ހަވާލު ކުރުމުގެ ވިސްނުން ގެންގުޅޭކަމަށް މިނިސްޓަރ ޝަހީމް އެ ސުވާލަށް ޖަވާބު ދެއްވަމުން ހާމަ ކޮށްފައިވެއެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވަނީ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީގެ ދަށުގައިވާ ޓެންޑަރ ބޯޑުންނެވެ. ޓެންޑަރ ބޯޑަށް ޕްރޮޖެކްޓްތައް އަންނަނީ އޭރު އޮތް ފޮރިން މިނިސްޓްރީގެ ބާރުގެ ދަށުގައި އޮންނަ އިވެލުއޭޝަން ކޮމިޓީއިން ޕްރޮޖެކްޓަށް ކުރިމަތިލާ ކުންފުނިތައް އެވެލުއޭޓް ކުރުމަށްފަހު، އެ މީހުންގެ ރިކޮމެންޑޭޝަން ތަކާއި އެކީއެވެ. ޓެންޑަރ ބޯޑުން ގިނަފަހަރު ކަންކަން ނިންމަނީ މިދަންނަވާ އިވެލުއޭޝަން ކޮމިޓީއިން ދޭ ރިކޮމެންޑޭޝަންގެ މައްޗަށެވެ.

މި ފަދަ ޕްރޮޖެކްޓްތަކެއް ހުރިކަމުގައި ވީނަމަވެސް، ރާއްޖޭގައި ހިނގަމުންދާ ގިނަ ޕްރޮޖެކްޓްތައް ހުއްޓިފައިވަނީ އެ ޕްރޮޖެކްޓްތަކަށް ދޭން ޖެހޭ ފައިސާ ނުދީ މުއިއްޒުގެ ސަރުކާރުން ހިފަހައްޓައިގެން އުޅޭ މައްސަލާގައެވެ.